Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައުސިން މިނިސްޓްރީ

ބޯހިޔާވަހިކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ފަށައިފި

22 ޖޫން 2026 | ހޯމަ 08:21

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ދައުލަތުގެ އެކި އިދާރާތަކުގައި ހުރި ރެކޯޑުތައް ބެލުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ޖުމްލަ އެއްލައްކައަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި މާލޭގައި ދިރިއުޅޭ މުއްދަތު ފަދަ މުހިންމު މައުލޫމާތުތައް ކަށަވަރުކުރުން ހިމެނޭ. ސަރުކާރުން އަމާޒު ހިފާފައިވަނީ މި ސްކީމުގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރުމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޖޫން 2026 | ހޯމަ 08:21
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާ ކޮށްފައިވާ ޓަވަރުތަކެއް.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާ ކޮށްފައިވާ ޓަވަރުތަކެއް. | ރާއްޖެ އެމްވީ

ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ. 

ހައުސިން މިނިސްޓްރީން ބުނީ، ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފޯމްތަކުގެ ކްރޮސް ވެރިފިކޭޝަން ނުވަތަ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ދައުލަތުގެ އެކި އިދާރާތަކުގައި ހުރި ރެކޯޑްތައް ބަލާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

Advertisement - newsAdvertisement

މިއީ ވަގުތު ނަގާނެ މަސައްކަތްތަކެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، މާލޭގައި ދިރިއުޅުނު ކަމަށް ބުނާ މައުލޫމާތު ފަދަ މައުލޫމާތުތައް ޔަގީން ކުރާނެ ކަމަށެވެ. 

ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވައިރު، ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި، 58505 ފޯމް ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް އެދި 35930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.

އެންމެންނަށް ބޯހިޔާވަހިކަންގެ ސްކީމުގެ ދަށުން  7،900 ފުލެޓާއި، 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ނިންމާފައިވެ އެވެ. 

މީގެ އިތުރުން އާއިލީ ބޯހިޔަކަމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 45644 ފޯމް ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް 35818 ފޯމާއި، ގޯއްޗަށް އެދި 9826 ފޯމެވެ. އަދި ގޯތިގެދޮރު ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 12،861 ފޯމް ހުށަހަޅާފައިވާއިރު، އެއީ ފްލެޓަށް އެދި 112 ފޯމާއި، ގޯއްޗަށް އެދި 12749 ފޯމެވެ. 

ހައުސިންގް މިނިސްޓްރީބޯހިޔާވަހިކަން އެންމެންނަށްއާއިލީ ބޯހިޔާވަހިކަންގޯތި-ގެދޮރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

18 ޖޫން 2026

ކައުންސިލާ ބައްދަލުކުރުމަށް އިންކާރުކުރައްވައި ލިޔެކިޔުމުން މުއާމަލާތު ކުރަން މުއްޠަލިބު އެދިވަޑައިގަތުމުން މޭޔަރުގެ ފާޑުކިޔުން: "މުއްޠަލިބަށް ހީވަނީ އެއީ މަތިން ފައިބާފައި ހުރި ބޭފުޅެއް ހެން"

17 ޖޫން 2026

ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިޢިދުގެ ތެރެއިން ކަމަށް ނިންމައިފި

17 ޖޫން 2026
ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިޢިދުގެ ތެރެއިން ކަމަށް ނިންމައިފި
15 ޖޫން 2026

ބޯހިޔާވެހިކަން ސްކީމަށް އެދުމުގެ ސުންގަޑި ހޯމަދުވަހުގެ ރޭ 2:00 އަށް އިތުރުކޮށްފި

15 ޖޫން 2026
ބޯހިޔާވެހިކަން ސްކީމަށް އެދުމުގެ ސުންގަޑި ހޯމަދުވަހުގެ ރޭ 2:00 އަށް އިތުރުކޮށްފި
14 ޖޫން 2026

ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ރެއަށް ހަމަވާއިރު، އެންސްޕާ ކާޑުގެ ކޮޕީއާ ނުލައި ވެސް ފޯމް ހުށަހެޅޭގޮތް ހަދައިފި

14 ޖޫން 2026
ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ރެއަށް ހަމަވާއިރު، އެންސްޕާ ކާޑުގެ ކޮޕީއާ ނުލައި ވެސް ފޯމް ހުށަހެޅޭގޮތް ހަދައިފި
08 ޖޫން 2026

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ބާކީ 7 ދުވަސް

08 ޖޫން 2026
ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ބާކީ 7 ދުވަސް
27 މެއި 2026

ކުރީ ސަރުކާރުގައި ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދިޔަ 200 ރޯ ހައުސް މަޝްރޫއު ހުއްޓިފައި، މިސަރުކާރުން ބިންގާ އެޅި 50 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށް ނުދޭ!

27 މެއި 2026
ކުރީ ސަރުކާރުގައި ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދިޔަ 200 ރޯ ހައުސް މަޝްރޫއު ހުއްޓިފައި، މިސަރުކާރުން ބިންގާ އެޅި 50 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށް ނުދޭ!
23 މެއި 2026

ބިމާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ޖޫން 15 ގެ ނިޔަލަށް އިތުރުކޮށްދީފި

23 މެއި 2026
ބިމާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ޖޫން 15 ގެ ނިޔަލަށް އިތުރުކޮށްދީފި
10 މެއި 2026

ރައީސް މުއިއްޒުގެ ސަރުކާރަށް ހުޅުމާލެ އަދި ގިރާވަރުފަޅުގައި އިމާރާތް ކުރާނެ ފްލެޓުގެ އަދަދު މިހާތަނަށް ކަނޑައެޅިފައިނުވޭ: ހައުސިންގ މިނިސްޓްރީ

10 މެއި 2026
ރައީސް މުއިއްޒުގެ ސަރުކާރަށް ހުޅުމާލެ އަދި ގިރާވަރުފަޅުގައި އިމާރާތް ކުރާނެ ފްލެޓުގެ އަދަދު މިހާތަނަށް ކަނޑައެޅިފައިނުވޭ: ހައުސިންގ މިނިސްޓްރީ
11 އެޕްރީލު 2026

އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ހައުސިން ޔުނިޓަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

11 އެޕްރީލު 2026
އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ހައުސިން ޔުނިޓަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
22 މާރިޗު 2026

3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް

22 މާރިޗު 2026
3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް