Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

2025 ވަނަ އަހަރުގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބު: "އެޖެންޑާ ކުރެވޭލެއް ލަސްވުމަކީ އަޅުގަނޑު ޒިންމާވާން ޖެހޭ ކަމެއް ނޫން"

3 އޯގަސްޓު 2026 | ހޯމަ 05:16

އެމްޑީޕީގެ މެންބަރުން ވަޒީރުންނާ ކުރަން ފޮނުވާފައިވާ ސުވާލުތައް މަޖިލީހުގައި އެޖެންޑާކުރުން ލަސްވަނީ ސުވާލުތައް ގިނަވުމުން ކަމަށާއި، އެއީ އެމަނިކުފާނު ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ. މިނިސްޓަރު މިހެން ވިދާޅުވީ ބ. ކިހާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއާ ގުޅޭގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން. އެމްޑީޕީން މިހާތަނަށް 258 ސުވާލު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ ސުވާލު އަމާޒުވެފައިވަނީ ހައުސިންގ މިނިސްޓަރަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 3 އޯގަސްޓު 2026 | ހޯމަ 05:16
ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަޒީރުންނާއި ކުރަން ފޮނުވާފައި ހުރި ސުވާލުތައް އެޖެންޑާ ކުރެވޭލެއް ލަސްވުމަކީ އޭނާ ޒިންމާނަންގަވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރައްވާފައިވާ ސުވާލަކާ ގުޅިގެން މިނިސްޓަރު މުއްތަލިބު ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެންފަ އެވެ. 

Advertisement - newsAdvertisement

މެންބަރުގެ ސުވާލުގައި ބ. ކިހާދޫ ފެނާއި ނަރުދަމާގެ މަސައްކަތް 6 މަސް ދުވަހުން ނިންމައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު 13 އޮގަސްޓު 2025 ގައި ވިދާޅުވެފައިވާކަން ވަނީ ފާހަގަކުރައްވާފަ އެވެ. އެހެން ނަމަވެސް މިހާތަނަށް އެއްވެސް މަސައްކަތެއް ނުފެށޭ ކަމަށާއި ފެށޭނެ ދުވަހެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް މެންބަރު ވިދާޅުވި އެވެ. އެހެންކަމުން، މެންބަރު ވަނީ މި މަސައްކަތް ނިންމައި، ޚިދުމަތް ދޭން ފެށޭނީ ކޮން ދުވަހަކުންތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ. 

އެ ސުވާލު ހުށަހަޅުއްވަމުން މެންބަރު ވަނީ މިއީ 2025 ވަނަ އަހަރު މިނިސްޓަރަށް ހުށަހަޅުއްވާފައިވާ ސުވާލެއްކަމަށް ވެސް ވިދާޅުވެފަ އެވެ. 

މެންބަރު މައުރޫފްގެ މި ސުވާލަށް ޖަވާބުދެއްވުމުގެ ކުރިން މިނިސްޓަރު ވަނީ އެމްޑީޕީގެ މެންބަރުންގެ ފަރާތުން ގިނަ ސުވާލުތަކެއް ހުށަހަޅާފައިވާކަން ފާހަގަކުރައްވާ އެ ސުވާލުތައް އެޖެންޑާ ކުރެވޭލެއް ލަސްވުމަކީ މިނިސްޓަރު ޒިންމާ ނަންގަވަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. 

މެންބަރު އެ ފާހަގަ ކުރެއްވި ފަދައިން މި ސުވާލަކީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރައްވާފައިވާ ސުވާލެއް. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތި ބޭފުޅުންގެ ސުވާލުތަކުގެ އަދަދު ގިނަވީމާ ކިއުގައި، މަޖިލީހުގައި އެޖެންޑާ ކުރެވޭލެއް ލަސްވުމަކީ އެއީ އަދި އަޅުގަނޑު ޒިންމާވާން ޖެހޭ ކަމެއް ނޫން 
ޑރ. އަބްދުﷲ މުއްތަލިބު

ވަޒީރުންނާ ކުރަން ފޮނުވާފައި ހުރި ސުވާލުތަކުގެ ތެރެއިން ހައުސިންގ މިނިސްޓްރީ އަށް 56 ސުވާލުގެ ނޯޓިސް ފޮނުވާފައިވާކަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވަނީ މި ފަހުން ހާމަކުރައްވާފަ އެވެ. 

މެންބަރު ވިދާޅުވީ އެމްޑީޕީ މެންބަރުން މިހާތަނަށް 258 ސުވާލު ވަޒީރުންނާއި ކޮށްފައިވާނެ ކަމަށެވެ. އަދި މީގެތެރެއިން އެންމެ ގިނަ ސުވާލު އަމާޒުވެފައި ވަނީ ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަށެވެ. މިނިސްޓަރު މުއްތަލިބު އަށް 56 ސުވާލެއް ކުރަން ފޮނުވާފައިވާއިރު، އެއީ އެހެން މިނިސްޓަރުންނާއި އަޅާ ބަލާއިރު ނިސްބަތުން ވަރަށް މަތީ އަދަދެކެވެ. 

ޑރ. އަބްދުﷲ މުއްތަލިބުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

01 އޯގަސްޓު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!

01 އޯގަސްޓު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!
30 ޖުލައި 2026

އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް

30 ޖުލައި 2026
އެމްޑީޕީ މެންބަރުންގެ 50ށް ވުރެ ގިނަ ސުވާލުގެ ނޯޓިސް މިނިސްޓަރު މުއްތަލިބަށް
29 ޖުލައި 2026

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރުމަށް ގާނޫނަށް އިސްލާހެއް

29 ޖުލައި 2026
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރުމަށް ގާނޫނަށް އިސްލާހެއް
29 ޖުލައި 2026

މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!

29 ޖުލައި 2026
މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!
29 ޖުލައި 2026

ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލެއް: ކުއްޔަށް ދޭ ރަށެއް ނުވަތަ ފަޅެއްގެ މައްސަލައިގައި ގާނޫނާ ޚިލާފުވުމުން 1 މިލިއަނާ ހަމައަށް ޖޫރިމަނާ ކުރެވޭނެ

29 ޖުލައި 2026
ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލެއް: ކުއްޔަށް ދޭ ރަށެއް ނުވަތަ ފަޅެއްގެ މައްސަލައިގައި ގާނޫނާ ޚިލާފުވުމުން 1 މިލިއަނާ ހަމައަށް ޖޫރިމަނާ ކުރެވޭނެ
29 ޖުލައި 2026

ރައްޔިތުންގެ މަޖިލީހަކީ ބަކަރި ކޮށްޓެކޭ، ޖަނަވާރު ކޮށްޓެކޭ ރައްޔިތުން އެބަ ބުނޭ: މަޖިލީހުގެ ނައިބު ރައީސް ސަލީމް

29 ޖުލައި 2026
ރައްޔިތުންގެ މަޖިލީހަކީ ބަކަރި ކޮށްޓެކޭ، ޖަނަވާރު ކޮށްޓެކޭ ރައްޔިތުން އެބަ ބުނޭ: މަޖިލީހުގެ ނައިބު ރައީސް ސަލީމް
29 ޖުލައި 2026

ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

29 ޖުލައި 2026
ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
28 ޖުލައި 2026

ގާނޫނުއަސާސީ ގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ: ޝަމްހީދު

28 ޖުލައި 2026
ގާނޫނުއަސާސީ ގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ: ޝަމްހީދު
28 ޖުލައި 2026

މި ސަރުކާާރުން މުވައްޒަފުން ވަކިކުރަނީ ހައްގުން ކަމަށް ދޭހަވާ މޭރުމަކުން ފަލާޙު ވާހަކަދައްކަވައިފި

28 ޖުލައި 2026
މި ސަރުކާާރުން މުވައްޒަފުން ވަކިކުރަނީ ހައްގުން ކަމަށް ދޭހަވާ މޭރުމަކުން ފަލާޙު ވާހަކަދައްކަވައިފި
28 ޖުލައި 2026

މޮޅެތި ނަން ކިޔާފައި މުވައްޒަފުން ވަކިކުރަނީ ވެރިންގެ އަމިއްލަ އެދުންތައް ފުއްދުމަށް: މެންބަރު ޒިޔާދު

28 ޖުލައި 2026
މޮޅެތި ނަން ކިޔާފައި މުވައްޒަފުން ވަކިކުރަނީ ވެރިންގެ އަމިއްލަ އެދުންތައް ފުއްދުމަށް: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް