Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޑިއުކޭޝަން މިނިސްޓްރީ

ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި

2 އޯގަސްޓު 2026 | އާދީއްތަ 06:05

ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީއަށްފަހު، 77،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދެވަނަ ޓާމުގެ ކިޔެވުން ވަނީ ފަށާފައި. މި ޓާމުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީ ޑިސެމްބަރު 18 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ޓީޗަރުން މަދުވުމުގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށް ބެލެނިވެރިން ފާހަގަކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 2 އޯގަސްޓު 2026 | އާދީއްތަ 06:05
ބެލެނިވެރިޔާއާއެކު ދަރިވަރުންތަކެއް ސްކޫލަށް ހިނގާފައި ދަނީ

ބެލެނިވެރިޔާއާއެކު ދަރިވަރުންތަކެއް ސްކޫލަށް ހިނގާފައި ދަނީ

ދިރާސީ އަހަރު ކިޔެވުމުގެ ފުރަތަމަ ޓާމުގެ ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި އެވެ.

ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ސްކޫލުތައް ޗުއްޓީއަށް ދިޔައީ 16 ޖުލައި 2026 ގަ އެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފަށާފައިވަނީ 2 އޯގަސްޓް 2026 ވީ އާދިއްތަ ދުވަހު އެވެ. 

Advertisement - newsAdvertisement

ޖުމްލަ 16 ދުވަހުގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބުނުއިރު، ޗުއްޓީ ރަނގަޅު ގޮތުގައި ހޭދަ ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފައިވެ އެވެ. 

އެގޮތުން ސިއްހަތަށް ރަނގަޅު ކާނާ ކެއުމަށާއި، ހަށިގަނޑަށް އެކަށީގެންނުވާ މިންވަރަށް ބަރުވިޔަ ނުދިނުމަށާއި، ވަގުތު ބޭކާރުނުކޮށް ޗުއްޓީ ދުވަސްވަރު ވެސް ފޮތް ކިޔުމާއި، ހަރާކަތްތެރިވެ އުޅޭއިރު، ސިއްހަތަށް ގެއްލުން ހުރި ކަންކަމުން ދުރުވުމަށް އެދިފައިވެ އެވެ. 

މީގެ އިތުރުން ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ބޮޑު ޗުއްޓީ ލިބޭނީ 18 ޑިސެމްބަރު 2026ން 12 ޖެނުއަރީ 2027 ށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި އަހަރުގެ ދިރާސީ އަހަރުގައި ސަރުކާރުގެ 219 ސްކޫލުގައި 77000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރެ އެވެ. އަދި މި އަހަރު ގްރޭޑް 1 އަށް ވަނުމަށް އަލަށް 4790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަދީފައިވެ އެވެ.

މީގެ އިތުރުން ދަރިވަރުންނަށް ކިޔަވައިދިނުމުގައި 6،516 ށް ވުރެ ގިނަ ދިވެހި ޓީޗަރުންނާއި 1،843 އަށްވުރެ ގިނަ ބިދޭސީ ޓީޗަރުން ހަރަކާތްތެރިވެ އެވެ.

ދިވެހި ޓީޗަރުން ލިބުމުގައި ދަތިތައް ކޮންމެ އަހަރަކު ވެސް ކުރިމަތިވެ އެވެ. ޓީޗަރުން މަދުވުމުގެ ޝަކުވާ ބޮޑުވި ނަމަވެސް އެކަށީގެންވާ ހައްލެއް ހޯދިފައިނުވާ ކަމަށް ގިނަ ބެލެނިވެރިން ދަނީ ބުނަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީސުކޫލުތައް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

24 ޖުލައި 2026

އަންނަ ދިރާސީ އަހަރަށް ސްކޫލްތަކަށް ކުދިން ވައްދަން ހުޅުވާލައިފި

24 ޖުލައި 2026
އަންނަ ދިރާސީ އަހަރަށް ސްކޫލްތަކަށް ކުދިން ވައްދަން ހުޅުވާލައިފި
22 ޖުލައި 2026

ޕީއެންސީން ސްކޫލަށް ގެއްލުންދިން މައްސަލަ: ދައުލަތުގެ މުދަލަށް ގެއްލުން ނުވާނެ ގޮތަށް ކަންކަން ރާވަން އީސީން އިލްތިމާސްކުރި!

22 ޖުލައި 2026
ޕީއެންސީން ސްކޫލަށް ގެއްލުންދިން މައްސަލަ: ދައުލަތުގެ މުދަލަށް ގެއްލުން ނުވާނެ ގޮތަށް ކަންކަން ރާވަން އީސީން އިލްތިމާސްކުރި!
21 ޖުލައި 2026

ހިސާބު މާއްދާ އިން އެންމެ ދަރިވަރަކު ވެސް ފާސް ނުވާ ސްކޫލުތައް އެބަހުރި، މިއީ ކަންބޮޑުވާން ޖެހޭ ކަމެއް: އިހުސާން

21 ޖުލައި 2026
ހިސާބު މާއްދާ އިން އެންމެ ދަރިވަރަކު ވެސް ފާސް ނުވާ ސްކޫލުތައް އެބަހުރި، މިއީ ކަންބޮޑުވާން ޖެހޭ ކަމެއް: އިހުސާން
16 ޖުލައި 2026

ދިރާސީ އަހަރުގެ ކިޔެވުމުގެ ފުރަތަމަ ޓާމު ނިންމައި، ސްކޫލުތައް 16 ދުވަހުގެ ޗުއްޓީއަކަށް!

16 ޖުލައި 2026
ދިރާސީ އަހަރުގެ ކިޔެވުމުގެ ފުރަތަމަ ޓާމު ނިންމައި، ސްކޫލުތައް 16 ދުވަހުގެ ޗުއްޓީއަކަށް!
07 ޖުލައި 2026

ޕްރޮޖެކްޓްތަކުގެ ސްޕީޑް ބާރުކުރަންޖެހޭކަން ގަބޫލުކުރަން: މިނިސްޓަރ ޝަފީއު

07 ޖުލައި 2026
ޕްރޮޖެކްޓްތަކުގެ ސްޕީޑް ބާރުކުރަންޖެހޭކަން ގަބޫލުކުރަން: މިނިސްޓަރ ޝަފީއު
18 ޖޫން 2026

ސަރުކާރުގެ ސްކޫލުތަކުގެ މަރާމާތަށް ބެލެނިވެރިން ލައްވާ ޚަރަދު ކުރުވާއިރު، މިނިސްޓްރީގެ ޖަވާބެއް ނެތް!

18 ޖޫން 2026
ސަރުކާރުގެ ސްކޫލުތަކުގެ މަރާމާތަށް ބެލެނިވެރިން ލައްވާ ޚަރަދު ކުރުވާއިރު، މިނިސްޓްރީގެ ޖަވާބެއް ނެތް!
10 ޖޫން 2026

ބައެއް ސްކޫލުތަކުގައި މުދައްރިސުންނެތިގެން ބައެއް މާއްދާތައް ކިޔަވައިނުދޭ މައްސަލަ ވަރަށް ބޮޑު : އިހުސާން

10 ޖޫން 2026
ބައެއް ސްކޫލުތަކުގައި މުދައްރިސުންނެތިގެން ބައެއް މާއްދާތައް ކިޔަވައިނުދޭ މައްސަލަ ވަރަށް ބޮޑު : އިހުސާން
25 އެޕްރީލު 2026

އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި

25 އެޕްރީލު 2026
އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން 100 އަށްވުރެ ގިނަ ޕްރިންސިޕަލުންގެ ކުރިއެރުން ހުއްޓިފައި
12 ފެބުރުއަރީ 2026

އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާ ނުކުރާތާ ފަސް މަހަށްވުރެ ގިނަ ދުވަސް!

12 ފެބުރުއަރީ 2026
އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާ ނުކުރާތާ ފަސް މަހަށްވުރެ ގިނަ ދުވަސް!
11 ފެބުރުއަރީ 2026

ވެރިކަން ބަދަލުވި އިރު ފިނިޝިންގ މަސައްކަތް ކުރަމުން ދިޔަ މަނަދޫ ސްކޫލުގެ 3 ބުރީގެ އިމާރާތުގެ ބޭނުން ކުރެވޭނެ ގޮތެއް އަދިވެސް ނުވޭ

11 ފެބުރުއަރީ 2026
ވެރިކަން ބަދަލުވި އިރު ފިނިޝިންގ މަސައްކަތް ކުރަމުން ދިޔަ މަނަދޫ ސްކޫލުގެ 3 ބުރީގެ އިމާރާތުގެ ބޭނުން ކުރެވޭނެ ގޮތެއް އަދިވެސް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް