Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ދެވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 647 މިލިއަން ރުފިޔާ ލިބިއްޖެ

30 ޖުލައި 2026 | ބުރާސްފަތި 09:54

ބޭންކް އޮފް މޯލްޑިވްސްގެ މާލީ ހާލަތު ވަރުގަދަވެ، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު 8 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށް، ބޭރު ފައިސާގެ ބާޒާރަށް 478 މިލިއަން ޑޮލަރު ވަނީ ފޯރުކޮށްދީފައި. މީގެ އިތުރުން ގެދޮރުވެރިކަމުގެ ލޯނުތަކަށް ލުއިތަކެއް ދީ، އޭއައި ލެބެއް އިފްތިތާހުކުރުމުގެ އިތުރުން އިޖުތިމާއީ އެކި ދާއިރާތަކުން ބޭންކުން ވަނީ މުހިންމު އެހީތެރިކަން ފޯރުކޮށްދީފައި

ރާއްޖެ އެމްވީ | 30 ޖުލައި 2026 | ބުރާސްފަތި 09:54
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް | ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 647 މިލިއަން ރުފިޔާ ލިބިފައިވާކަން އެ ބޭންކުން ހާމަކޮށްފި އެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 631 މިލިއަން ރުފިޔާއާ އަޅާބަލާއިރު ކުރިއެރުމެކެވެ. ބޭންކުން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓަށް ބަލާއިރު، އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ބޭންކަށް ލިބުނު ޖުމްލަ ސާފު ފައިދާ ވަނީ 1.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 21 އިންސައްތައިގެ އިތުރުވުމެކެވެ.

ބޭންކުން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، ދެވަނަ ކުއާޓަރުގައި ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފުރަތަމަ ހަ މަސް ދުވަހުގެ ޖުމްލަ އާމްދަނީ ވަނީ 3.2 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ އިންޓަރެސްޓް އާމްދަނީގެ ގޮތުގައި ލިބުނު 1.6 ބިލިއަން ރުފިޔާ އާއި ފީ އަދި ކޮމިޝަނުގެ ގޮތުގައި ލިބުނު 830 މިލިއަން ރުފިޔާ އެވެ. ބޭންކުގެ ހިންގުމުގެ ޚަރަދުތައް ހުރީ 28 އިންސައްތައިގަ އެވެ. އަދި ނުދައްކާ ހުރި ލޯނު ނުވަތަ އެންޕީއޭ ރޭޝިއޯ ހުރީ 5.2 އިންސައްތައިގަ އެވެ.

ބޭންކުގެ ބެލެންސް ޝީޓަށް ބަލާއިރު، 2026 ޖޫން 30 ގެ ނިޔަލަށް ބޭންކުގެ ޖުމްލަ އެސެޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ ފައިސާގެ އަދަދު 41.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ދޫކޮށްފައިވާ ލޯނުތަކުގެ ޖުމްލަ އަދަދަކީ 30.5 ބިލިއަން ރުފިޔާ އެވެ. މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން ޖުމްލަ 8 ބިލިއަން ރުފިޔާގެ އާ ލޯނު ބޭންކުން ވަނީ ދޫކޮށްފަ އެވެ.

ބޭރު ފައިސާގެ ބާޒާރުގައި ބީއެމްއެލް އިން އަދާކުރާ ދައުރަށް ބަލާއިރު، އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހެދުމަށް 166 މިލިއަން އެމެރިކާ ޑޮލަރު ބޭންކުން ވަނީ ވިއްކާފަ އެވެ. މީގެ އިތުރުން ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި ކުރި މުއާމަލާތްތަކަށް 226 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވެ އެވެ. ޖުމްލަ ގޮތެއްގައި ފުރަތަމަ ހަ މަސް ދުވަހު 478 މިލިއަން ޑޮލަރު ބޭންކުން ވަނީ ބާޒާރަށް ދޫކޮށްފައެވެ. މިއީ މަހަކަށް ބަލާއިރު އެވްރެޖްކޮށް 80 މިލިއަން ޑޮލަރެވެ.

ވިޔަފާރި ފުޅާކުރުމުގެ ގޮތުން މި ކުއާޓަރުގައި ބޭންކުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން އަމިއްލަ ގެދޮރުގެ މަސައްކަތަށް ދޫކުރާ ލޯނުތަކުގެ އިކުއިޓީ 20 އިންސައްތައިން 5 އިންސައްތައަށް ވަނީ ކުޑަކޮށްފަ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ ހޯމް ފައިނޭންސިންގް ފެސިލިޓީއެއް 7.5 އިންސައްތައިގެ އިންޓަރެސްޓް ރޭޓުގައި ވަނީ ތައާރަފުކޮށްފަ އެވެ. މީގެ އިތުރުން ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށް، ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

މި ކުއާޓަރުގެ ތެރޭގައި ފިޗް ރޭޓިންގްސް އިން ވަނީ ބީއެމްއެލްގެ 'ލޯންގް-ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް' (އައިޑީއާރު) 'ސީސީސީ މައިނަސް' ގައި ދަމަހައްޓާފަ އެވެ. އަދި ލޯކަލް ކަރަންސީ ރޭޓިންގް ވަނީ 'ސީސީސީ ޕްލަސް' އަށް ރޭޓްކޮށްފަ އެވެ. މީގެ އިތުރުން ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަށުން މައިންޑްކޯއާ ގުޅިގެން 'މޯލްޑިވްސް އޭއައި ލެބް' ވަނީ އިފްތިތާހުކޮށްފަ އެވެ.

ބޭންކުގެ ހިއްސާގެ އޮނިގަނޑަށް ބަލާއިރު، ސަރުކާރުގެ ހިއްސާއަކީ 50.80 އިންސައްތަ އެވެ.

އިޖުތިމާއީ ޒިންމާގެ ދަށުން ބޭންކުން ވަނީ އަމީނިއްޔާ ސްކޫލުގައި 'އައިވޮންޑަރ ސެންސަރީ ކްލާސްރޫމް' އެއް ގާއިމުކޮށްދީފަ އެވެ. އަދި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އާއި މޯލްޑިވްސް ސާފިންގް އެސޯސިއޭޝަން ފަދަ ޖަމިއްޔާތަކާއެކު ޕާޓްނަޝިޕް އާކޮށްފައިވެ އެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 30 ފުރޮޅުލީ ގޮނޑި ހަދިޔާކޮށްފައިވާއިރު، 'ބީއެމްއެލް ފަންޑު' ގެ ދަށުން އެކި ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.

ބޭންކުގެ އިންވެސްޓަރުންނަށް ބަލާއިރު، ދެވަނަ ކުއާޓަރުގައި ބޭންކުގެ ހިއްސާއެއް އެންމެ މަތިން ވިކިފައިވަނީ 174 ރުފިޔާއަށެވެ. އެންމެ ދަށުން 67.53 ރުފިޔާއަށް ހިއްސާއެއް ވިކިފައިވާއިރު، ކުއާޓަރު ނިމުނުއިރު މާކެޓް ކެޕިޓަލައިޒޭޝަން ހުރީ 11.3 ބިލިއަން ރުފިޔާގަ އެވެ. ބޭންކުގެ ބޯޑު ބައްދަލުވުންތަކަށް ބަލާއިރު، މި ކުއާޓަރުގައި ބޯޑުގެ 4 ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. ބޭންކުން ބުނީ ކުރިއަށް އޮތް ތަނުގައިވެސް މާލީ ގޮތުން ވަރުގަދަ، ކަސްޓަމަރުންނަށް އިތުބާރު ހުރި ޚިދުމަތްތަކެއް ފޯރުކޮށްދޭ ބޭންކެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

އިތުރަށް ކިޔާލަން

15 ޖުލައި 2026

ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ޚިދުމަތްފަށައި، ބޭންކިންގ ވިއުގަ 55 ބްރާންޗަށް

15 ޖުލައި 2026
ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ޚިދުމަތްފަށައި، ބޭންކިންގ ވިއުގަ 55 ބްރާންޗަށް
12 ޖުލައި 2026

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި 1.7 ބިލިއަން ޑޮލަރު ވިއްކައިފިން: ބީއެމްއެލް

12 ޖުލައި 2026
ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި 1.7 ބިލިއަން ޑޮލަރު ވިއްކައިފިން: ބީއެމްއެލް
10 ޖުލައި 2026

މި ސަރުކާރުން ފައިސާ ހޯދަނީ ޑޮމެސްޓިކް މާރކެޓް އަދި ބީއެމްއެލް ބޭނުންކޮށްގެން: ސަރުވަޝް

10 ޖުލައި 2026
މި ސަރުކާރުން ފައިސާ ހޯދަނީ ޑޮމެސްޓިކް މާރކެޓް އަދި ބީއެމްއެލް ބޭނުންކޮށްގެން: ސަރުވަޝް
06 ޖުލައި 2026

ބީއެމްއެލް އާއި މާސްޓަރކާޑު ގުޅިގެން 100،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

06 ޖުލައި 2026
ބީއެމްއެލް އާއި މާސްޓަރކާޑު ގުޅިގެން 100،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި
06 ޖުލައި 2026

ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު

06 ޖުލައި 2026
ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު
05 ޖުލައި 2026

މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު

05 ޖުލައި 2026
މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު
30 ޖޫން 2026

ޑޮލަރުން އިންވެސްޓްކޮށްގެން 25 އިންސައްތައާ ހަމައަށް ފައިދާ ހޯދުމުގެ ފުރުސަތެއް ބީއެމްއެލް އިން ހުޅުވާލައިފި

30 ޖޫން 2026
ޑޮލަރުން އިންވެސްޓްކޮށްގެން 25 އިންސައްތައާ ހަމައަށް ފައިދާ ހޯދުމުގެ ފުރުސަތެއް ބީއެމްއެލް އިން ހުޅުވާލައިފި
29 ޖޫން 2026

2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
2028 ވަނަ އަހަރުގެ މެދުތެރެއަށް ގޯއްޗާއި ފްލެޓް ރައްޔިތުންނާ ހަވާލު ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް

29 ޖޫން 2026
ޑިވެލޮޕްމަންޓް ބޭންކުގެ ހިއްސާ އެމެރިކާގެ ޖޭޕީ މޯގަންއަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކައަކީ ގޮސިޕެއް: ރައީސް
27 ޖޫން 2026

ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް އިތުރު ކުރަން ވަނީ ނިންމާފަ: އިސް ތަރުޖަމާނު

27 ޖޫން 2026
ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް  އިތުރު ކުރަން ވަނީ ނިންމާފަ: އިސް ތަރުޖަމާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް