Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިންސީ ކުށްތައް

ހަށިވިއްކުމުގެ މައްސަލައެއްގައި ދިވެހި އަންހެނަކު 7 އަހަރަށް ޖަލަށްލައި، ނާސިގެ ހެދި ފިރިހެން މީހާ 5 އަހަރަށް ޖަލަށް!

30 ޖުލައި 2026 | ބުރާސްފަތި 06:21

ފުވައްމުލަކުގައި ހަށިވިއްކުމާއި ނާސިގެ ހެދުމުގެ މައްސަލައެއްގައި ދައުވާލިބުނު ދެ މީހަކު ޖަލަށްލުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި. މި މައްސަލައިގައި ހިމެނޭ އަންހެންމީހާ ހަތް އަހަރަށް އަދި ފިރިހެންމީހާ ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރި ނަމަވެސް، އެމީހުންގެ މައްޗަށް އުފުލި ބްލެކްމެއިލް ކުރުމާއި އޮރިޔާން ކާޑު ހެދުމުގެ ދައުވާ ސާބިތެއް ނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ޖުލައި 2026 | ބުރާސްފަތި 06:21
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު | ފޭސްބުކް

ހަށިވިއްކުމުގެ މައްސަލައެއް ސާބިތުވެ، ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ އަންހެނަކު ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި، ނާސިގެ ހެދުމުގެ ދައުވާ ސާބިތުވި ފިރިހެނަކު ޖަލަށް ލުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

 މި މައްސަލައަކީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ދައުލަތުން ދައުވާ އުފުލާފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ޖުމްލަ ހަތަރު ދައުވާއެއް އުފުލާފައިވެއެވެ. އެއީ ފުވައްމުލަކަށް ނިސްބަތްވާ ފިރިހެނަކާއި ދެ އަންހެނުންނެވެ.

އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހަށިވިއްކުމުގެ ދައުވާއާއި، ބްލެކްމެއިލް ކުރުމުގެ ދައުވާއާއި، ނާސިގެއެއް ހެދުމުގެ ދައުވާގެ އިތުރުން، އޮރިޔާން ކާޑު ހެދުމުގައި އެހެން މީހެއްގެ ރުހުމާ ނުލައި އެ މީހެއްގެ ޖިންސީ ގުނަވަނެއް ފެންނަ ގޮތަށް އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ.

ޝަރީއަތުގެ މަރުހަލާގައި މި ތިން މީހުންވެސް ވަނީ އެމީހުންގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

މި މައްސަލަ ބެލުމަށްފަހު ކޯޓުން ނިންމާފައިވަނީ، ތިން މީހުންގެ މައްޗަށް އުފުލި ބްލެކްމެއިލް ކުރުމުގެ ދައުވާއާއި އޮރިޔާން ކާޑާ ގުޅޭ ދައުވާ ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

ނަމަވެސް، މި މައްސަލައިގައި ހިމެނޭ ފިރިހެންމީހާގެ މައްޗަށް އުފުލާފައިވާ ނާސިގެ ހެދުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.

 މީގެ އިތުރުން، ހަށިވިއްކުމުގެ ދައުވާ އުފުލި އަންހެން މީހާގެ މައްޗަށް އެ ކުށް ސާބިތުވާތީ، އޭނާ ހަތް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

މުޖުތަމައުގެ އަހްލާގީ މިންގަނޑުތައް ހިފެހެއްޓުމަށާއި، މައްސަލައިގެ ބާވަތުން މުޖުތަމައުގެ އާންމު އަހުލާޤީ މިންގަނޑަށް ރިއާޔަތްކޮށް، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން މި މައްސަލަތަކުގެ ޝަރީއަތް ނިމުނު ގޮތުގެ މުޅި ރިޕޯޓު އާންމުކޮށްފައެއް ނުވެ އެވެ.

ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުހަށިވިއްކުންޖިންސީ ކުށް

އިތުރަށް ކިޔާލަން

29 މެއި 2026

ފުވައްމުލަކު "ޑްރަގު ކެފޭއެއް" ބަންދުކުރަން ކޯޓުން އަމުރުކޮށްފި

29 މެއި 2026
ފުވައްމުލަކު "ޑްރަގު ކެފޭއެއް" ބަންދުކުރަން ކޯޓުން އަމުރުކޮށްފި
19 އެޕްރީލު 2026

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

19 އެޕްރީލު 2026
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
01 ޑިސެމްބަރު 2025

ހިޔާ 12 ވަނަ ޓަވަރުގެ އެޕާރޓްމަންޓެއްގައި ހަށި ވިއްކަނީ، ކުށުގެ ވެށިން 5 މީހުން ހައްޔަރަށް

01 ޑިސެމްބަރު 2025
ހިޔާ 12 ވަނަ ޓަވަރުގެ އެޕާރޓްމަންޓެއްގައި ހަށި ވިއްކަނީ، ކުށުގެ ވެށިން 5 މީހުން ހައްޔަރަށް
30 ނޮވެމްބަރު 2025

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

30 ނޮވެމްބަރު 2025
ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި
06 ޖުލައި 2024

ހަށިވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި 55 އަހަރުގެ ދިވެހި ފިރިހެން މީހާ ދޫކޮށްލައިފި

06 ޖުލައި 2024
ހަށިވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި 55 އަހަރުގެ ދިވެހި ފިރިހެން މީހާ ދޫކޮށްލައިފި
23 ފެބުރުއަރީ 2023

ހަށިވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި މީހާ، ޝަރުތުކުރުމަށްފަހު ދޫކޮށްލައިފި

23 ފެބުރުއަރީ 2023
ހަށިވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި މީހާ، ޝަރުތުކުރުމަށްފަހު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް