Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ކޮންޓޭގެ އިތުބާރަކީ ލަނޑު ޖެހުމަށް ލިބޭ ހިތްވަރެއް: މޮރާޓާ

ޗެލްސީއަކީ އަހަންނަށް އިތުބާރު ކުރާ ހަމައެކަނި ޓީމު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 29 ސެޕްޓެމްބަރު 2017 | ހުކުރު 06:30
މޮރާޓާ ޗެލްސީގެ ޖާޒީ ހިފަހައްޓާލައިގެން

މޮރާޓާ ޗެލްސީގެ ޖާޒީ ހިފަހައްޓާލައިގެން

މި ސީޒަނުގައި ގިނަ ލަނޑުތަކެއް ޖެހުމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ޗެލްސީގެ ކޯޗުގެ އިތުބާރު އޮތުން ކަމަށް އެ ޓީމުގެ ފޯވާޑް އަލްވާރޯ މޮރާޓާ ބުނެފިއެވެ.

މި ޓްރާންސްފާ މާކެޓުގައި ރެއާލް މެޑްރިޑްއިން 55 މިލިއަން ޕައުންޑަށް ޗެލްސީއަށް ބަދަލުވުމަށް ފަހު މޮރާޓާ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ބުދަ ދުވަހުގެ ރޭ އެޓްލެޓިކޯ މެޑްރިޑް އަތުން ޗެލްސީ މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން މޮރާޓާ ބުނެފައިވަނީ ޗެލްސީއަށް ބަދަލުވީ އެ ޓީމަކީ އޭނާއަށް އިތުބާރު ކުރި ހަމައެކަނި ޓީމު ކަމަށްވެފައި އެ ޓީމުގެ ކޯޗު ކޮންޓޭގެ ފުރިހަމަ އިތުބާރު އޭނާއަށް އޮތްކަން އެގުމުން ކަމަށެވެ.

ހަމައެހެންމެ ސީޒަނުގެ މިހާތަނަށް ކުޅުނު ގިނަ މެޗުގައި ލަނޑު ޖެހިފައި ވަނީ ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުމުން ކަމަށާއި އޭނާގެ ކުޅުމަކީ ކޮންޓޭ ޗެލްސީގައި ފެންނަން ބޭނުންވާ ވައްތަރުގެ ކުޅުމެއް ކަމަށެވެ. އަދި ޗެލްސީއަށް ކުޅުނު ފުރަތަމަ މެޗުގައި ގޯސް ހެދުނު ކަމަށާއި އެހެނަސް އޭގެ ފަހުންވެސް ކޯޗުގެ އިތުބާރު އޭނާއަށް ނުގެއްލޭ ކަމަށާއި އަދި ހެދުނު ގޯސްތައް ރަނގަޅު ކުރުމަށް ކޯޗު ހިތްވަރު ދިންކަމަށް މޮރާޓާ ބުނެފައިވެއެވެ.

މޮރާޓާ މި ނޫސްވެރިންގެ ބައްދަލުވުމުގަ އިތުރަށް ބުނެފައިވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ކުރިއެރުމަށް ކޮންޓޭގެ ފަރާތުން ވަރަށް ރަނގަޅު އިރުޝާދު ލިބޭ ކަމަށާއި އޭނާގެ އުއްމީދަކީ މިގޮތުގައި މި ސީޒަންގެ ބާކީ ހުރި މެޗުތަކުގައިވެސް ގޯލު ޖެހުން ކަމަށެވެ. އިނގިރޭސި ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ އުނދަގޫ ލީގު ކަމަށާއި އެހެނަސް ކޮންޓޭގެ ސަބަބުން މި ލީގުގައި ކުޅެން ވަރަށް ފަސޭހަ ކަމަށް މޮރާޓާ ބުނެފައިވެއެވެ.

މޮރާޓާވަނީ ޗެލްސީއަށް ކުޅެމުން އަންނަ އެޑެން ހަޒާޑަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ހަޒާޑްއާއެކު ކުޅެން ވަރަށް ފަސޭހަ ކަމަށާއި ހަޒާޑްއަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި މިހާރު ގުނާލެވޭނެ ކުޅުންތެރިޔެއް ކަމަށެވެ.

މޮރާޓާގެ ފަރާތުން މޮޅު ކުޅުމެއް މިހާތަނަށް ފެނިފައިވާއިރު އޭނާވަނީ މިހާތަނަށް ޗެލްސީއަށް ކުޅުނު ހަތް މެޗުގައި ހަތް ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު