Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ހުޅުމާލޭގައި މަސްތުވެގެން ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި 4 ޒުވާނުން ހައްޔަރުކޮށްފި

ހުޅުމާލޭ ފޭސް 1 ގެ އެޕާޓްމަންޓެއްގައި ހަމަނުޖެހުން ހިންގި މައްސަލައެއްގައި، ބަނގުރާ ބޭނުންކޮށްގެން ތިބި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައި. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި ދެ ފިރިހެނުން ކަމަށްވާއިރު، އެ އެޕާޓްމަންޓް ބަލައި ފާސްކުރުމުގެ ތެރޭގައި ބަނގުރާ ހުސްކޮށްފައި ހުރި ފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޖޫން 2026 | ހޮނިހިރު 07:00
ހުޅުމާލޭގައި މަސްތުވެގެން ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި 4 ޒުވާނުން ހައްޔަރު ކޮށްގެން ގެންދަނީ.

ހުޅުމާލޭގައި މަސްތުވެގެން ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި 4 ޒުވާނުން ހައްޔަރު ކޮށްގެން ގެންދަނީ. | ސޯޝަލް މީޑިއާ

ހުޅުމާލޭގެ ފޭސް-1 ގައި މަސްތުގެ ހާލަތުގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ޒުވާން ދެ އަންހެނުންނާއި، ދެ ފިރިހެނުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، 2026 ޖޫން 27 ވަނަ ދުވަހުގެ ހެނދުނު 6:05 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 1 ގެ އެޕާޓްމަންޓެއްގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން އެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާނެ ހެކިތައް ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މީގެ ތެރޭގައި ބަނގުރާ ހުސްކޮށްފައި ހުރި ކަމަށް ބެލެވޭ ފުޅިތަކެއް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން 4 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންނާއި އުމުރުން 34 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންދާއިރު، އެމީހުން ހަމަނުޖެހުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. އަންހެނަކާއި ފިރިހެނަކު ބެލްކަނީގައި ތިބޭއިރު، އެ މީހުން ދުރު ކުރުވުމުގެ މަސައްކަތް ފުލުހުން ކުރެ އެވެ. 

ހުޅުމާލެ ފޭސް އެކެއްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

26 ޖޫން 2026

ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަން ޖެހޭ: ސީޕީ

26 ޖޫން 2026
ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަން ޖެހޭ: ސީޕީ
25 ޖޫން 2026

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

25 ޖޫން 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
24 ޖޫން 2026

ކޭސް ކުރެވިފައިވާ ބަނގުރަލުގެ 21 މައްސަލައެއްގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

24 ޖޫން 2026
ކޭސް ކުރެވިފައިވާ ބަނގުރަލުގެ 21 މައްސަލައެއްގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ޖޫން 2026

އަމާން ދޯދި ޓަވަރެއްގެ ދެ ވަނަ ފަންގިފިލާ އިން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ

23 ޖޫން 2026
އަމާން ދޯދި ޓަވަރެއްގެ ދެ ވަނަ ފަންގިފިލާ އިން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ
21 ޖޫން 2026

ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި

21 ޖޫން 2026
ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި
20 ޖޫން 2026

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދު

20 ޖޫން 2026
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދު
19 ޖޫން 2026

މިދިޔަ އަހަރުން ފެށިގެން ސްކޭމް މައްސަލަތަކުގައި އާންމުންގެ އަތުން 33 މިލިޔަން ރުފިޔާ ގެއްލިފައިވޭ: ފުލުހުން

19 ޖޫން 2026
 މިދިޔަ އަހަރުން ފެށިގެން ސްކޭމް މައްސަލަތަކުގައި އާންމުންގެ އަތުން 33 މިލިޔަން ރުފިޔާ ގެއްލިފައިވޭ: ފުލުހުން
13 ޖޫން 2026

މަރުހޫމް އަހުމަދު އާސިފްގެ އާއިލާއާ ސިޕީ ބައްދަލުކުރައްވައިފި

13 ޖޫން 2026
މަރުހޫމް އަހުމަދު އާސިފްގެ އާއިލާއާ ސިޕީ ބައްދަލުކުރައްވައިފި
11 ޖޫން 2026

ޝަމްއާންގެ ތުހުމަތުތައް ސާފުކޮށް ދިނުމަށް މިނިސްޓަރު އިހުސާން އެދުނުތާ އެއް ދުވަސްފަހުން ފުލުހުންގެ ބޮޑު ބަޔާނެއް!

11 ޖޫން 2026
ޝަމްއާންގެ ތުހުމަތުތައް ސާފުކޮށް ދިނުމަށް މިނިސްޓަރު އިހުސާން އެދުނުތާ އެއް ދުވަސްފަހުން ފުލުހުންގެ ބޮޑު ބަޔާނެއް!
10 ޖޫން 2026

އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުހުންގެ އޮފިސަރު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި

10 ޖޫން 2026
އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުހުންގެ އޮފިސަރު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު