ޕީއެންސީގެ ނައިބު ރައީސްކަމަށް 5 ބޭފުޅަކު ޝައުޤުވެރިކަން ފާޅުކުރައްވައިފި
1 އޯގަސްޓު 2026 | ހޮނިހިރު 18:00ޕީއެންސީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އެ ޕާޓީގެ ނައިބު ރައީސްކަމަށް ވަޒީރުންނާއި މަޖިލިސް މެންބަރުން ހިމެނޭހެން ފަސް ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައި. ޕާޓީގެ މަތީ މަޖިލީހުން މި މަގާމުތަކަށް ބޭފުޅުން އިންތިޚާބު ކުރާއިރު، އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ ރައީސްކަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅެއް


ޕީއެންސީ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން | ޕީއެންސީ
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްގެ މަގާމަށް ފަސް ބޭފުޅަކު ވާދަކުރައްވަން ޝައުޤުވެރިކަން ފާޅުކުރައްވައިފި އެވެ.
އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގަ އެވެ.
މި މަގާމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ އިސް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތުމަތު ސައުދާ މި މަގާމަށް ވާދަކުރައްވަން ޝައުޤުވެރިކަން ފާޅުކުރައްވާފައިވެ އެވެ.
ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ ނައިބު ރައީސްގެ މަގާމަށް މީހުން ހޮވާނީ އެ ޕާޓީގެ މަތީ މަޖިލީހުންނެވެ. މި ނޫން ވެސް ރައީސާއި ޗެއާޕާސަންގެ މަގާމު ފިޔަވައި އެހެން އިސް މަގާމުތަކަށް މީހުން އިންތިހާބުކުރުން އޮންނާނެ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ޕީއެންސީގެ ވެރިކަމެއް އޮންނައިރު ޕާޓީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އަދި ޗެއަރއަކީ ރައީސް އައްޔަނު ކުރައްވާ ބޭފުޅަކަށް ވާންޖެހޭނެ އެވެ. މިހާރު ޕާޓީގެ ރައީސަކީ ރައީސް މުއިއްޒު އެވެ.











