Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިއްދޫ ޖޫނިއަރ ކޮލެޖް

ސަރުކާރަށް ދެއަހަރަށް ވުރެ ގިނަ ދުވަސްވެގެންދާއިރު، ދިއްދޫގެ ޖޫނިއަރ ކޮލެޖު ހުޅުވޭވަރު ނުވުމަކީ ދެރަ ކަމެއް: ވަހީދު

ނިމިދިޔަ ސަރުކާރުގައި ހއ. ދިއްދޫގައި އިމާރާތް ކުރަން ފެށި ޖޫނިއަރ ކޮލެޖުގެ ބޮޑުބައެއް ނިމިފައިވީ ނަމަވެސް، މި ސަރުކާރުގައި އެ މަސައްކަތް ހުއްޓާފައި އޮތުމުން އެ ދާއިރާގެ ކުރީގެ މެންބަރު ވަހީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްދިޔަނަމަ 2024 ވަނަ އަހަރު ކިޔަވައިދޭން ފެށޭނެ. މި ކޮލެޖަކީ ފުޑް ޕްރޮސެސިންގ އާއި ވޮކޭޝަނަލް ދާއިރާގެ ކޯސްތަކަށް ޚާއްސަކޮށްގެން ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ ތަނެއް. އެހެންކަމުން ސަރުކާރަށް ދެ އަހަރުވެގެންދާއިރުވެސް މިފަދަ މުހިންމު މަޝްރޫއެއް ނުނިމި ލަސްވުމަކީ މަތީ ތައުލީމީ ޖީލެއް ބިނާކުރުމަށް އެޅޭ ހުރަހެއްކަން އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖޫން 2026 | އާދީއްތަ 09:09
ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވާހަކަ ދައްކަވަނީ.

ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

މިދިޔަ ސަރުކާރުގައި ބޮޑު އިންސައްތައެއްގެ މަސައްކަތް ނިންމާފައިވާ ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް މިސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ހުޅުވައި ކިޔައިދޭން ނު ފެށިވާ ކަމީ، ވަރަށް ދެރަވަރު ކަމެއް ކަމަށް އެދާއިރާގެ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ. 

ކުރީގެ ރާއީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަސައްކަތް ފެށި ދިއްދޫގެ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިޔަނަމަ 2023 ވަނަ އަހަރު ނިމިގެން އެ ކޮލެޖްގައި ކިޔައިދެވޭނެ ކަމަށް އޭރު ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް ވެރިކަން ބަދަލުވެގެން ދިއުމާ ގުޅިގެން އެ މަޝްރޫއުގެ މަސައްކަތް އޮތީ ހުއްޓާފަ އެވެ.

މި ކޮލެޖާ ގުޅޭގޮތުން ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެދާއިރާގެ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ވަހީދު ވިދާޅުވީ ބޮޑު އިންސައްތައެއްގެ މަސައްކަތް ނިންމާފައި އޮތް ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިސަރުކާރުގައި ކޮލެޖްގެ މަސައްކަތްތައް ކުރިއަށް ނުގެންދާ ކަމަށެވެ. އަދި މިސަރުކާރަށް  ތިން އަހަރުވާން ކައިރިވެފައިވާއިރު، މި ކޮލެޖުގައި ކިޔަވައިދޭން ނުފެށުމަކީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށެވެ. 

ދިއްދޫގައި ފަށާފައި ހުރި މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މަޝްރޫއެއް މިއަދާ ހަމައަށް އައިރުގައި އެ ދާންވާ ސްޕީޑްގައި ކުރިއަށް ނުދޭ. ޚާއްސަކޮށް ދިއްދޫގައި ގާއިމް ކުރަމުންދިޔަ މަޝްރޫއުތަކުގެ ތެރެއިން ޖޫނިއަރ ކޮލެޖްގެ މަޝްރޫއު މަތީ ތައުލީމީ ޖީލެއް ބިނާ ކުރުމަށްޓަކައި އަޅުގަނޑުމެންގެ ވައުދެއްގެ ގޮތުގައި ވަރަށް ބޮޑު ވައުދެއްގެ ގޮތުގައި އެވައުދު ވެގެން ދިޔައީ. އެމަސައްކަތްތައް ފެށިގެން އައިސްފައި ވަރަށް މަދު މަސައްކަތްތަކެއް ނިންމާލަން ހުރީ. ދެއަހަރު ވެ ތިން އަހަރު ވެގެންދާއިރުގައި އެ މަސައްކަތްތައް ނިންމާލެވޭވަރު ނުވޭ. 
ދިއްދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު

ދިއްދޫގެ ޖޫނިއަރ ކޮލެޖް ނިމޭއިރު ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްޞަ ލެބޯޓަރީ އާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީ ހުންނާނެ އެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި، މީޓިންގ ރޫމްތަކާއި، ސްޓަޑީ ރޫމްތަކާއި، ލައިބްރަރީ ވެސް އެތަނުގައި ހުންނާނެ އެވެ.

ދިއްދޫގެ ޖޫނިއަރ ކޮލެޖް ޚާއްސަކޮށްފައި ވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. މިކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާ ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައް ވެސް އެއިންސްޓިޓިއުޓުތަކުގައި ހިންގާނެ ކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން މީގެ ކުރިން މައުލޫމާތު ދީފައިވެ އެވެ. 

ހއ. ދިއްދޫދިއްދޫ ޖޫނިއަރ ކޮލެޖްއަބްދުﷲ ވަހީދު

އިތުރަށް ކިޔާލަން

21 ޖޫން 2026

ދިއްދޫ އެއަރޕޯޓު އެޅުމަށް ހިއްކި ބިން ހިމާޔަތް ނުކޮށް ބޭއްވުމުން ގިރާތީ، ރައްޔިތުން ކަންބޮޑުވުމެއްގެ ތެރޭގައި!

21 ޖޫން 2026
ދިއްދޫ އެއަރޕޯޓު އެޅުމަށް ހިއްކި ބިން ހިމާޔަތް ނުކޮށް ބޭއްވުމުން ގިރާތީ، ރައްޔިތުން ކަންބޮޑުވުމެއްގެ ތެރޭގައި!
02 ޖޫން 2026

އުސްތަނަކުން ވެއްޓި ދެ ކަކޫ ބިނދުނު މީހަކު "އެމަޖެންސީ ޙާލަތަކަށް ނުވާތީ" އެއާ އެމްބިއުލާންސް ނުލިބުނު

02 ޖޫން 2026
އުސްތަނަކުން ވެއްޓި ދެ ކަކޫ ބިނދުނު މީހަކު "އެމަޖެންސީ ޙާލަތަކަށް ނުވާތީ" އެއާ އެމްބިއުލާންސް ނުލިބުނު
30 މާރިޗު 2026

ކުރިއަށްއޮތް އިންތިޚާބުތަކަކީ އިންސާފުވެރި އިންތިޚާބުތަކަކަށް ހެދުމަށް ފުލުހުން މަސައްކަތް ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ

30 މާރިޗު 2026
ކުރިއަށްއޮތް އިންތިޚާބުތަކަކީ އިންސާފުވެރި އިންތިޚާބުތަކަކަށް ހެދުމަށް ފުލުހުން މަސައްކަތް ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ
11 މާރިޗު 2026

ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ

11 މާރިޗު 2026
ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ
04 މާރިޗު 2026

ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބަ ހުރިކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް ރަށެއްގެ ނަން މިސަރުކާރަށް ހާމަ ކުރާކަށް ނުކެރޭނެ: އެމްޑީޕީ

04 މާރިޗު 2026
ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބަ ހުރިކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް ރަށެއްގެ ނަން މިސަރުކާރަށް ހާމަ ކުރާކަށް ނުކެރޭނެ: އެމްޑީޕީ
27 ފެބުރުއަރީ 2026

ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު

27 ފެބުރުއަރީ 2026
ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު
26 ފެބުރުއަރީ 2026

ރައީސް މުއިއްޒުގެ ސަރުކާރުން އިންތިޚާބުގައި މަސައްކަތްކޮށްގެން ކާމިޔާބުކުރުމުގެ ވިސްނުމެއް ނެތް، އޮތީ އިންތިޚާބު ވަގަށް ނެގުމުގެ ވިސްނުން: ވަހީދު

26 ފެބުރުއަރީ 2026
ރައީސް މުއިއްޒުގެ ސަރުކާރުން އިންތިޚާބުގައި މަސައްކަތްކޮށްގެން ކާމިޔާބުކުރުމުގެ ވިސްނުމެއް ނެތް، އޮތީ އިންތިޚާބު ވަގަށް ނެގުމުގެ ވިސްނުން: ވަހީދު
22 ފެބުރުއަރީ 2026

ރައްޔިތުން އަތުން ގެއްލޭ ބާރާއި ރަށްރަށުގެ ތަރައްގީއަށް އެޅިފައިވާ ހުރަސް ނައްތާލުމަށްޓަކައި ތިލަފަތަށް ވޯޓު ލާންޖެހޭ: އަހުމަދު އަބްދުﷲ

22 ފެބުރުއަރީ 2026
ރައްޔިތުން އަތުން ގެއްލޭ ބާރާއި ރަށްރަށުގެ ތަރައްގީއަށް އެޅިފައިވާ ހުރަސް ނައްތާލުމަށްޓަކައި ތިލަފަތަށް ވޯޓު ލާންޖެހޭ: އަހުމަދު އަބްދުﷲ
04 ފެބުރުއަރީ 2026

މިއީ ބިރުވެރި، އިންޒާރާ ނުތަނަވަސްކަމުގެ ސަރުކާރެއް: ވަހީދު

04 ފެބުރުއަރީ 2026
މިއީ ބިރުވެރި، އިންޒާރާ ނުތަނަވަސްކަމުގެ ސަރުކާރެއް: ވަހީދު
03 ފެބުރުއަރީ 2026

އެމްޑީޕީގެ ހޫނު ރައްދެއް ފަސްޓްލޭޑީ ސާޖިދާ އަށް: މި 2 އަހަރު ރައްޔިތުންނަށް މި ސަރުކާރުން ނުދެނީ ކޮން ގެއްލުމެއްތޯ؟

03 ފެބުރުއަރީ 2026
އެމްޑީޕީގެ ހޫނު ރައްދެއް ފަސްޓްލޭޑީ ސާޖިދާ އަށް: މި 2 އަހަރު ރައްޔިތުންނަށް މި ސަރުކާރުން ނުދެނީ ކޮން ގެއްލުމެއްތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު