Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވިމްބަލްޑަން

ވިމްބަލްޑަން ޓެނިސް މުބާރާތުގައިދޭ އިނާމު ފައިސާ ކުޑަވެގެން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބައެއް ކުޅުންތެރިން އިހުތިޖާޖު ކުރުމަށް ނިންމައިފި

ވިމްބަލްޑަން ޓެނިސް މުބާރާތުގެ އާމްދަނީން ކުޅުންތެރިންނަށް ދޭ އިންސައްތަ ކުޑަވުމުން، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން މީޑިއާއަށް ދޭ ވަގުތު 15 މިނެޓަށް މަދުކޮށް އިހުތިޖާޖު ކުރަން ނިންމައިފި. މިއަހަރުގެ އިނާމު ފައިސާ 20 އިންސައްތަ އިތުރުކޮށްފައިވީ ނަމަވެސް، ކުޅުންތެރިންނަށް ލިބޭ 14.4 އިންސައްތައަކީ މީގެ 10 އަހަރު ކުރިއަށްވުރެ ވެސް ދަށް އަދަދެއްކަން ކުޅުންތެރިން ފާހަގަކުރޭ.

ރާއްޖެ އެމްވީ | 25 ޖޫން 2026 | ބުރާސްފަތި 09:38
ދުނިޔޭގެ އަންހެން ޓެނިސް ރޭންކިންގެ އެއްވަނައިގައި އޮތް އެރީނާ ސަބަލެންކާ، ކުޅުންތެރިންނަށް ލިބޭ ފައިސާގެ އިނާމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ފްރެންޗް އޯޕަންގައި ބާއްވާ އޭނާގެ ނޫސްވެރިންގެ ބައްދަލުވުންތައް ކުރުކޮށްލި.

ދުނިޔޭގެ އަންހެން ޓެނިސް ރޭންކިންގެ އެއްވަނައިގައި އޮތް އެރީނާ ސަބަލެންކާ، ކުޅުންތެރިންނަށް ލިބޭ ފައިސާގެ އިނާމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ފްރެންޗް އޯޕަންގައި ބާއްވާ އޭނާގެ ނޫސްވެރިންގެ ބައްދަލުވުންތައް ކުރުކޮށްލި. | އޭޕީ

މިއަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގައި ދޭ އިނާމު ފައިސާއާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބައެއް ކުޅުންތެރިން އިހުތިޖާޖު ކުރުމަށް ނިންމައިފިއެވެ.

މި އިހުތިޖާޖުގައި ބައިވެރިވާ ފިރިހެން އަދި އަންހެން ކުޅުންތެރިން ވަނީ، މުބާރާތުގެ ތެރޭގައި މީޑިއާއަށް ދޭންޖެހޭ ވަގުތު 15 މިނެޓަށް މަދުކުރުމަށް ނިންމާފައެވެ. މިއީ ވިމްބަލްޑަންއަށް ލިބޭ އާމްދަނީގެ ތެރެއިން ކުޅުންތެރިންނަށް އިނާމު ފައިސާގެ ގޮތުގައި ދެނީ 15 އިންސައްތައަށްވުރެ ކުޑަ މިންވަރެއްކަން ރަމްޒުކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ. މި އިހުތިޖާޖު މުބާރާތުގެ ފުރަތަމަ ހަފުތާގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މިކަމާ ގުޅިގެން ވިމްބަލްޑަން އިންތިޒާމުކުރާ ފަރާތްތަކުން ބުނެފައިވަނީ، ކުޅުންތެރިންގެ މި ނިންމުމުގެ ސަބަބުން "ހައިރާންކަމާއި މާޔޫސްކަން" ލިބިފައިވާ ކަމަށެވެ.

ދެ ޓުއާގެ ކުޅުންތެރިންނާ އެކު ކުރެވުނު ފުޅާ މަޝްވަރާތަކަށްފަހު، ކުޅުންތެރިންގެ މަންދޫބުން ވަނީ މި އިހުތިޖާޖު ކުރިއަށްގެންދާނެކަން ލިޔުމުން ވިމްބަލްޑަންގެ އިސްވެރިންނަށް އަންގާފައެވެ. އެ ސިޓީގައި، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު އިނާމު ފައިސާ 20 އިންސައްތަ އިތުރުކޮށްފައިވާތީ އެކަން ފާހަގަކޮށްފައިވެއެވެ.

ޕެރިހުގައި މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން މުބާރާތުގެ ތެރެއިން، ދުނިޔޭގެ އަންހެން ނަންބަރު އެކެއް އެރީނާ ސަބަލެންކާ ވަނީ ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ދޭ އިނާމު ފައިސާއާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އޭނާގެ ނޫސްވެރިންގެ ބައްދަލުވުން ކުރުކޮށްލާފައެވެ.

ސަބަލެންކާގެ އިތުރުން، ފިރިހެން ނަންބަރު އެކެއް ޔަނިކް ސިނާ އަދި ކޯކޯ ގޯފް ވެސް ވަނީ ގްރޭންޑް ސްލޭމް މުބާރާތްތަކުން ލިބޭ އާމްދަނީން ކުޅުންތެރިންނަށް ކަނޑައަޅާފައިވާ އިންސައްތަ ކުޑަވުމުން އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ބައެއް ކުޅުންތެރިން މީޑިއާގެ ކަންކަމަށް ހޭދަކުރާ ވަގުތު 15 މިނެޓަށް މަދުކުރީ، އާމްދަނީގެ ތެރެއިން އެމީހުންނަށް ލިބޭ 14.4 އިންސައްތަ ރަމްޒުކޮށްދިނުމަށެވެ.

ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މުބާރާތުގެ އާމްދަނީ 280 މިލިއަން ޕައުންޑަށް އިތުރުވެފައިވީ ނަމަވެސް، ކުޅުންތެރިންނަށް ލިބޭ އިންސައްތަ ވަނީ މީގެ 10 އަހަރު ކުރިން ހުރި 14.9 އިންސައްތައަށްވުރެ ވެސް ދަށަށް ގޮސްފައެވެ.

މިއަހަރުގެ މުބާރާތުގެ ޖުމްލަ އިނާމު ފައިސާއަކީ 64.2 މިލިއަން ޕައުންޑެވެ. މި ފައިސާ ބަހާލެވޭނީ މުބާރާތުގައި ބައިވެރިވާ 128 ފިރިހެން ކުޅުންތެރިންނާއި 128 އަންހެން ކުޅުންތެރިންގެ މެދުގައެވެ.

މުބާރާތުގެ ފުރަތަމަ ބުރުން ބަލިވާ ކުޅުންތެރިއަކަށް 80،000 ޕައުންޑް ލިބޭއިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ކުޅުންތެރިއަކަށް 3.6 މިލިއަން ޕައުންޑް ލިބޭނެއެވެ. މިއީ މިދިޔަ އަހަރު ޗެމްޕިއަނުންނަށް ދިން 3 މިލިއަން ޕައުންޑަށްވުރެ 600،000 ޕައުންޑް އިތުރު އަދަދެކެވެ.

"މިއީ ހަމައެކަނި އަހަރެންގެ ވާހަކައެއް ނޫން. މިއީ ރޭންކިންގެ ފަހަތުގައި ތިބި، ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކުޅުންތެރިންގެ ހައްގުގައި ކުރާ ކަމެއް،" ސަބަލެންކާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، ދުނިޔޭގެ ނަންބަރު އެކެއްގެ ހައިސިއްޔަތުން އެހެން ކުޅުންތެރިންގެ ހައްގުގައި ތެދުވެ ވަކާލާތު ކުރަންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އޯލް އިންގްލެންޑް ކްލަބުގެ ތަރުޖަމާނަކު ޕްރެސް އެސޯސިއޭޝަނަށް މައުލޫމާތު ދެމުން ބުނީ، ކުޅުންތެރިންގެ މި އަމަލުގެ ސަބަބުން ހައިރާންކަމާއި މާޔޫސްކަން ލިބިފައިވާ ކަމަށެވެ.

"ވިމްބަލްޑަންގެ ހުރިހާ ނިންމުމެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ކުޅުންތެރިންނަށް. އަދި ކޮންމެ އަހަރަކު ވެސް ކުޅުންތެރިންނަށްޓަކައި ބޮޑެތި ހޭދަތަކެއް ކުރަން. މިއަހަރުގެ ޖުމްލަ އިނާމު ފައިސާ ވަނީ 20 އިންސައްތަ އިތުރުކޮށް 64.2 މިލިއަން ޕައުންޑަށް މަތިކޮށްފައި. މިއީ މި މުބާރާތުގެ ތާރީޚުގައި ވެސް އިނާމު ފައިސާ އެންމެ ބޮޑަށް އިތުރުކުރި ފަހަރު،" ތަރުޖަމާނު ބުންޏެވެ.

މީގެ އިތުރުން، ކުޅުންތެރިންނަށް ދޭ ޚިދުމަތްތައް ދުނިޔޭގެ ފެންވަރަށް ތަރައްގީކުރުމަށް ފަށާފައިވާ ތިން އަހަރުގެ މަޝްރޫއުގެ ދަށުން، ވަސީލަތްތައް އިތުރުކުރުމަށް އެތައް މިލިއަން ޕައުންޑެއް ހޭދަކުރަމުންދާކަން ވެސް އެ ކްލަބުން ފާހަގަކުރިއެވެ.

މަސްދަރު: ސްކައި ނިއުސް

ވިމްބަލްޑަންއަރީނާ ސަބަލެންކާޔަނިކް ސިނާފްރެންޗް އޯޕަން

ކޮމެންޓް

އިތުރަށް ކިޔާލަން

ސަބަލެންކާ ޔޫއެސް އޯޕަން ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދައިފި

ސަބަލެންކާ ޔޫއެސް އޯޕަން ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދައިފި

07 ސެޕްޓެމްބަރު 2025
ވިމްބަލްޑަންގައި ނަޑާލް ނުފެނިދާނެ

ވިމްބަލްޑަންގައި ނަޑާލް ނުފެނިދާނެ

07 ޖޫން 2022
ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ނަޑާލް ހޯދައިފި

ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ނަޑާލް ހޯދައިފި

06 ޖޫން 2022
ޒެވްރެވްއަށް ލިބުނު އަނިޔާ ސީރިއަސް

ޒެވްރެވްއަށް ލިބުނު އަނިޔާ ސީރިއަސް

05 ޖޫން 2022

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު