މިޞްރުގެ އައްސޭރިފަށަށް 5.4 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
3 އޯގަސްޓު 2026 | ހޯމަ 04:49ޖަރުމަނުގެ ރިސާޗް ސެންޓްރ ފޯ ޖިއޯސައިންސަސް (ޖީއެފްޒެޑް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައި ވަނީ ބިމުގެ 10 ކިލޯމީޓަރު (ގާތްގަނޑަކަށް 6 މޭލު) އަޑިއަށް. ބިންހެލުން އައި ސަރަހައްދާއި، އޭގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލީ މައުލޫމާތު ކަމާ ބެހޭ އިދާރާތަކުން ދަނީ ބަލަމުން


މިޞްރުގެ އިރުމަތީ ސަރަހައްދަށް ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރިކްޓަރ މިންގަނޑުން 5.4 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ. ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އިތުރު ކަންކަން ބަލަމުން | ުުުުޔޫއެސް ޖިއޮލޮޖިކަލް ސަރވޭ
މިޞްރުގެ އައްސޭރިފަށުގެ ސަރަހައްދަކަށް ރިކްޓަރ މިންގަނޑުން 5.4 ގެ ބާރުމިނުގައި ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މި ބިންހެލުން އައިސްފައި ވަނީ މިޞްރުގެ ކަނޑުގެ ސަރަހައްދަށެވެ.
ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީއެފްޒެޑް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައި ވަނީ ބިމުގެ 10 ކިލޯމީޓަރު (ގާތްގަނޑަކަށް 6 މޭލު) އަޑިއަށެވެ. ބިންހެލުން އައި ސަރަހައްދާއި، އޭގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލީ މައުލޫމާތު ކަމާ ބެހޭ އިދާރާތަކުން ދަނީ ބަލަމުންނެވެ.
މިޞްރަށް އައި ބިންހެލުމުގެ ސަބަބުން އިމާރާތަކަށް އެކަމުގެ އަސަރު ކުރި މަންޒަރު ފެންނަ ވީޑިއޯއެއް
މި ބިންހެލުމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް، ނުވަތަ އިމާރާތަކަށް ބޮޑު ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައި ނުވެ އެވެ. ނަމަވެސް، ބިންހެލުމުގެ ބާރު މިނަށް ބަލާއިރު، މިއީ އާންމުކޮށް މީހުންނަށް އިހުސާސް ކުރެވޭނެފަދަ ބާރުގަދަ ލޮޅުމެއް ކަމަށް މާހިރުން ފާހަގަ ކުރެ އެވެ.
މިޞްރަކީ ދޭތެރެ ދޭތެރެއިން ބިންހެލުމުގެ އަސަރު ކުރާ ޤައުމެކެވެ. ޖީއެފްޒެޑް ފަދަ ބައިނަލްއަޤުވާމީ ބިންހެލުންތަކާ ބެހޭ ދިރާސާ ކުރާ އިދާރާތަކުން ދަނީ އެ ސަރަހައްދުގެ ބިންގަނޑަށް އަންނަ ބަދަލުތައް ވަރަށް ގާތުން މޮނީޓަރ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން މިޞްރުގެ ކަމާ ބެހޭ ޤައުމީ އިދާރާތަކުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައި ނުވެ އެވެ. އާންމު ގޮތެއްގައި މިފަދަ ބިންހެލުންތަކަށް ފަހު ކުދި ލޮޅުންތައް ނުވަތަ އާފްޓަރ ޝޮކްތައް އައުމުގެ ފުރުސަތު އޮންނާތީ، އެކަމަށް ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން އިރުޝާދު ދެ އެވެ.










