Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަނގުރާ

ކޭސް ކުރެވިފައިވާ ބަނގުރަލުގެ 21 މައްސަލައެއްގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ، ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް ބުދަ ދުވަހު ދޫނިދޫގައި ވަނީ ނައްތާލާފައި. އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި ތަހުލީލު މަރުހަލާ ނިމިފައިވާ 21 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއި، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 13 އިންސިޑެންޓެއްގައި ހިމެނޭ ބަނގުރާ ހިމެނޭ. މީގެ ތެރޭގައި ބްރޭންޑެޑް 364 ފުޅިއާއި، 78 ޕެޓް ފުޅީގެ އިތުރުން 25 ދަޅު ބަނގުރާ ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޖޫން 2026 | ބުދަ 12:35
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލަނީ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލަނީ. | މޯލްޑިވްސް ޕޮލިސް ސާރވިސް

ކޭސް ކުރެވިފައިވާ ބަނގުރަލުގެ 21 މައްސަލައެއްގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ. 

މިތަކެތި ނައްތާލީ ބުދަ ދުވަހު ދޫނިދޫގަ އެވެ. 

ފުލުހުން ބުނީ، އެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓްތަކުގައި ހިމެނޭ ބަނގުރާ ނައްތާލާފައިވާ ކަމަށެވެ.

ދޫނިދޫގައި ނައްތާލައިފައި ވަނީ ބްރޭންޑެޑް ފުޅީގެ 364 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 78 ފުޅި ބަނގުރަލާއި 25 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި ހަތް އައިޓަމް ކަމަށް ފުލުހުން ބުނެ އެވެ. އަދި މިތަކެއްޗަކީ 13 އިންސިޑެއްޓެއްގައި ހިމެނޭ ބަނގުރަލާއި ކޭސް ކުރެވިފައިވާ 21 މައްސަލައެއްގައި ހިމެނޭ ބަނގުރާ ކަމަށެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ އެޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ. 

ދޭތެރެދޭތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ބަނގުރާ، ސިނގިރޭޓް، ވޭޕް އަދި މަސްތުވާތަކެތި މިގޮތަށް ނައްތާލަ އެވެ. 

ދޫނިދޫކެނެބިސްމޯލްޑިވްސް ޕޮލިސް ސަރވިސްބަނގުރާ

އިތުރަށް ކިޔާލަން

23 ޖޫން 2026

އަމާން ދޯދި ޓަވަރެއްގެ ދެ ވަނަ ފަންގިފިލާ އިން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ

23 ޖޫން 2026
އަމާން ދޯދި ޓަވަރެއްގެ ދެ ވަނަ ފަންގިފިލާ އިން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ
21 ޖޫން 2026

ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި

21 ޖޫން 2026
ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި
20 ޖޫން 2026

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދު

20 ޖޫން 2026
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދު
19 ޖޫން 2026

މިދިޔަ އަހަރުން ފެށިގެން ސްކޭމް މައްސަލަތަކުގައި އާންމުންގެ އަތުން 33 މިލިޔަން ރުފިޔާ ގެއްލިފައިވޭ: ފުލުހުން

19 ޖޫން 2026
 މިދިޔަ އަހަރުން ފެށިގެން ސްކޭމް މައްސަލަތަކުގައި އާންމުންގެ އަތުން 33 މިލިޔަން ރުފިޔާ ގެއްލިފައިވޭ: ފުލުހުން
13 ޖޫން 2026

މަރުހޫމް އަހުމަދު އާސިފްގެ އާއިލާއާ ސިޕީ ބައްދަލުކުރައްވައިފި

13 ޖޫން 2026
މަރުހޫމް އަހުމަދު އާސިފްގެ އާއިލާއާ ސިޕީ ބައްދަލުކުރައްވައިފި
11 ޖޫން 2026

ޝަމްއާންގެ ތުހުމަތުތައް ސާފުކޮށް ދިނުމަށް މިނިސްޓަރު އިހުސާން އެދުނުތާ އެއް ދުވަސްފަހުން ފުލުހުންގެ ބޮޑު ބަޔާނެއް!

11 ޖޫން 2026
ޝަމްއާންގެ ތުހުމަތުތައް ސާފުކޮށް ދިނުމަށް މިނިސްޓަރު އިހުސާން އެދުނުތާ އެއް ދުވަސްފަހުން ފުލުހުންގެ ބޮޑު ބަޔާނެއް!
10 ޖޫން 2026

އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުހުންގެ އޮފިސަރު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި

10 ޖޫން 2026
އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުހުންގެ އޮފިސަރު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި
07 ޖޫން 2026

ފުލުހުންގެ ސްޕޯކްސްޕާސަން ކަމުން ޝިފާން ވަކި ކޮށްފި

07 ޖޫން 2026
ފުލުހުންގެ ސްޕޯކްސްޕާސަން ކަމުން ޝިފާން ވަކި ކޮށްފި
05 ޖޫން 2026

ބިދޭސީއަކު ރާއްޖޭގައި، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފި

05 ޖޫން 2026
ބިދޭސީއަކު ރާއްޖޭގައި، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފި
31 މެއި 2026

ރަސްދޫއަށް އީދު ޝޯއެއް ބަލަން ދިޔަ ބަޔަކު އަނބުރާ ދަނިކޮށް ކަނޑުވި މައްސަލަ ތަހުގީގު ކުރަނީ، އެއްވެސް މީހެއްގެ ގައިގަ ލައިފްޖެކެޓެއް ނެތް!

31 މެއި 2026
ރަސްދޫއަށް އީދު ޝޯއެއް ބަލަން ދިޔަ ބަޔަކު އަނބުރާ ދަނިކޮށް ކަނޑުވި މައްސަލަ ތަހުގީގު ކުރަނީ، އެއްވެސް މީހެއްގެ ގައިގަ ލައިފްޖެކެޓެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު