Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް ޕްރިމިއާ ބޭންކް

މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ފިނާސްޓްރާ ކުންފުނީގެ އެހީ ހޯދަނީ

މި ޕްލެޓްފޯމްގެ ސަބަބުން ސްވިފްޓް ނެޓްވޯކް މެދުވެރިކޮށް 24 ގަޑިއިރު ރައްކާތެރިކަމާއެކު ފައިސާ ފޮނުވުމުގެ ޚިދުމަތް ލިބި، ބޭންކުގެ ޚިދުމަތްތައް ފުޅާކޮށް، ބައިނަލްއަގުވާމީ އެކި މާލީ ނިޒާމުތަކާ ފަސޭހައިން ގުޅާލުމަށް އެޅި ފިޔަވަޅެއް

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 08:26
މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ގެ ބައިނަލްއަގުވާމީ ބޭންކިންގް ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ދުނިޔޭގެ މާލީ ދާއިރާގެ މަޝްހޫރު ސޮފްޓްވެއާ ކުންފުންޏެއް ކަމަށްވާ "ފިނާސްޓްރާ" ވަނީ އިޚްތިޔާރުކޮށްފައި

މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ގެ ބައިނަލްއަގުވާމީ ބޭންކިންގް ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ދުނިޔޭގެ މާލީ ދާއިރާގެ މަޝްހޫރު ސޮފްޓްވެއާ ކުންފުންޏެއް ކަމަށްވާ "ފިނާސްޓްރާ" ވަނީ އިޚްތިޔާރުކޮށްފައި | ޝަޓާ ސްޓޮކް

މޯލްޑިވްސް ޕްރިމިއާ ބޭންކް (އެމް.ޕީ.ބީ) ގެ ބައިނަލްއަގުވާމީ ބޭންކިން މުއާމަލާތްތަކަށް، މާލީ ޚިދުމަތްތަކަށް ބޭނުންވާ ސޮފްޓްވެއާ އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރީގައި ގުނާލެވޭ ފިނާސްޓްރާ ކުންފުނީގެ "ފައިނޭންޝަލް މެސެޖިންގް އޭ.ޕީ.އައި" ސޮލިއުޝަން ބޭނުން ކުރުމަށް ނިންމައިފި ކަން ހާމަ ކޮށްފި އެވެ.

މި ނިޒާމު ގާއިމުކުރުމުން، ރައްކާތެރި އަދި މެދުކެނޑުމެއްނެތި 24 ގަޑިއިރު ފައިސާ ފޮނުވުމުގެ ގުޅުން އެމް.ޕީ.ބީ އަށް ކަށަވަރުވެގެންދާނެ ކަމަށް ފިނާސްޓްރާ އިން ބުނެފައިވެ އެވެ. މިއީ އެމް.ޕީ.ބީ ގެ ކުރިއެރުމަށް މަގުފަހިވެ، ކަސްޓަމަރުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފިނާސްޓްރާގެ މި ޒަމާނީ މެސެޖިންގް ޕްލެޓްފޯމް މެދުވެރިކޮށް، މޯލްޑިވްސް ޕްރިމިއާ ބޭންކަށް 24 ގަޑިއިރު މެދުކެނޑުމެއްނެތި "ސްވިފްޓް" (Swift) ނެޓްވޯކާ ގުޅިފައި ހުންނާނެ ކަމަށާއި، މީގެ އިތުރުން، މުސްތަގުބަލުގައި ފައިސާ ފޮނުވުމުގެ އެހެނިހެން ވަސީލަތްތަކާއި މާކެޓް އިންފްރާސްޓްރަކްޗާތަކާ މި ނިޒާމު ގުޅާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ހަމަ މި ޕްލެޓްފޯމްގެ ތެރެއިން އޮޅުވާލައިގެން ކުރާ މުއާމަލާތްތަކުން ރައްކާތެރިވުމާއި، ސޭންކްޝަންސް ސްކްރީނިންގ ގެ އިތުރުން ފޮނުވާ ފައިސާ ދާނުދާ ތަން ބެލުމުގެ ޚިދުމަތްތައް ވެސް ލިބިގެންދާނެ އެވެ. 

މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަރަހް ސަދަވާ ވިދާޅުވީ، އަލަށް އުފެދުނު ބޭންކެއްގެ ހައިސިއްޔަތުން އެ ބޭންކުން ބޭނުންވީ ސްވިފްޓްގެ ހުއްދަ އޮތް، އިތުބާރު ހުރި އަދި ފުރިހަމަ ނިޒާމެއް ގާއިމުކޮށްދެވޭނެ ފަރާތެއް ހޯދުމަށް ކަމަށެވެ. އަދި ފިނާސްޓްރާގެ ފްލެކްސިބަލް އާކިޓެކްޗާ އަދި އޭ.ޕީ.އައި އަށް ބިނާވެފައިވާ އުސޫލުގެ ސަބަބުން، ބޭންކު ކުރިއަރަމުންދާ ވަރަކަށް އިތުރު މާލީ ނިޒާމުތަކާ ގުޅާލުމުގެ ފުރުސަތު ލިބި، ކަސްޓަމަރުންނަށް އިތުބާރު ހުރި އަދި ހަލުވި ބައިނަލްއަގުވާމީ ފައިސާ ފޮނުވުމުގެ ޚިދުމަތް ދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އޭ.ޕީ.އައި މެދުވެރިކޮށް މި ނިޒާމު ގުޅާލުމުން، ސްވިފްޓް ނެޓްވޯކާ ގުޅުމުގެ ހުރިހާ މަރުހަލާއެއް ފަސޭހަކަމާއެކު ކުރިއަށްދާނެ އެވެ. މީގެ ތެރޭގައި ނިޒާމު ގާއިމުކުރުމާއި، ޓެސްޓުކުރުމާއި، ސެޓިފިކޭޝަން ހޯދުމުގެ އިތުރުން ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭނުންވާ އެހީތެރިކަން ހިމެނެއެވެ. މުއާމަލާތްތައް އިތުރުވަމުންދާ ވަރަކަށް އެއާ އެއްވަރަށް ފުޅާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕްލެޓްފޯމަކީ، ކުރިއަށް އޮތް ތަނުގައި އިތުރު މާލީ ޚިދުމަތްތަކާއި މާކެޓް އިންފްރާސްޓްރަކްޗާތަކާ ފަސޭހައިން ގުޅާލެވޭނެ ނިޒާމެކެވެ.

ފިނާސްޓްރާގެ އިވީޕީ ޕޭމަންޓްސް، ބެރީ ރޮޑްރިގޭޒް ވިދާޅުވީ، އެ ކުންފުނީގެ ޕްލެޓްފޯމްގެ ސަބަބުން ބޭންކުތަކަށް އޭ.ޕީ.އައި މެދުވެރިކޮށް އެންމެ ފަހުގެ މާލީ ނިޒާމުތަކާ ގުޅާލުމުގެ ފުރުސަތު ލިބި، "އެމްބެޑެޑް ބޭންކިން" ފަދަ އާ އީޖާދުތައް ހަލުވިކަމާއެކު ތައާރަފުކުރެވޭނެ ކަމަށެވެ. އަދި މުސްތަގުބަލުގައި ދުނިޔޭގެ 30 އަށްވުރެ ގިނަ މާކެޓް އިންފްރާސްޓްރަކްޗާތަކާއި ފައިސާ ފޮނުވުމުގެ އެކި ވަސީލަތްތަކާ މި ނިޒާމު ގުޅާލެވޭނެ ކަމަށާއި، އެހެންކަމުން މިއީ އެމް.ޕީ.ބީ ފަދަ ކުރިއެރުމަށް އަމާޒު ހިފާފައިވާ ބޭންކުތަކަށް އެންމެ އެކަށީގެންވާ ޕްލެޓްފޯމް ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނާސްޓްރާގެ "ފައިނޭންޝަލް މެސެޖިންގް އޭ.ޕީ.އައި" އަކީ މާލީ މެސެޖުތަކާއި މާކެޓް އިންފްރާސްޓްރަކްޗާތަކަށް ވަގުތުން ވަގުތަށް ވާސިލުވެވޭނެ އެއް ފުރާޅެއްގެ ދަށުން މަސައްކަތްކުރާ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން މިހާރު ސްވިފްޓް މެދުވެރިކޮށް މުއާމަލާތް ކުރެވޭއިރު، ކުރިއަށް އޮތް ތަނުގައި ސްވިފްޓް ނޫން އެހެން މާލީ ނިޒާމުތަކާ ވެސް ގުޅާލުމުގެ ގާބިލުކަން މި ސޮލިއުޝަނަށް ލިބިގެންވާ ކަމަށް ބުނެފައިވެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ލައިސަންސް ދީފައިވަނީ މިއަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު އެވެ.

މަސްދަރު: ޕީއާރު ނިއުސްވަޔަރ

މޯލްޑިވްސް ޕްރިމިއާ ބޭންކްފިނާސްޓްރާސްވިފްޓްއަރަހް ސަދަވާބެރީ ރޮޑްރިގޭޒް

އިތުރަށް ކިޔާލަން

07 ޖޫން 2017

ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

07 ޖޫން 2017
ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ
07 ޖޫން 2017

އިސްލާމިކް ބޭންކުގެ ބޭނުން ނުކުރާ އެކައުންޓްތައް އުވާލަނީ

07 ޖޫން 2017
އިސްލާމިކް ބޭންކުގެ ބޭނުން ނުކުރާ އެކައުންޓްތައް އުވާލަނީ
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
04 މެއި 2017

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި
04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު