Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެޕަލް-1 ނީލަމުގައި

1976 ގެ "އެޕަލް-1" ކޮމްޕިއުޓަރެއް 500،000 ޑޮލަރަށް ނީލަން ކިޔަނީ

3 ޖުލައި 2026 | ހުކުރު 03:22

އެޕަލް ކުންފުނިން އެންމެ ފުރަތަމަ އުފެއްދި 200 ކޮމްޕިއުޓަރުގެ ތެރޭގައި ހިމެނޭ، މިހާރުވެސް ބޭނުންކުރެވޭ ހާލަތުގައި ހުރި އެޕަލް-1 ކޮމްޕިއުޓަރެއް ނިއު ޔޯކްގައި ނީލަން ކިޔަން ނިންމައިފި. ސްޓީވް ވޮޒްނިއަކް އަމިއްލަ އަތުން ތައްޔާރުކުރި މި މޮޑެލް 500،000 އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އަގަކަށް ވިކޭނެ ކަމަށް ބެލެވޭއިރު، މިއީ އެ ކުންފުނިން ޓެކްނޮލޮޖީގެ ދާއިރާގައި ފެށި ދަތުރުގެ މުހިންމު ރަމްޒެއް.

ޖިނާ
ޖިނާ | 3 ޖުލައި 2026 | ހުކުރު 03:22

1976 ވަނަ އަހަރު އުފެއްދި، އަދިވެސް މަސައްކަތްކުރާ "އެޕަލް-1" ކޮމްޕިއުޓަރު | ރޮއިޓާސް

އެޕަލް ކުންފުނިން އެންމެ ފުރަތަމަ އުފެއްދި ކޮމްޕިއުޓަރު ކަމަށްވާ، 1976 ވަނަ އަހަރުގެ އެޕަލް-1 ކޮމްޕިއުޓަރެއް ނިއު ޔޯކްގައި އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ނީލަން ކިޔުމަށް ވަނީ ހަމަޖެހިފަ އެވެ. މި ނީލަމުގައި މި ކޮމްޕިއުޓަރު 300،000 އާއި 500،000 އެމެރިކާ ޑޮލަރާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ލަފާކުރެވެ އެވެ. މިއީ އެޕަލް އިން އެންމެ ފުރަތަމަ އުފެއްދި 200 ކޮމްޕިއުޓަރުގެ ތެރެއިން، މިހާރުވެސް ބޭނުންކުރެވޭ ހާލަތުގައި ހުރި 20 ޔުނިޓުގެ ތެރޭގައި ހިމެނޭ ޔުނިޓެކެވެ.

އެޕަލް ކުންފުނި އުފެއްދުމުގައި ބައިވެރިވި ސްޓީވް ވޮޒްނިއަކްއާއެކު ސްޓީވް ޖޮބްސް ނަގާފައިވާ ކުރީގެ ފޮޓޯއެއް

އެޕަލް ކުންފުނި އުފެއްދުމުގައި ބައިވެރިވި ސްޓީވް ވޮޒްނިއަކްއާއެކު ސްޓީވް ޖޮބްސް ނަގާފައިވާ ކުރީގެ ފޮޓޯއެއް | ގެޓީ އިމޭޖަސް

އެޕަލް ކުންފުނީގެ އެންމެ ފުރަތަމަ އުފެއްދުން ކަމަށްވާ އެޕަލް-1 ބާޒާރަށް ނެރުނީ 1976 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ. މިއީ އެ ކުންފުނި އުފެއްދި އެކަކު ކަމަށްވާ ސްޓީވް ވޮޒްނިއަކް އަމިއްލަ އަތުން ތައްޔާރުކުރި މޮޑެލްއެކެވެ.

އެޕަލް ކުންފުނީގެ ކޯ-ފައުންޑަރ ސްޓީވް ވޮޒްނިއަކް (ކަނާތް) އަދި އެ ކުންފުނީގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ވެންޑެލް ސޭންޑަރ (ވައަތް)، 2013 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ހިސްޓްރީ ސެން ހޯޒޭގައި "އެޕަލް 1" ކޮމްޕިއުޓަރާ ބެހޭގޮތުން ވާހަކަދައްކަނީ

އެޕަލް ކުންފުނީގެ ކޯ-ފައުންޑަރ ސްޓީވް ވޮޒްނިއަކް (ކަނާތް) އަދި އެ ކުންފުނީގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ވެންޑެލް ސޭންޑަރ (ވައަތް)، 2013 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ހިސްޓްރީ ސެން ހޯޒޭގައި "އެޕަލް 1" ކޮމްޕިއުޓަރާ ބެހޭގޮތުން ވާހަކަދައްކަނީ | ގެޓީ އިމޭޖަސް

ޖުލައި 15 ވަނަ ދުވަހު ބާއްވާ މި ނީލަމަކީ އެ ނީލަން ފިހާރައިގެ "ގީކް ވީކް" ސޭލްސްގެ ބައެކެވެ. މި ނީލަމުގައި، މިހާރުވެސް ބޭނުންކުރެވޭ ހާލަތުގައި ހުރި މި ކޮމްޕިއުޓަރު 300،000 އާއި 500،000 އެމެރިކާ ޑޮލަރާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެ އެވެ.

ވޭތުވެދިޔަ ފަންސަވީސް އަހަރުގެ ތެރޭގައި ދުނިޔެއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޒަމާން ބަދަލުވަމުންދާ ވަރަކަށް ޑިޖިޓަލް އާލާތްތަކުގެ ބޭނުންތެރިކަން ކުޑަވި ނަމަވެސް، އެ ތަކެތީގެ އަގު ދަނީ އުފުލެމުންނެވެ. އެންމެ ފުރަތަމަ 666.66 އެމެރިކާ ޑޮލަރަށް ވިއްކި އެޕަލް-1 ކޮމްޕިއުޓަރެއް މިހާރު 500،000 ޑޮލަރަށް ވިކިއްޖެ ނަމަ، އެއީ ވޭތުވެދިޔަ ފަސް ދަހަރުގެ ތެރޭގައި އޭގެ އަސްލު އަގަށް ވުރެ ގާތްގަނޑަކަށް 749 ގުނަ އިތުރު އަދަދެކެވެ.

މަސްދަރު: Reuters

އެޕަލް-1ސްޓީވް ވޮޒްނިއަކްސްޓީވް ޖޮބްސްބައިޓް ޝޮޕްއެޕަލް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

30 ޖޫން 2026

އިންޑިއާގެ ޓާޓާ ގްރޫޕަށް ދިން ސައިބަރ ހަމަލާއަކުން އައިފޯން 18 ގެ މައުލޫމާތު ލީކުވެއްޖެ

30 ޖޫން 2026
އިންޑިއާގެ ޓާޓާ ގްރޫޕަށް ދިން ސައިބަރ ހަމަލާއަކުން އައިފޯން 18 ގެ މައުލޫމާތު ލީކުވެއްޖެ
25 ޖޫން 2026

މެމަރީގެ އަގު ބޮޑުވުމުން އެޕަލްއިން ޕްރޮޑަކްޓްތަކުގެ އަގު އުފުލަނީ

25 ޖޫން 2026
މެމަރީގެ އަގު ބޮޑުވުމުން އެޕަލްއިން ޕްރޮޑަކްޓްތަކުގެ އަގު އުފުލަނީ
18 ޖޫން 2026

ދުޅަހެޔޮ ސިއްހަތަކަށް ކެއުމުގައި ހިމެނުން އެންމެ ފައިދާހުރި މޭވާތައް އިނގޭތަ؟

18 ޖޫން 2026
ދުޅަހެޔޮ ސިއްހަތަކަށް ކެއުމުގައި ހިމެނުން އެންމެ ފައިދާހުރި މޭވާތައް އިނގޭތަ؟
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
28 ޑިސެމްބަރު 2023

ވޮޗް ސީރިސް 9 މަނާކުރުން އެޕަލްއިން އިސްތިއުނާފުކޮށްފި

28 ޑިސެމްބަރު 2023
ވޮޗް ސީރިސް 9 މަނާކުރުން އެޕަލްއިން އިސްތިއުނާފުކޮށްފި
08 ޑިސެމްބަރު 2023

އެޕަލް ވޮޗް ސީރީޒް 9 ހިލޭ ޑެލިވެރީއާއެކު މިހާރު މޫލީ އިން ލިބޭނެ

08 ޑިސެމްބަރު 2023
އެޕަލް ވޮޗް ސީރީޒް 9 ހިލޭ ޑެލިވެރީއާއެކު މިހާރު މޫލީ އިން ލިބޭނެ
03 އޮކްޓޯބަރު 2023

އައިފޯން 15 ހޫނުވުމުގެ މައްސަލަ އެޕަލް އިން ތަހުގީގުކޮށް، ސޮފްޓްވެއާ ސޮލިއުޝަންގެ މަސައްކަތް ކުރަނީ

03 އޮކްޓޯބަރު 2023
އައިފޯން 15 ހޫނުވުމުގެ މައްސަލަ އެޕަލް އިން ތަހުގީގުކޮށް، ސޮފްޓްވެއާ ސޮލިއުޝަންގެ މަސައްކަތް ކުރަނީ
17 ސެޕްޓެމްބަރު 2023

އެޕަލް ވޮޗް އޯއެސް 10 މާދަމާ ނެރެނީ

17 ސެޕްޓެމްބަރު 2023
އެޕަލް ވޮޗް އޯއެސް 10 މާދަމާ ނެރެނީ
28 ސެޕްޓެމްބަރު 2022

އެޕަލްގެ އާ އައިފޯނު އިންޑިއާގައި އުފައްދަން ފަށައިފި

28 ސެޕްޓެމްބަރު 2022
އެޕަލްގެ އާ އައިފޯނު އިންޑިއާގައި އުފައްދަން ފަށައިފި
28 މާރިޗު 2022

ސްޓީވް ޖޮބްސް ސޮއިކޮށްފައިހުރި ބައެއް ތަކެތި ނީލަމަށް

28 މާރިޗު 2022
ސްޓީވް ޖޮބްސް ސޮއިކޮށްފައިހުރި ބައެއް ތަކެތި ނީލަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް