Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް

ސާފް ޗެމްޕިއަންޝިޕް 2026: އިންޑިއާއާއެކު ރާއްޖެ އަދި ޕާކިސްތާން ގްރޫޕް ބީގައި

1 އޯގަސްޓު 2026 | ހޮނިހިރު 14:40

2026 ވަނަ އަހަރު ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ގުރުއަތުލުން ބޫޓާނުގައި ބާއްވާފައިވާއިރު، ނޮވެމްބަރު 14 އިން 17 އަށް ސެމީ ފައިނަލާއި ފައިނަލް މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ނޭޕާލަށް ބައިވެރިވެވޭނީ އެ ގައުމަށް ފީފާއިން ދީފައިވާ ސަސްޕެންޝަން އުވާލުމުން. އިންޑިއާއިން 10 ވަނަ ފަހަރަށް ތަށި ހޯދުމަށް ނުކުންނަ މި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ޑާކާގައި

ރާއްޖެ އެމްވީ | 1 އޯގަސްޓު 2026 | ހޮނިހިރު 14:40
ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ނުވަވަނަ ފަހަރަށް އިންޑިއާއިން މުބާރާތުގެ ތަށި ވަނީ އުފުލާލާފައި

ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ނުވަވަނަ ފަހަރަށް އިންޑިއާއިން މުބާރާތުގެ ތަށި ވަނީ އުފުލާލާފައި | އިންޑިއަންސުޕަރލީގު.ކޮމް

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގައި، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާއެކު ދިވެހިރާއްޖެ އަދި ޕާކިސްތާން ހިމެނިއްޖެ އެވެ.

ބަންގްލަދޭޝްގައި ނޮވެމްބަރު މަހުގެ 4 އިން 17 އަށް ކުރިއަށްދާ މި މުބާރާތުގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗުގައި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ނުކުންނާނީ ދިވެހިރާއްޖެއާ ދެކޮޅަށެވެ.

ބޫޓާންގެ ތިމްޕޫގައި ހޮނިހިރު ދުވަހު ބޭއްވި ގުރުއަތުލުމުގައި، އިންޑިއާގެ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމު ހިމެނުނީ ރާއްޖެއާއި ޕާކިސްތާނާއެކު ގްރޫޕް ބީގަ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ މި މުބާރާތުގެ 15 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގަ އެވެ.

މި މުބާރާތުގެ ތަށި 10 ވަނަ ފަހަރަށް ހޯދުމުގެ އަމާޒުގައި ނުކުންނަ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ، ނޮވެމްބަރު 5 ގައި ރާއްޖެއާ ދެކޮޅަށް ކުޅުމަށްފަހު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޮވެމްބަރު 11 ގައި ބައްދަލުކުރާނީ ޕާކިސްތާނާ އެވެ.

މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝްގެ އިތުރުން، ސްްރީލަންކާ އަދި ބޫޓާން ހިމެނެނީ ގްރޫޕް އޭގަ އެވެ. ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ފީފާއިން ދީފައިވާ ސަސްޕެންޝަން ސެޕްޓެމްބަރު 1 ގެ ކުރިން އުވާލައިފިނަމަ، އެ ގައުމު ވެސް ގްރޫޕް އޭގައި ހިމެނޭނެ އެވެ. ނަމަވެސް ސަސްޕެންޝަން ދަމަހައްޓައިފިނަމަ، 2026 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ޖުމްލަ ހަ ގައުމާއެކުގަ އެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ގްރޫޕް އޭގެ އެއްވަނަ ޓީމު ގްރޫޕް ބީގެ ދެވަނަ ޓީމާ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއި ގްރޫޕް އޭގެ ދެވަނަ ޓީމެވެ. ސެމީ ފައިނަލްގެ މެޗުތައް ނޮވެމްބަރު 14 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު އޮންނާނީ ނޮވެމްބަރު 17 ގަ އެވެ.

މި ގްރޫޕުގައި ހިމެނޭ ދެ ގައުމާ ދެކޮޅަށް ވެސް އިންޑިއާގެ ރެކޯޑްތައް ވަރަށް ރަނގަޅެވެ. ޕާކިސްތާނާ ދެކޮޅަށް މިހާތަނަށް ކުޅުނު 25 މެޗުގެ ތެރެއިން 16 މެޗުން އިންޑިއާ މޮޅުވެފައިވާއިރު، ހަތް މެޗު އެއްވަރުވެ، ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. މި ދެ ގައުމު އެންމެ ފަހުން ބައްދަލުކުރީ 2023 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައެވެ. އެ މެޗު އިންޑިއާ ކާމިޔާބުކުރީ 4-0 ގެ ބޮޑު ތަފާތަކުންނެވެ.

ދިވެހިރާއްޖެއާ ދެކޮޅަށް އިންޑިއާ މިހާތަނަށް 18 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން 13 މެޗުން އެ ގައުމު ވަނީ މޮޅުވެފަ އެވެ. ދެ މެޗު އެއްވަރުވެފައިވާއިރު، ރާއްޖެ އަތުން އިންޑިއާ ބަލިވެފައިވަނީ ތިން މެޗުންނެވެ. މި ދެ ގައުމު އެންމެ ފަހުން ބައްދަލުކުރީ 2025 ވަނަ އަހަރުގެ މާޗް މަހު ޝިލޮންގްގައި ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ މެޗު 3-0 އިން ކާމިޔާބުކުރީ އިންޑިއާ އެވެ.

އިންޑިއާއިން ވަނީ މީގެ ކުރިން ނުވަ ފަހަރެއްގެ މަތިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. އެއީ 1993، 1997، 1999، 2005، 2009، 2011، 2015، 2021 އަދި އެންމެ ފަހުން 2023 ވަނަ އަހަރެވެ. ބެންގަލޫރުގައި ބޭއްވި އެންމެ ފަހުގެ މުބާރާތުގެ ފައިނަލުގައި އިންޑިއާ މޮޅުވީ މުބާރާތުގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވި ކުވެއިތު ބަލިކުރުމަށްފަހު އެވެ.

ސާފްސާފް ޗެމްޕިއަންޝިޕް 2026

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

07 ޖޫން 2026

ދެ އަހަރުގެ ޗެމްޕިއަން ބަންގްލަދޭޝް ބަލިކޮށް، އިންޑިއާ އިން ސާފްގެ އަންހެން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

07 ޖޫން 2026
ދެ އަހަރުގެ ޗެމްޕިއަން ބަންގްލަދޭޝް ބަލިކޮށް، އިންޑިއާ އިން ސާފްގެ އަންހެން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
23 ފެބުރުއަރީ 2026

ރާއްޖޭގެ އައްޑޯ އާއި ސިމަން، ސާފްގެ މަޤާމު ތަކަކަށް އިންތިޚާބު ވެއްޖެ

23 ފެބުރުއަރީ 2026
ރާއްޖޭގެ އައްޑޯ އާއި ސިމަން، ސާފްގެ މަޤާމު ތަކަކަށް އިންތިޚާބު ވެއްޖެ
05 ފެބުރުއަރީ 2026

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

05 ފެބުރުއަރީ 2026
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
27 ޖެނުއަރީ 2026

ސާފްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަައިފި

27 ޖެނުއަރީ 2026
ސާފްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް