Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިންސީ ގޯނާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މާލެ، މ. މުނިޔާގެ، މުޙައްމަދު އަނިލްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި. މި މައްސަލައިގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ތަންފީޒުކުރަން ޖެހެނީ 11 މަހާއި 15 އަހަރާއި 7 ދުވަހުގެ ޖަލު އަދަބެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2026 | އާދީއްތަ 07:42
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށް | ޕޮލިސް

ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރި، 11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މ. މުނިޔާގެ / މާލެ، މުޙައްމަދު އަނިލް (47އ) ގެ މައްޗަށެވެ. އޭނާ ގެ މައްޗަށް ދައުވާކޮށްފައިވަނީ (ގާނޫނު ނަންބަރު 12/2009) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

Advertisement - newsAdvertisement

މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހެޅުމާއެކު، ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގު ފަށާފައެވެ. މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު، ފުލުހުން މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައެވެ. 

މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 2026 އެޕްރީލް 15 ވަނަ ދުވަހު މުޙައްމަދު އަނިލްގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މި ކުށުގެ އުގޫބާތެއްގެ ގޮތުން މުޙައްމަދު އަނިލް 16 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން މުޙައްމަދު އަނިލް، މި ދައުވާއާ ގުޅިގެން ބަންދުގައި ހުރި 4 އަހަރާއި 19 ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށް، މުޙައްމަދު އަނިލް ތަންފީޒުކުރަންޖެހޭ އަދަބަކީ 15 އަހަރާއި 7 މަހާއި 11 ދުވަހުގެ ޖަލު އަދަބުކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި އެފަދަ މައްސަލަތައް ތަހުގީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެއްކަން ފުލުހުން ފާހަގަ ކުރެ އެވެ.

ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށާއި ކުޑަކުދިންނަށް ޖިންސީގޯނާކޮށް، އިހުމާލުވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް މިފަދަ ކުށްތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން ގެންދާނެކަމަށްވެސް އެ ޚިދުމަތުން ވަނީ ފާހަގަކޮށްފައެވެ. 

ފުލުހުން-ރައްޔިތުންޖިންސީ ކުށްޖިންސީ ކުށް

ކޮމެންޓް

އިތުރަށް ކިޔާލަން

މުޒާހަރާގެ ތެރެއިން މައިމޫން ހައްޔަރުކުރުން: ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމަށް މައުލޫމާތު ލިބޭ!

މުޒާހަރާގެ ތެރެއިން މައިމޫން ހައްޔަރުކުރުން: ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމަށް މައުލޫމާތު ލިބޭ!

18 އެޕްރީލު 2026
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު