Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑީޖޭއޭގެ އިސްވެރިން ސަސްޕެންޑް ކުރުން

އިސްތިއުފާ ނުދިނުމުން ޑީޖޭއޭގެ ދެ ވެރިޔަކު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފި

ޑީޖޭއޭގެ އިސް މަގާމުތަކެއްގައި ތިއްބެވި ޒަކަރިއްޔާ ހުސައިން އާއި އަހުމަދު އަލީ، މަގާމުން އިސްތިއުފާ ދެއްވުމަށް އެންގުމުން އެކަން ނުކުރެއްވުމާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފި. އެ އިދާރާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން މި ދެ ބޭފުޅުން ސަސްޕެންޑުކުރިއިރު، މިއީ ދާދި ފަހުން އިސްތިއުފާ ދެއްވި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާގެ ދައުރުގައި މަގާމުތަކަށް އައްޔަންކުރެއްވި ދެ ބޭފުޅުން. މީގެ ކުރިން ވެސް ސަރުކާރުގެ އެކި އިދާރާތަކުގައި އިސް މަގާމުތައް ފުރުއްވާފައިވާ މި ދެ ބޭފުޅުންނަށް ފިޔަވަޅު އަޅާފައި މިވަނީ ޑީޖޭއޭގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 7 މެއި 2026 | ބުރާސްފަތި 14:21
އިސްތިއުފާ ނުދިނުމުން ޑީޖޭއޭ އިން ސަސްޕެންޑުކުރި ޒަކަރިއްޔާ ހުސައިން (ކ) އަދި އަހްމަދު އަލީ (ވ)

އިސްތިއުފާ ނުދިނުމުން ޑީޖޭއޭ އިން ސަސްޕެންޑުކުރި ޒަކަރިއްޔާ ހުސައިން (ކ) އަދި އަހްމަދު އަލީ (ވ) | އަދަދު

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އިސް ދެ މަގާމެއްގައި ތިއްބެވި ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވުމަށް އެންގުމުން އެކަން ނުކުރެއްވުމާ ގުޅިގެން، އެ ދެ ބޭފުޅުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފި އެވެ.

ސަސްޕެންޑުކޮށްފައި ވަނީ ޑީޖޭއޭގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ އިސްވެރިޔާ ޒަކަރިއްޔާ ހުސައިން އަދި ޖުޑީޝަލް އެކަޑަމީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު އަލީ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ބޭފުޅުންނަށް މަގާމުން އިސްތިއުފާ ދެއްވުމަށް އަންގާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ނަމަވެސް، އެ ބޭފުޅުން އިސްތިއުފާ ނުދެއްވުމުން އެ ރޭގެ ވަގުތެއްގައި ވަނީ ސަސްޕެންޝަންގެ ޗިޓު ހަވާލުކޮށްފަ އެވެ. ޑީޖޭއޭގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ މި ދެ ބޭފުޅުން ސަސްޕެންޑުކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އަދި ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

މި ދެ ބޭފުޅުންނަކީ ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން މިދިޔަ މަހު އިސްތިއުފާ ދެއްވި އަމްޖަދު މުސްތަފާގެ ވަރަށް ގާތް ދެ ބޭފުޅުން ކަމަށް ރާއްޖެ އެމްވީ އަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ޒަކަރިއްޔާ އާއި އަހުމަދު އަލީ އެ މަގާމުތަކަށް އައްޔަންކޮށްފައިވަނީ ވެސް އަމްޖަދު އެ އިދާރާގެ ވެރިޔަކަށް ހުންނެވި ދުވަސްވަރު އެވެ. އަމްޖަދު މަގާމުން ވަކިވެވަޑައިގަތީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސަސްޕެންޑުކުރި ޒަކަރިއްޔާ ހުސައިން އަކީ މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މުވައްޒަފުންނާ މެދު ތަފާތުކުރުމާއި ގަވާއިދާ ހިލާފަށް އަމަލުކުރާ ކަމަށް ބުނެ މަޖިލީހުން އޭނާ ވަކިކުރަން ތައްޔާރުވެފައި ވަނިކޮށެވެ. އަދި އަހުމަދު އަލީ އަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީގެ މަގާމުގައި ހުންނަވަނިކޮށް، ސީއެސްސީން ބަލަމުންދިޔަ މައްސަލައެއްގައި ސަސްޕެންޑުކޮށްފައި ހުއްޓާ އިސްތިއުފާ ދެއްވި ބޭފުޅެކެވެ.

ޑީޖޭއޭ އަކީ ރާއްޖޭގެ ކޯޓުތަކުގެ އިދާރީ ކަންކަން ބަލަހައްޓާ މައި އިދާރާ އެވެ. މިހާރު ޖޭއެސްސީގެ ދަށުން ހިންގަމުންދާ އެ އިދާރާގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ތަން އަލުން އެކުލަވައިލުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންޒަކަރިއްޔާ ހުސައިންއަޙްމަދު ޢަލީއަމްޖަދު މުޞްޠަފާ

އިތުރަށް ކިޔާލަން

20 އެޕްރީލު 2026

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވައިފި

20 އެޕްރީލު 2026
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވައިފި
10 މާރިޗު 2026

ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި

10 މާރިޗު 2026
 ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި
11 ފެބުރުއަރީ 2026

ރޯދަ އަށް ހަނދު ބަލާނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު

11 ފެބުރުއަރީ 2026
ރޯދަ އަށް ހަނދު ބަލާނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު
02 ފެބުރުއަރީ 2026

ޓެކްނިކަލް މައްސަލަ އަކުން ކަަމަށް ބުނެ ޑީޖޭއޭ އިން ކުށުގެ ރެކޯޑް ސާފުކޮށް ނުދީ ހިފެހެއްޓުމުން ކެނޑިޑެސީ ފުރުސަތު ގެއްލިއްޖެ

02 ފެބުރުއަރީ 2026
ޓެކްނިކަލް މައްސަލަ އަކުން ކަަމަށް ބުނެ ޑީޖޭއޭ އިން ކުށުގެ ރެކޯޑް ސާފުކޮށް ނުދީ ހިފެހެއްޓުމުން ކެނޑިޑެސީ ފުރުސަތު ގެއްލިއްޖެ
21 ޖެނުއަރީ 2026

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރުން: އަހުމަދު އަލީ އިންޑިއާއަށް ގޮސް ސަޕްލަޔަރާ ބައްދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނޭ

21 ޖެނުއަރީ 2026
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރުން: އަހުމަދު އަލީ އިންޑިއާއަށް ގޮސް ސަޕްލަޔަރާ ބައްދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު