Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެޓް ޝެލްޓަރ

އެއް އަހަރު ދުވަހަށް ކެޓް ޝެލްޓަރ ބީލަމުގެ އުސޫލުން ބަޔަކަށް ދެނީ

4 އޯގަސްޓު 2026 | އަންގާރަ 17:34

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އޮޅު ހިޔާ" ގެ ކެޓް ޝެލްޓަރު އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގާނެ ބަޔަކު ހޯދުމަށް ފިޝަރީޒް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި. މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، ހޮވޭ ފަރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ވަސީލަތްތައް ސަރުކާރުން ފޯރުކޮށްދޭ. ޝެލްޓަރު ހިންގުން އަމިއްލަ ފަރާތަކާ ހަވާލުކުރި ނަމަވެސް، އެތަނުގެ އިދާރީ ކަންކަމާއި ބުޅާތައް އެތަނަށް ވެއްދުމުގެ ޒިންމާ އުފުލާނީ މިނިސްޓްރީން

ރާއްޖެ އެމްވީ | 4 އޯގަސްޓު 2026 | އަންގާރަ 17:34
ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް

ހުޅުމާލޭގެ ފޭސް-2 ގައި ހަދާފައިވާ ކެޓް ޝެލްޓަރ ބީލަމުގެ އުސޫލުން ބަޔަކާ ހަވާލު ކުރަން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި އެވެ. 

މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ހުޅުވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. 

Advertisement - newsAdvertisement

އެހެން ނަމަވެސް ސަރުކާރުން މިހާރު ވަނީ އޮޅު ހިޔާގެ ކެޓް ޝެލްޓަރ ހިންގާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފަ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް 09 އޮގަސްޓް ވާ އާދިއްތަ ދުވަހުގެ 10:00ށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ހާޒިރުވުމަށް އޮތް އިރު، ކުޑަ މުއްދަތެއްގެ ތެރޭގައި، އޮގަސްޓު މަހުގެ 13 ވަނަ ދުވަހުގެ 11:00ށް  އެ މިނިސްޓްރީ އަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.

އަންގާރަ ދުވަހު އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން  ކެޓް ޝެލްޓަރ ހިންގުމަށް ހުށަހަޅާ އަގު ފަސް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނަމަ ބިޑު ސެކިއުރިޓީ ހުށަހަޅަން ޖެހެ އެވެ. އަދި ހޮވޭ ފަރާތަކުން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅާ އަގުގެ 2 އިންސައްތަ ހުށަހަޅަން ޖެހެ އެވެ. އިއުލާނުގައިވާ ގޮތުން، ހުށަހަޅާ އަގު 250،000ށް ވުރެ ބޮޑު ނަމަ އެޑްވާންސް ފައިސާ ދޫކުރެވިދާނެ އެވެ.

ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތަކަށް އޮޅުހިޔާގެ ޝެލްޓަރ ބައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދައް ކަމަށް ބުނެފައިވެ އެވެ.

އޮޅުހިޔާ ޝެލްޓަރ ހިންގަން ހަވާލުވާ ފަރާތަކަށް އޮފީސް ޖާގަ ހަމަޖައްސައިދީ، ޝެލްޓަރ ބައިގައި ކުރެވޭ މަސައްކަތައް ބޭނުންވާ ސާމާނާއި، ކާނާއާއި، ލިޓަރ ފިޔަވައި އެހެނިހެން ތަކެއްޗާއި، ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ.

ސަރުކާރުން އަގުދީގެން އަމިއްލަ ބަޔަކާ ކެޓް ޝެލްޓަރ ހަވާލު ކުރާއިރު، މާލޭ ސިޓީގެ މަގުތަކުގައި ވީއްލިގެން އުޅޭ ބުޅާތައް އޮޅު ހިޔާ އަށް ވެއްދުމުގެ މަސައްކަތްކުރާނީ މިނިސްޓްރީން ކަމަށް ބުނެފައިވެ އެވެ. އަދި އޮޅު ހިޔާގެ އިދާރީ ހިންގުމާއި، އެތަނުގެ ސެކިއުރިޓީ އާއި ކުލިނިކާއި، ފެއަރތަކާއި ކޭމްޕް ތައް ބޭއްވުމާއި، ބުޅަލުގެ އެޑޮޕްޝަން ކަންކަން ހިންގުމާއި، އޮޅުހިޔާގެ އިންވެންޓްރީ އާއި ސްޓޮކް ބަލަހައްޓާނީ މިނިސްޓްރީން ކަމަށް ވެސް ބުނެފައިވެ އެވެ.

އޮޅު ހިޔާމިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްކެޓް ޝެލްޓަރ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

17 ޖޫން 2026

ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިޢިދުގެ ތެރެއިން ކަމަށް ނިންމައިފި

17 ޖޫން 2026
ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިޢިދުގެ ތެރެއިން ކަމަށް ނިންމައިފި
15 އެޕްރީލު 2026

ފިޝަރީޒް އާއި އެގްރިކަލްޗައ އެއްކޮށްލައި،މިނިސްޓަރު ކަމަށް ޝިޔާމް އަލުން އައްޔަންކޮށްފި

15 އެޕްރީލު 2026
ފިޝަރީޒް އާއި އެގްރިކަލްޗައ އެއްކޮށްލައި،މިނިސްޓަރު ކަމަށް ޝިޔާމް އަލުން އައްޔަންކޮށްފި
16 މާރިޗު 2026

ކެޓްޝެލްޓަރ އަށް ބުޅާތައް ނުގެންގޮސް މިނިސްޓްރީން އާއްމުންނަށް އިންޒާރެއް: އަނިޔާ ކުރާނަމަ ނުވަތަ މަރާނަމަ، ޖަލަށްލައި ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނަން

16 މާރިޗު 2026
ކެޓްޝެލްޓަރ އަށް ބުޅާތައް ނުގެންގޮސް މިނިސްޓްރީން އާއްމުންނަށް އިންޒާރެއް: އަނިޔާ ކުރާނަމަ ނުވަތަ މަރާނަމަ، ޖަލަށްލައި ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނަން
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
02 ނޮވެމްބަރު 2024

ޕެޓް ކެއަރ ފެސިލިޓީ - އޮޅު ހިޔާ ހުޅުވައިފި

02 ނޮވެމްބަރު 2024
ޕެޓް ކެއަރ ފެސިލިޓީ - އޮޅު ހިޔާ ހުޅުވައިފި
02 ނޮވެމްބަރު 2024

މި ސަރުކާރަކީ ބަހާއި އަމަލާ ދިމާވާނެ ސަރުކާރެއް: މުއިއްޒު

02 ނޮވެމްބަރު 2024
މި ސަރުކާރަކީ ބަހާއި އަމަލާ ދިމާވާނެ ސަރުކާރެއް: މުއިއްޒު
09 އޮކްޓޯބަރު 2024

ކެޓް ޝެލްޓަރ އަށް އަންނަ މަހު ބުޅާތައް ގެންދަން ފަށާނެ: މޭޔަރު އާޒިމް

09 އޮކްޓޯބަރު 2024
ކެޓް ޝެލްޓަރ އަށް އަންނަ މަހު ބުޅާތައް ގެންދަން ފަށާނެ: މޭޔަރު އާޒިމް
29 އޯގަސްޓު 2024

"މަސައްކަތް ކުރަމުން ދަނީ އާސަހަރާގެ މަސައްކަތް އަންނަ މަހު ނިންމާ، މާލެ ތެރޭގައި ހުރި ބުޅާތައް ކެޓް ޝެލްޓަރ އަށް ގެންދިއުމަށް"

29 އޯގަސްޓު 2024
"މަސައްކަތް ކުރަމުން ދަނީ އާސަހަރާގެ މަސައްކަތް އަންނަ މަހު ނިންމާ، މާލެ ތެރޭގައި ހުރި ބުޅާތައް ކެޓް ޝެލްޓަރ އަށް ގެންދިއުމަށް"
14 މާރިޗު 2024

ކެޓް ޝެލްޓަރ ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނުކޮށްފި

14 މާރިޗު 2024
ކެޓް ޝެލްޓަރ ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް