Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލުތުފަރުގެ މަރު

ލުތުފަރު މަރާލި މީހުން މަސައްކަތް ކުރީ ހަށިގަނޑު ދުވަހަކުވެސް ނުފެންނާހެން ކަނޑުފައްތަން!

ށ. ޅައިމަގު "ކުރިމަގު 1" ބޯޓުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ލުތުފަރު މަރާލި މައްސަލައިގައި ދައުވާލިބޭ މީހުން ކުރިން ކުށަށް އިއުތިރާފުވި ނަމަވެސް، ފަހުން ވަނީ އެކަމަށް އިންކާރުކޮށްފައި. ދިފާއީ ވަކީލުން ބުނާ ގޮތުގައި އެ އިއުތިރާފަކީ ބިރުދައްކައިގެން ހޯދާފައިވާ ސައްހަ ނޫން އިއުތިރާފެެއް. މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ބޯޓުން އިވުނު އަޑުތަކާއި ކަނޑުއަޑިން ފެނުނު އިންސާނެއްގެ ކަށިތައް ހިމެނޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ޖޫން 2026 | އަންގާރަ 14:07
ލުތުފަރު މަރާލި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުން

ލުތުފަރު މަރާލި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުން | ރާއްޖެއެމްވީ

ށ. ޅައިމަގު "ކުރިމަގު 1'' ބޯޓުގައި މަސައްކަތްކުރި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލައިގައި ދައުވާ އުފުލި މީހުންނަށް ކުށް ސާބިތުވެއްޖެ އެވެ. 

މި މައްސަލައިގައި ދައުލަތުން 3 މީހެއްގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލި އެވެ. އެއީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ އަލަމިން އާއި ނޫރުލްއިސްލާމް ސަރުކާރު ގެ އިތުރުން، އެމްޑީ އަކްތަރް ހުސައިންގެ މައްޗަށެވެ. ނަމަވެސް އެމްޑީ އަކްތަރް ހުސައިން މިހާރު ވަނީ މަރުވެފަ އެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ލުތުފަރު ބޯޓުގައި އިންކަމާއި، މި ހާދިސާ ހިނގި ދުވަހުގެ ރޭ ބޯޓުން އާދަޔާޚިލާފު އަޑެއް އިވުނުކަމާއި، އޭގެ ފަހުން މޫދަށް އެއްޗެއް ވައްޓާލުންފަދަ އަޑެއް އިވުނުކަން ސާބިތު ކޮށްދިނުމަށް ހެކި ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ކަނޑު އަޑިން ފެނުނު ކަށިތަކާ މެދު ވެސް ޝަރީއަތުގެ މަރުހަލާގައި ހެކިބަސް ނަގާފައިވެ އެވެ. އެގޮތުން މި މައްސަލައިގެ ސީން އޮފް ކްރައިމް ތައްޔާރުކުރި ފަރާތުން ޝަރީއަތުގައި ބުނެފައި ވަނީ ކަށިތައް ފެނުނީ އަޑީގައި ހުންނަތާ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ބެލެވޭ ކަމަށެވެ.

މި މައްސަލަ އާ ގުޅިގެން ފުލުހުން ބުނެފައިވަނީ ލުތުފަރު މަރާލައިފައިވަނީ ބޯޓުގައި ހުރި އިތުރު ބިދޭސީއަކާ އެކު އެއް ޖިންސުން ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ކަމަށް ދައުވާ ލިބޭ މީހުން ތަހުގީގަށް ކިޔާދީފައިވާ ކަމަށެވެ.

މި މައްސަލައިގެ ދިފާއީ ވަކީލުން ވަނީ މައިގަނޑު ގޮތެއްގައި އެމީހުން ވެފައިވާ އިއުތިރާފަކީ އޭގައި ޝައްކުތަކެއް ހިމެނޭ އިއުތިރާފެއްކަން ބަޔާން ކޮށް އެ އިއުތިރާފުގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެކަމަށް ބުނެފަ އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުން ފުރަތަމަ ވަނީ ކުށަށް އިއުތިރާފްވެ ދައުލަތާ އެކު ކުށުގެ އިއުތިރާފު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެހެންނަމަވެސް އެ މައްސަލައިގެ ޝަރީއަތް ފެށި ހިސާބުން އެ މީހުން ވަނީ ކުށަށް އިންކާރު ކޮށްފަ އެވެ.

އަދި ކުރިން ކުށަށް އިއުތިރާފްވެފައި ވަނީ އެ މީހުންނަށް ފުލުހުން އަނިޔާކޮށް ބިރު ދެއްކުމުން ކަމަށް ވަނީ ބުނެފަ އެވެ.

އަންގާރަ ދުވަހު ޙުކުމް ކުރައްވަމުން މި މައްސަލައިގައި ގާޒީ ވިދާޅުވީ، އެމީހުން އިއުތިރާފުވީ ބިރު ދައްކައިގެންކަމަށް ބުނި ނަމަވެސް، އެކަމަށް ބާރުދޭ އެކަށީގެންވާ ހެކި ނެތް ކަމަށެވެ. އަދި ދައުވާލިބޭ މީހުންގެ ބަޔާންތައް ޝަރީއަތަށް ބަލައިގަނެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ ބަޔާންތަކުގައި ހުރި ކަންކަމަށް ބަލާއިރު، އެ މީހުން މަސައްކަތް ކުރީ ލުތުފަރުގެ ހަށިގަނޑު ދުވަހަކުވެސް ނުފެންނާނެހެން ފޮރުވުމަށް ކަމަށް ގާޒީ ފާހަގަ ކުރެއްވި އެވެ.

ބަޔާންތަކުގައި ހިމެނޭ ތަފްސީލުތަކަށް ބަލާއިރު، އެ މީހުން ލުތުފަރުގެ ހަށިގަނޑު ގެންދިޔައީ އެ ރަށު ބަނދަރާ ދިމާލުން ކަނޑު އޮޅިން ބޭރަށް ކަމަށްވެ އެވެ. އަދި ހަށިގަނޑުގައި ހަންތަކެއް އައްސާފައި ކަނޑާއި ހިސާބަށް ގެންގޮސް، ލުތުފަރުގެ ގައިގައި ހިލައާއި ގާ އެޅި ބަސްތާތަކެއް އެޅުވި ކަމަށް ބަޔާންތަކުގައިވެ އެވެ.

އެއަށްފަހު ހަށިގަނޑު ކަނޑު ފައްތާފައި އޭނާގެ ހަށިގަނޑުގައި އެޅުވާފައި ހުރި ހަންތައް ވަކިކޮށްލި ކަމަށް ބަޔާންތަކުގައި ބުނެފައިވެ އެވެ. ހަންތައް ވަކިކޮށްލުމާއިއެކު އޭނާގެ ހަށިގަނޑު ވަގުތުން އެ ދިމާ ކަނޑު އަޑިއަށް ދިޔަ ކަމަށް ބަޔާންތަކުގައި ހިމެނެ އެވެ.

މި ވާހަކަތައް ތިން މީހުންގެ ތަހުގީގީ ބަޔާނުގައިވެސް ހުރި ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ ތިން މީހުންގެ ބަޔާނުގައިވެސް ޖައުހަރީ ފުށުއެރުންތަކެއް ނެތް ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

މި މައްސަލައިގައި އެ ކަން ކުރުމަށް އެ މީހުން ބޭނުންކުރި ބައެއް ތަކެތި އެ ދިމާލު ކަނޑު ތޮށިން ފުލުހުން ހޯދާފައިވާ ކަމަށް ވެސް ގާޒީ ފާހަގަ ކުރެއްވި އެވެ. މި ހެކިތަކާއި ތަހުގީގީ ބަޔާންތައް އެއްކޮށް ބަލާއިރު، މި މައްސަލައިގައި ހެކިތައް ލިބިފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންނަމަވެސް، މޫދުގެ އަޑިން ފުލުހުންނަށް ފެނިފައިވާ ކަށިތަކަކީ ލުތުފަރުގެ ހަށިގަނޑުކަން ކަށަވަރުވޭތޯ ދިފާއުން ސުވާލު އުފައްދާފައިވެ އެވެ. ސަބަބަކީ ލުތުފަރު ރާއްޖެ އެތެރެވިކަން އެނގޭނެ ފަދަ އިމިގްރޭޝަންގެ ލިއުމެއް ދައުލަތުން ކޯޓަށް ހުށަހަޅާފައިނުވާތީ އެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މިސާލަކަށް މަރުވި މިހާ ނޭނގުނުނަމަވެސް، މީހަކު މަރާލިކަން ސާބިތުވާނަމަ ތައުޒީރީ އަދަބެއް ދެވިދާނެ ކަމަށެވެ.

މި މައްސަލައަށް ބަލާއިރު، އޭނާ ރާއްޖެ އެތެރެވިކަމުގެ ލިއުމެއް ނެތްކަމުގައިވީނަމަވެސް، އޭނާ ރާއްޖޭގައި އުޅުނުކަން ސާބިތުކޮށްދޭން އެހެނިހެން ލިއެކިއުން ދައުލަތަށް ހުށަހެޅިދާނެކަން ގާޒީ ފާހަގަ ކުރެއްވި އެވެ. މިސާލަކަށް އޭނާއަކީ ޅައިމަގުގައި ބޯޓެއްގައި މަސައްކަތް ކުރި މީހެއްކަމާއި، އެކަމާ ގުޅޭ އިތުރު ތަފްސީލު ދައުލަތުގެ ހެކިތަކުން ކަށަވަރު ކޮށްދީފައިވާއިރު، ހެކިންގެ ހެކިބަހުންވެސް އެކަންކަން އެނގޭކަމަށް ގާޒީ ވިދާޅުވި އެވެ.

ރަސްމީ ލިއެކިއުން ނެތް ޙާލަތުގައި މަރުވި މީހާ ދެނެގަތުމަށް އިލްމީ ލިއެކިއުން ބޭނުން ކުރެވިދާނެކަމަށްވެސް ގާޒީ ވިދާޅުވި އެވެ. އެގޮތުން ބަލާއިރު، މި މައްސަލައިގެ ކަށިތަކުން ފެނުނު ޑީއެންއޭ ލުތުފަރުގެ ޑީއެންއޭއާ ދިމާވާކަން ގާޒީ ފާހަގަ ކުރެއްވި އެވެ. ސަބަބަކީ އެ ޑީއެންއޭ ލުތުފަރުގެ މައިންބަފައިންނާ ދަރިންގެ ގައިން ނެގުނު ޑީއެންއޭއާ ގުޅުވާލެވޭތީ އެވެ.  

މި މައްސަލައިގައި ހުރި ވާޤިއާތަކަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ދައުވާލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި އެމީހުން ގަސްތުގައި މީހަކު މެރުމުގެ ކުށުން ކުށްވެރިވާކަމަށް ގާޒީ ވަނީ ކަނޑައަޅުއްވާފަ އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ނިޔާ ކަނޑައެޅުއްވީ ގާޒީ އަހުމަދު ޝާފިއު އެވެ. ދެން އޮންނާނީ މި މައްސަލައިގެ ވާރިސުންގެ ބަސް ނެގުމާއި، އަދަބު ކަނޑައެޅުމެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ހައިކޮމިޝަނާއި، ފޮރިން މިނިސްޓްރީ އަދި ދިވެހި ފުލުހުންގެ ޚިދުމަތް މެދުވެރިކޮށް ވާރިސުންގެ މައުލޫމާތު ސާފު ކުރުމަށްފަހު، އެކަން ޝަރީއަތަށް ހިއްސާ ކުރައްވާނެ ކަމަށެވެ.

ލުތުފަރުއަލަމިންނޫރުލްއިސްލާމް ސަރުކާރުމަރުގެ މައްސަލަ

އިތުރަށް ކިޔާލަން

15 އެޕްރީލު 2026

ޝިއާއުގެ މަރު: ސާހިލްއަށް 3 އަހަރުގެ އަދަބެއް، ގަސްދުމަރުގެ މައްސަލައިގެ ޙުކުމް ކުރުން އަދި އެބައޮތް!

ޝިއާއު މަރާލި މައްސަލާގައި ދައުވާ ލިބޭ އަލީ ސާހިލްގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ސާބިތުވެ، ތިން އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އިއްވައިފި. ނަމަވެސް ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި އިތުރު ދެ ދައުވާއެއްގެ ހުކުމް އަދި ނުކުރާއިރު، އެ މައްސަލަތަކުގެ ޚުލާސާ ބަޔާން އިއްވުން މި މަހުގެ 27 އަށް ވަނީ ތާވަލުކޮށްފައި.

15 އެޕްރީލު 2026
 ޝިއާއުގެ މަރު: ސާހިލްއަށް 3 އަހަރުގެ އަދަބެއް، ގަސްދުމަރުގެ މައްސަލައިގެ ޙުކުމް ކުރުން އަދި އެބައޮތް!
23 މާރިޗު 2026

މަރުގެ ޙުކުމާ ގުޅޭ ހުރިހާ ޤާނޫނީ އުސޫލެއް ތައްޔާރަށް ހުރިކަމަށް ކުރިން ޝަހީމް ވިދާޅުވެފައިވޭ، ނަމަވެސް ރައީސް މިއަދު ވިދާޅުވީ އެ މަސައްކަތް ސުމަކުން ފަށާ ވާހަކަ!

ޝަހީމްވެސް ވަނީ ރައީސް ޔާމީނުގެ ސަރުކާރު ނިމުނު އިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ އެންމެހައި ތައްޔަރީތަކާއި ޤަވާއިރުތައް ހަދާ ނިމިފައި ހުރިކަމަށް ވިދާޅުވެ، އޭގެ އެންމެހައި އުސޫލެއް ކެބިނެޓުން ފާސް ވެސް ކޮށްފައިވާނެކަމަށް މީގެ ކުރިން ވިދާޅުވެފައި.

23 މާރިޗު 2026
މަރުގެ ޙުކުމާ ގުޅޭ ހުރިހާ ޤާނޫނީ އުސޫލެއް ތައްޔާރަށް ހުރިކަމަށް ކުރިން ޝަހީމް ވިދާޅުވެފައިވޭ، ނަމަވެސް ރައީސް މިއަދު ވިދާޅުވީ އެ މަސައްކަތް ސުމަކުން ފަށާ ވާހަކަ!
19 ނޮވެމްބަރު 2025

މާޅޮހު އަބްދުއްރަހްމާން މަރާލި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ މައްޗަށް ދައުވާކޮށްފި

19 ނޮވެމްބަރު 2025
މާޅޮހު އަބްދުއްރަހްމާން މަރާލި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ މައްޗަށް ދައުވާކޮށްފި
25 ސެޕްޓެމްބަރު 2025

މާވަށުގައި މީހަކު މަރާލުން: މުހައްމަދު އިބްރާހިމަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފި

25 ސެޕްޓެމްބަރު 2025
މާވަށުގައި މީހަކު މަރާލުން: މުހައްމަދު އިބްރާހިމަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފި
22 އޯގަސްޓު 2025

އަބްދުއްރަހުމާން މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މާޅޮހު 3 ޒުވާނުން

22 އޯގަސްޓު 2025
އަބްދުއްރަހުމާން މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މާޅޮހު 3 ޒުވާނުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު