Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހދ ނައިވާދޫ

ނައިވާދޫ މެޖިސްޓްރޭޓު ކޯޓު އިމާރާތް އެޅުމުގެ މަސައްކަތް ހުއްޓިފައި ހުންނަތާ ދެ އަހަރު!

12 ޖުލައި 2026 | އާދީއްތަ 09:55

ހދ. ނައިވާދޫގައި އައު ކޯޓު އިމާރާތް އެޅުމުގެ މަސައްކަތް ހުއްޓިފައިވާ ސަބަބު ސާފުކުރުމަށް ޑީޖޭއޭއަށް ސިޓީ ފޮނުވުމުންވެސް ޖަވާބެއް ލިބިފައިނުވާކަމަށް އެ ރަށު ކައުންސިލުން ބުނެފި. ކޯޓުގެ މަސައްކަތްތައް މިހާރު ކައުންސިލް އިމާރާތުގައި ކުރިއަށްގެންދާތީ ދަތިތަކާ ކުރިމަތިވަމުންދާއިރު، މަޝްރޫއު ހުއްޓިފައި އޮތުމުން އެ ސަރަހައްދުގައި މިހާރު ވަނީ ވިނަ ފަޅާ ގަސްތައް ބޯވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޖުލައި 2026 | އާދީއްތަ 09:55
ހދ އަތޮޅު ނައިވާދޫ މެޖިސްޓްރޭޓު ކޯޓު އިމާރާތް އެޅުމަށް ފަށާފައިވާ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި

ހދ އަތޮޅު ނައިވާދޫ މެޖިސްޓްރޭޓު ކޯޓު އިމާރާތް އެޅުމަށް ފަށާފައިވާ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި | ރާއްޖެ އެމްވީ

ހދ އަތޮޅު ނައިވާދޫ މެޖިސްޓްރޭޓު ކޯޓު އިމާރާތް އެޅުމަށް ފަށާފައިވާ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި ހުންނަތާ މިހާރު ދެ އަހަރު ވެފައިވާކަން އެރަށު ކައުންސިލުން ހާމަކޮށްފި އެވެ.

މި  މަސައްކަތް ހުއްޓިފައި ހުންނަ ސަބަބެއް ކައުންސިލަކަށް ސާފުނުވާކަމަށް ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

Advertisement - newsAdvertisement

ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކޮށްފައި އޮތް މަޝްރޫއެކެވެ. މި ސަރުކާރު އައިސް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިނަމަވެސް، އަމަލީ މަސައްކަތް ހުއްޓިފައި ހުންނަތާ މިހާރު މިވަނީ ދެ އަހަރު ވެފަ އެވެ.

މި މަސައްކަތް ހުއްޓިފައި ހުންނަ ސަބަބު ސާފުކުރުމަށް ކައުންސިލުން ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ސިޓީއަކުން އެދިފައެވެ. އެގޮތުން މަޝްރޫއުގެ އަދާހަމަ ހޯދުމަށާއި މަޝްރޫއު ކުރިއަށް ނުދާތީ އެކަން ސާފުކުރުމަށް ކައުންސިލުން އެދިފައިވާއިރު، މިހާތަނަށް އެއްވެސް ޖަވާބެއް ނުލިބޭކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

މިހާރު ކޯޓުގެ މަސައްކަތް ކުރިއަށްދަނީ ރަށު ކައުންސިލު ހުންނަ އިމާރާތުގެ ތެރޭގައި ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އައު ކޯޓު އިމާރާތް އެޅުމަށް ދިން ތަނުގައި މިހާރު ހުރީ ގަސްތައް ފަޅާ ފުރާލާފައި ކަމަށްވެސް ކައުންސިލުން ބުނެފައިވެ އެވެ.

ކޯޓު އިމާރާތް އެޅުމުގެ މަސައްކަތް ލަސްވުމަކީ ރަށު ރައްޔިތުންނަށް ބޮޑު ދަތިތަކެއް ކުރިމަތިވާ ކަމެކެވެ. ކައުންސިލު އިމާރާތުގައި ކޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން ކައުންސިލުގެ މަސައްކަތަށްވެސް ދަތިތަކެއް ކުރިމަތިވެ އެވެ.

ކައުންސިލުން މިހާރު އިންތިޒާރު ކުރަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވި ސިޓީގެ ޖަވާބަކަށެވެ. މަޝްރޫއު ކުރިއަށް ގެންދިއުމަށް ރައްޔިތުން ވަރަށް ބޮޑަށް އެދިފައިވާއިރު، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ކައުންސިލުން ފާހަގަކުރެ އެވެ.

 

ހދ. ނައިވާދޫމެޖިސްޓްރޭޓް ކޯޓުޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ޖުލައި 2026

ނައިވާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅިފަހުން އަހަރެއް ވާން ކައިރިވެފަވާއިރު، މަސައްކަތް ނުފެށި ތަން ޖަންގައްޔަކަށް: ކައުންސިލް

09 ޖުލައި 2026
ނައިވާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅިފަހުން އަހަރެއް ވާން ކައިރިވެފަވާއިރު، މަސައްކަތް ނުފެށި ތަން ޖަންގައްޔަކަށް: ކައުންސިލް
08 ޖުލައި 2026

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި

08 ޖުލައި 2026
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި
08 ޖޫން 2026

ދޮންދަރިއަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ އުފުލާފައިވާ ދައުވާ ބޭރުކޮށްލީ ގޯސްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި

08 ޖޫން 2026
ދޮންދަރިއަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ އުފުލާފައިވާ ދައުވާ ބޭރުކޮށްލީ ގޯސްކޮށް، މައްސަލަ އަލުން ބަލަން އަންގައިފި
07 މެއި 2026

އިސްތިއުފާ ނުދިނުމުން ޑީޖޭއޭގެ ދެ ވެރިޔަކު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފި

07 މެއި 2026
 އިސްތިއުފާ ނުދިނުމުން ޑީޖޭއޭގެ ދެ ވެރިޔަކު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފި
20 އެޕްރީލު 2026

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވައިފި

20 އެޕްރީލު 2026
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވައިފި
10 މާރިޗު 2026

ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި

10 މާރިޗު 2026
 ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި
15 ފެބުރުއަރީ 2026

ނައިވާދޫން ހޯދި ތާރީޚީ މޮޅުގެ ފަހަތުގައި އެއްބައިވަންތަކަމުގެ އެތައް ސިއްރެއް

15 ފެބުރުއަރީ 2026
ނައިވާދޫން ހޯދި ތާރީޚީ މޮޅުގެ ފަހަތުގައި އެއްބައިވަންތަކަމުގެ އެތައް ސިއްރެއް
11 ފެބުރުއަރީ 2026

ރޯދަ އަށް ހަނދު ބަލާނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު

11 ފެބުރުއަރީ 2026
ރޯދަ އަށް ހަނދު ބަލާނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު
02 ފެބުރުއަރީ 2026

ޓެކްނިކަލް މައްސަލަ އަކުން ކަަމަށް ބުނެ ޑީޖޭއޭ އިން ކުށުގެ ރެކޯޑް ސާފުކޮށް ނުދީ ހިފެހެއްޓުމުން ކެނޑިޑެސީ ފުރުސަތު ގެއްލިއްޖެ

02 ފެބުރުއަރީ 2026
ޓެކްނިކަލް މައްސަލަ އަކުން ކަަމަށް ބުނެ ޑީޖޭއޭ އިން ކުށުގެ ރެކޯޑް ސާފުކޮށް ނުދީ ހިފެހެއްޓުމުން ކެނޑިޑެސީ ފުރުސަތު ގެއްލިއްޖެ
19 ޖެނުއަރީ 2026

ކޯޓުގެ ސަރވާ ހަލާކުވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ނެރުނު އަމުރެއް ބާތިލްކޮށްފި

19 ޖެނުއަރީ 2026
ކޯޓުގެ ސަރވާ ހަލާކުވެފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން ނެރުނު އަމުރެއް ބާތިލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް