Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެޕަލް ކުންފުނި

އެޕަލްގެ އާ އައިފޯނު އިންޑިއާގައި އުފައްދަން ފަށައިފި

އާ އައިފޯނުތަކެއް މިހާތަނަށް ޗައިނާއިން ބޭރުގައި އުފައްދާފައި ނުވޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2022 | ބުދަ 02:30
އައިފޯން

އައިފޯން

އެޕަލް ކުންފުނީގެ އާ އައިފޯނުތައް ކަމަށްވާ އައިފޯން 14 އިންޑިއާގައި އުފައްދަން ފަށައިފިއެވެ.

މިއީ ޗައިނާއިން ބޭރުގައި އައިފޯނުގެ އާ ފޯނެެއްް އުފައްދަން ފެށި ފުރަތަމަ ފަހަރެވެ. މި ބަދަލު އެޕަލް ކުންފުނިން ގެނެސްފައިވަނީ ކޮވިޑާ ގުޅިގެން ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކާއި އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާގައި އައިފޯން އުފައްދަން ފަށާފައިވަނީ ޗެންނާއީގައެވެ. މި ފޯނުތައް ނެރޭނީ އިންޑިއާ ބާޒާރަށެވެ. މި ފޯނުތަކަކީ މި މަހު ދުނިޔޭގެ ބާޒާރަށް އެޕަލް އިން ނެެރުނު ފޯނުތަކެވެ.

އެޕަލްގެ އާ ފޯނުތަކަކީ އެހެން ފޯނުތަކާ އަޅާބަލާއިރު ކެމެރާގެ ކޮލިޓީ ރަނގަޅުވެފައި ގިނަ ވަގުތަށް ބެޓަރީ ހިފަހައްޓާ އަދި އަވަސް ފޯނެކެވެ. މި ފޯނުތައް ވެސް ނެރެފައިވަނީ މިދިޔަ އަހަރު ނެރުނު އައިފޯން 13ގެ ސީރީޒްގެ އަގުތަކުގައެވެ.

އިންޑިއާއަކީ ފޯނު އުފެއްދުމުގައި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު މާކެޓެވެ. އެއްވަނައިގައި އޮތީ ޗައިނާއެވެ. ޗައިނާ އާއި އެޕަލް ކުންފުނިން ގުޅިގެން އެ ޤައުމުގައި އައިފޯނު އުފައްދަން ފެށީ 2017 ވަނަ އަހަރުއެވެ.

މީގެ ކުރިން ވެސް އައިފޯނުތައް އެހެން ޤައުމުތަކުގައި ވަނީ އުފައްދާފައެވެ. އެގޮތުން، ބްރެޒިލްގައި ވަނީ އެ ކުންފުނީގެ ފޯނުތަކެއް އުފައްދާފައެވެ. ނަމަވެސް އެއީ ކުރީގެ ފޯނުތަކެކެވެ. ކޮންމެ އަހަރަކު ނެރޭ އާ އައިފޯނުތައް މިހާތަނަށް އުފައްދަމުން އައީ ހަމައެކަނި ޗައިނާގައެވެ.

ޖޭޕީ މޯރގަންގެ އެނަލިސްޓުން ލަފާ ކުރާ ގޮތުގައި އެޕަލް އިން މަސައްކަތް ކުރަނީ 2025 އާ ހަމައަށް ޗައިނާގައި އުފައްދާ އައިފޯނުގެ 4 ބައި ކުޅަ އެއްބައި އިންޑިއާގައި އުފެއްދުމަށެވެ. އަދި އެ ކުންފުނީގެ އެހެން އުފެއްދުންތައް ވެސް ޗައިނާއިން ބޭރުގައި އުފެއްދުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެނަލިސްޓުން ވަނީ ބުނެފައެވެ.

އެޕަލް އިން ޗައިނާގައި ޕްރޮޑަކްޓުތައް އުފެއްދުން މަދުކުރަން ނިންމާފައިވަނީ އެމެރިކާ ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާތީއެވެ.

އާފަލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ވޮޗް ސީރިސް 9 މަނާކުރުން އެޕަލްއިން އިސްތިއުނާފުކޮށްފި

ވޮޗް ސީރިސް 9 މަނާކުރުން އެޕަލްއިން އިސްތިއުނާފުކޮށްފި

28 ޑިސެމްބަރު 2023
އެޕަލް ވޮޗް ސީރީޒް 9 ހިލޭ ޑެލިވެރީއާއެކު މިހާރު މޫލީ އިން ލިބޭނެ

އެޕަލް ވޮޗް ސީރީޒް 9 ހިލޭ ޑެލިވެރީއާއެކު މިހާރު މޫލީ އިން ލިބޭނެ

08 ޑިސެމްބަރު 2023
އައިފޯން 15 ހޫނުވުމުގެ މައްސަލަ އެޕަލް އިން ތަހުގީގުކޮށް، ސޮފްޓްވެއާ ސޮލިއުޝަންގެ މަސައްކަތް ކުރަނީ

އައިފޯން 15 ހޫނުވުމުގެ މައްސަލަ އެޕަލް އިން ތަހުގީގުކޮށް، ސޮފްޓްވެއާ ސޮލިއުޝަންގެ މަސައްކަތް ކުރަނީ

03 އޮކްޓޯބަރު 2023
އެޕަލް ވޮޗް އޯއެސް 10 މާދަމާ ނެރެނީ

އެޕަލް ވޮޗް އޯއެސް 10 މާދަމާ ނެރެނީ

17 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު