Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އެމެރިކާގެ ސެނެޓަރު މެކޮނަލްގެ ހާލު ދެރަވެ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވައިފި، ވިދާޅުވީ އަދިވެސް މަސައްކަތަށް ދެވޭ ވަރު ނުވާާ ކަމަށް

13 ޖުލައި 2026 | ހޯމަ 05:03

އުމުރުން 81 އަހަރުގެ މެކޮނަލް އަށް ލިބުނު އަނިޔާ ތަކުގެ ތަފްސީލަށް ބަލާއިރު، އޭނާ ވެއްޓި ވަޑައިގަތުމުގެ ސަބަބުން ބޮލަށް ގެއްލުންވެ، އަދި އަރިކަށީގެ ކަށިގަނޑެއްގައި ރެނދު ލާފައިވާ ކަމަށް މީގެ ކުރިން އޭނާގެ އޮފީހުން ވަނީ މައުލޫމާތު ދީފައި. މި ހާދިސާ ހިނގާފައި ވަނީ އެމެރިކާގެ ވެރި ރަށް ވޮޝިންޓަންގެ ހޮޓަލެއްގައި ބޭއްވި ހަފުލާއެއްގެ ތެރެއިން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖުލައި 2026 | ހޯމަ 05:03
އެމެރިކާގެ ސެނެޓަރުގެ ރިޕަބްލިކަން ޕާޓީގެ ލީޑަރު މިޗް މެކޮނަލް.

އެމެރިކާގެ ސެނެޓަރުގެ ރިޕަބްލިކަން ޕާޓީގެ ލީޑަރު މިޗް މެކޮނަލް. | ގެޓީ އިމޭޖަސް

އެމެރިކާގެ ސެނެޓަރުގެ ރިޕަބްލިކަން ޕާޓީގެ ލީޑަރު މިޗް މެކޮނަލްގެ ޞިއްޙީ ޙާލު ކޮޅު ދެރަވުމުގެ ސަބަބުން ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވާފައިވާއިރު، އަދިވެސް ސެނެޓުގެ މަސައްކަތް ތަކަށް އެނބުރި ވަޑައި ނުގެންނެވޭނެ ކަމަށް އޭނާ ހާމަ ކުރައްވައިފި އެވެ. 

މިކަން ހާމަ ކޮށްފައި ވަނީ މެކޮނަލް އާދީއްތަ ދުވަހު ނެރުނު ރަސްމީ ބަޔާނެއްގައި އެވެ. 

މިދިޔަ ދުވަސް ތަކުގައި ސެނެޓުގެ ޖަލްސާ ތަކުން މެކޮނަލް ފެނިފައި ނުވަނީ، އޭނާ ވެއްޓި ވަޑައިގެން ލިބުނު އަނިޔާ ތަކަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތުމާ ގުޅިގެންނެވެ. އާދީއްތަ ދުވަހު ނެރުއްވި ބަޔާނުގައި މެކޮނަލް ވިދާޅުވީ، ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް، ފުރިހަމަ އަށް ރަނގަޅު ވަންދެން އަދިވެސް މަސައްކަތުން ދުރުގައި މަޑު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

އުމުރުން 81 އަހަރުގެ މެކޮނަލް އަށް ލިބުނު އަނިޔާ ތަކުގެ ތަފްސީލަށް ބަލާއިރު، އޭނާ ވެއްޓި ވަޑައިގަތުމުގެ ސަބަބުން ބޮލަށް ގެއްލުންވެ، އަދި އަރިކަށީގެ ކަށިގަނޑެއްގައި ރެނދު ލާފައިވާ ކަމަށް މީގެ ކުރިން އޭނާގެ އޮފީހުން ވަނީ މައުލޫމާތު ދީފައި އެވެ. މި ހާދިސާ ހިނގާފައި ވަނީ އެމެރިކާގެ ވެރި ރަށް ވޮޝިންޓަންގެ ހޮޓަލެއްގައި ބޭއްވި ހަފުލާއެއްގެ ތެރެއިންނެވެ.

މެކޮނަލް ހޮސްޕިޓަލް އަަށް ގެންދިޔުމަށް އެމްބިއުލާންސް އަށް އަރުވާ މަންޒަރު.

މެކޮނަލް ސެނެޓަށް ވަޑައި ނުގެންނެވި ނަމަވެސް، އޭނާ ގެންދަވަނީ ގޭގައި ހުންނަވައިގެން މުހިންމު ސިޔާސީ ކަންކަމުގައި ލަފާ ދެއްވަމުންނެވެ. އެހެން ނަމަވެސް، ސެނެޓުގެ ތަޅުމުގައި ކުރިއަށްދާ ބަހުސް ތަކާއި، ވޯޓުލުން ތަކުގައި އޭނާ ބައިވެރިވެ ވަޑައި ނުގަންނަވަ އެވެ. މިއީ އެމެރިކާގެ ސިޔާސީ މަސްރަހުގައި ނުފޫޒު ގަދަ ލީޑަރަކު މަސައްކަތާ ދުރުގައި ހުންނަވަން ޖެހިވަޑައިގަތް މުހިންމު ދަނޑިވަޅެއް ކަމަށް ބައެއް ފަރާތް ތަކުން ދެކެ އެވެ.

މެކޮނަލްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، އޭނާގެ ސިއްހީ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށާއި، ޑޮކްޓަރުންގެ އިރުޝާދާ އެކު ވީ އެންމެ އަވަހަކަށް ސެނެޓަށް އެނބުރި ވަޑައިގަތުމަކީ އުންމީދެއް ކަމަށެވެ. ނަމަވެސް، ސީދާ އެނބުރި ވަޑައި ގަންނަވާނެ ތާރީޚެއް އޭނާ ހާމަކުރައްވާފައި ނުވެ އެވެ.

މެކޮނަލް އަކީ އެމެރިކާގެ ތާރީޚުގައި ސެނެޓުގެ ޕާޓީ ލީޑަރުކަން އެންމެ ދިގު މުއްދަތަކަށް ކުރެއްވި ބޭފުޅާ އެވެ. އޭނާ ސެނެޓަށް އެނބުރި ވަޑައިގަތުން ލަސްވަމުން ދާތީ، ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައި އެވެ. އެހެން ނަމަވެސް، ޕާޓީގެ އިސް ބޭފުޅުން ވިދާޅުވަނީ މެކޮނަލް އަދިވެސް ހުންނެވީ ލީޑަރުގެ މަގާމުގައި ކަމަށާއި، އޭނާގެ ބަދަލުގައި އެހެން ބޭފުޅަކު އައްޔަން ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާއެމެރިކާގެ ސެނެޓްމިޗް މެކޮނަލް

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

12 ޖުލައި 2026

ސިއްހީ ޓެސްޓު ތަކުގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

12 ޖުލައި 2026
ސިއްހީ ޓެސްޓު ތަކުގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
12 ޖުލައި 2026

އުމުރުން 80 އަހަރުން މަތީގެ މީހުންނަށް ވެރިކަމެއް ނުކުރެވޭނެ: މިޓް ރޮމްނީ

12 ޖުލައި 2026
އުމުރުން 80 އަހަރުން މަތީގެ މީހުންނަށް ވެރިކަމެއް ނުކުރެވޭނެ: މިޓް ރޮމްނީ
12 ޖުލައި 2026

އެމެރިކާގެ ނުފޫޒު ގަދަ ސެނެޓަރު ލިންޑްސީ ގްރަހަމް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

12 ޖުލައި 2026
އެމެރިކާގެ ނުފޫޒު ގަދަ ސެނެޓަރު ލިންޑްސީ ގްރަހަމް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ
08 ޖުލައި 2026

ބްރެޒިލުން ބުނީ އެމެރިކާގެ ޓެރަރިސްޓް ލިސްޓަކީ އެ ގައުމަށް އެމެރިކާ އިން އަރައިގަތުމަށް ބަހަނާއަކަށް ވެދާނެ ކަމަށް

08 ޖުލައި 2026
ބްރެޒިލުން ބުނީ އެމެރިކާގެ ޓެރަރިސްޓް ލިސްޓަކީ އެ ގައުމަށް އެމެރިކާ އިން އަރައިގަތުމަށް ބަހަނާއަކަށް ވެދާނެ ކަމަށް
06 ޖުލައި 2026

ނޭޓޯ ސަމިޓުގައި ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވަނީ

06 ޖުލައި 2026
ނޭޓޯ ސަމިޓުގައި ޓްރަމްޕް، ޒެލެންސްކީ އާއި އަލް ޝަރާއާ ބައްދަލު ކުރައްވަނީ
05 ޖުލައި 2026

އިދިކޮޅު ފިކުރަކީ ގައުމަށް ޖެހިފައިވާ ކެންސަރެއް: ޓްރަމްޕް

05 ޖުލައި 2026
އިދިކޮޅު ފިކުރަކީ ގައުމަށް ޖެހިފައިވާ ކެންސަރެއް: ޓްރަމްޕް
03 ޖުލައި 2026

އީރާނުގެ އިސް ނިގޯޝިއަޓަރުން ކަމަށްވާ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން އުޅުނު ކަން އެމެރިކާ އަށް އޮތީ އެނގިފައި: ނިއުޔޯކް ޓައިމްސް

03 ޖުލައި 2026
އީރާނުގެ އިސް ނިގޯޝިއަޓަރުން ކަމަށްވާ ފޮރިން މިނިސްޓަރާއި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން އިސްރާއީލުން އުޅުނު ކަން އެމެރިކާ އަށް އޮތީ އެނގިފައި: ނިއުޔޯކް ޓައިމްސް
02 ޖުލައި 2026

އެމެރިކާގެ ހެލިކޮޕްޓަރެއް އަރަބި ކަނޑަށް ކުއްލި ގޮތަކަށް ޖެއްސުމުގެ ތެރޭގައި، ސިފައިންގެ މީހަކު ގެއްލި އިތުރު ސިފައިންނަށް އަނިޔާވެއްޖެ

02 ޖުލައި 2026
އެމެރިކާގެ ހެލިކޮޕްޓަރެއް އަރަބި ކަނޑަށް ކުއްލި ގޮތަކަށް ޖެއްސުމުގެ ތެރޭގައި، ސިފައިންގެ މީހަކު ގެއްލި އިތުރު ސިފައިންނަށް އަނިޔާވެއްޖެ
01 ޖުލައި 2026

މިޑްޓަރމް އިންތިޚާބުގެ ކުރިން، ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަން ބާއްވަން ޓްރަމްޕް ނިންމަވައިފި

01 ޖުލައި 2026
މިޑްޓަރމް އިންތިޚާބުގެ ކުރިން، ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަން ބާއްވަން ޓްރަމްޕް ނިންމަވައިފި
01 ޖުލައި 2026

އޭއައި އާއި ޑީޕްފޭކް ބޭނުންކޮށްގެން އެމެރިކާގައި ހިންގާ މަކަރާއި ހީލަތުގެ މުއާމަލާތްތަކުގެ ސަބަބުން 68 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެ - ސާވޭ

01 ޖުލައި 2026
އޭއައި އާއި ޑީޕްފޭކް ބޭނުންކޮށްގެން އެމެރިކާގައި ހިންގާ މަކަރާއި ހީލަތުގެ މުއާމަލާތްތަކުގެ ސަބަބުން 68 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެ - ސާވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް