Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހއ. ދިއްދޫ

ދިއްދޫ އެއަރޕޯޓު އެޅުމަށް ހިއްކި ބިން ހިމާޔަތް ނުކޮށް ބޭއްވުމުން ގިރާތީ، ރައްޔިތުން ކަންބޮޑުވުމެއްގެ ތެރޭގައި!

ދިއްދޫގެ އެއަރޕޯޓު އެޅުމަށްޓަކައި ހިއްކާފައިވާ ބިން ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން ނުކުރާތީ، އެ ސަރަހައްދު ގިރަމުންދާ މައްސަލައިގައި އެ ދާއިރާގެ ކުރީގެ މެންބަރު ވަހީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައި. ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 112 ހެކްޓަރުގެ ބިން ހިއްކާފައިވީ ނަމަވެސް، ރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖޫން 2026 | އާދީއްތަ 08:45
ހއ. ދިއްދޫ އެއަރޕޯޓު އެޅުމަށް ހިއްކި ސަރަހައްދު. މި ސަރަހައްދު ހިއްކީ އެމްއޭސީއެލުން.

ހއ. ދިއްދޫ އެއަރޕޯޓު އެޅުމަށް ހިއްކި ސަރަހައްދު. މި ސަރަހައްދު ހިއްކީ އެމްއޭސީއެލުން. | އެމްއޭސީއެލް

ހއ. ދިއްދޫ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކި ނަމަވެސް އެސަރަހައްދު ގިރާ މައްސަލަ ބޮޑުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެދާއިރާގެ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވަނީ ދިއްދޫގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. އަދި ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތައް ވެސް ކުރިއަށް ނުދާ ކަމަށެވެ. 

ދިއްދޫގެ އެއަރޕޯޓުގެ މަޝްރޫއަށް އިޝާރަތް ކުރައްވައި ވަހީދު ވިދާޅުވީ، އެއީ ރައްޔިތުންގެ ވިންދާ ގުޅިފައިވާ މުހިންމު މަޝްރޫއެއް ކަމަށާއި، އެއަރޕޯޓެއް ބޭނުންވާ ކަމަށެވެ. ނަމަވެސް އެެއަރޕޯޓެއް ގާއިމް ކުރުމަށްޓަކައި ހިއްކި ބިން މިހާރު ގިރަމުންދާ ކަމަށާއި، އެއީ ރައްޔިތުން ކަންބޮޑުވާ ބޮޑު މައްސަލައެއް ކަމަށެވެ. 

ނަމަވެސް ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެން އެންމެ ބޮޑަށް އެމަނިކުފާނު ވައުދުވެގެން ދިޔައީ އެއަރޕޯޓުގެ ވައުދު. އެއާ ގުޅިގެން ރަށުގެ ފަޅު އެއްކޮށް ހިއްކުމަށްފަހުގައި އެ ހިއްކި ސަރަހައްދު ރަނގަޅު ގޮތުގައި ހިމާޔަތެއް ނުކުރެވޭ. މިއަދު ހިއްކި ސަރަހައްދު ގިރަމުންދާތީ އެޝަކުވާ ރައްޔިތުން އެބަ ކުރޭ. އެސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި އެ އުޅުނު ގޮތް ފެނިފައި މިއަދު ރައްޔިތުން ކަންބޮޑުވޭ. އެއަށް ބޮޑު ބިން ގިރާގެން މިއަދު ދާއިރުގަ އެކަމަށް އެކަށީގެންވާ ހައްލެއް ނުލިބޭ
ދިއްދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު

ދިއްދޫގައި ބިންހިއްކައި އެ ރަށުގައި އެއަރޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.

އެއަރޕޯޓެއް ތަރައްގީ ކުރުމަށާއި ބޯހިޔާވަހިކަމާއި އެ ނޫން ވެސް ޚިދުމަތްތައް ގާއިމްކުރުމަށް ދިއްދޫ އިންް 112 ހެކްޓަރު ހިއްކައި ނިންމާލާފައިވަނީ 23 ފެބްރުވަރީ 2026 ގަ އެވެ. އަދި 50 ދުވަހުން ހިއްކި މިސަރަހައްދު ހިމާޔަތް ކުރުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ. 

ހއ. ދިއްދޫއަބްދުﷲ ވަހީދު

އިތުރަށް ކިޔާލަން

02 ޖޫން 2026

އުސްތަނަކުން ވެއްޓި ދެ ކަކޫ ބިނދުނު މީހަކު "އެމަޖެންސީ ޙާލަތަކަށް ނުވާތީ" އެއާ އެމްބިއުލާންސް ނުލިބުނު

02 ޖޫން 2026
އުސްތަނަކުން ވެއްޓި ދެ ކަކޫ ބިނދުނު މީހަކު "އެމަޖެންސީ ޙާލަތަކަށް ނުވާތީ" އެއާ އެމްބިއުލާންސް ނުލިބުނު
30 މާރިޗު 2026

ކުރިއަށްއޮތް އިންތިޚާބުތަކަކީ އިންސާފުވެރި އިންތިޚާބުތަކަކަށް ހެދުމަށް ފުލުހުން މަސައްކަތް ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ

30 މާރިޗު 2026
ކުރިއަށްއޮތް އިންތިޚާބުތަކަކީ އިންސާފުވެރި އިންތިޚާބުތަކަކަށް ހެދުމަށް ފުލުހުން މަސައްކަތް ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ
11 މާރިޗު 2026

ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ

11 މާރިޗު 2026
ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ
04 މާރިޗު 2026

ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބަ ހުރިކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް ރަށެއްގެ ނަން މިސަރުކާރަށް ހާމަ ކުރާކަށް ނުކެރޭނެ: އެމްޑީޕީ

04 މާރިޗު 2026
ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބަ ހުރިކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް ރަށެއްގެ ނަން މިސަރުކާރަށް ހާމަ ކުރާކަށް ނުކެރޭނެ: އެމްޑީޕީ
27 ފެބުރުއަރީ 2026

ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު

27 ފެބުރުއަރީ 2026
ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު
26 ފެބުރުއަރީ 2026

ރައީސް މުއިއްޒުގެ ސަރުކާރުން އިންތިޚާބުގައި މަސައްކަތްކޮށްގެން ކާމިޔާބުކުރުމުގެ ވިސްނުމެއް ނެތް، އޮތީ އިންތިޚާބު ވަގަށް ނެގުމުގެ ވިސްނުން: ވަހީދު

26 ފެބުރުއަރީ 2026
ރައީސް މުއިއްޒުގެ ސަރުކާރުން އިންތިޚާބުގައި މަސައްކަތްކޮށްގެން ކާމިޔާބުކުރުމުގެ ވިސްނުމެއް ނެތް، އޮތީ އިންތިޚާބު ވަގަށް ނެގުމުގެ ވިސްނުން: ވަހީދު
22 ފެބުރުއަރީ 2026

ރައްޔިތުން އަތުން ގެއްލޭ ބާރާއި ރަށްރަށުގެ ތަރައްގީއަށް އެޅިފައިވާ ހުރަސް ނައްތާލުމަށްޓަކައި ތިލަފަތަށް ވޯޓު ލާންޖެހޭ: އަހުމަދު އަބްދުﷲ

22 ފެބުރުއަރީ 2026
ރައްޔިތުން އަތުން ގެއްލޭ ބާރާއި ރަށްރަށުގެ ތަރައްގީއަށް އެޅިފައިވާ ހުރަސް ނައްތާލުމަށްޓަކައި ތިލަފަތަށް ވޯޓު ލާންޖެހޭ: އަހުމަދު އަބްދުﷲ
04 ފެބުރުއަރީ 2026

މިއީ ބިރުވެރި، އިންޒާރާ ނުތަނަވަސްކަމުގެ ސަރުކާރެއް: ވަހީދު

04 ފެބުރުއަރީ 2026
މިއީ ބިރުވެރި، އިންޒާރާ ނުތަނަވަސްކަމުގެ ސަރުކާރެއް: ވަހީދު
03 ފެބުރުއަރީ 2026

އެމްޑީޕީގެ ހޫނު ރައްދެއް ފަސްޓްލޭޑީ ސާޖިދާ އަށް: މި 2 އަހަރު ރައްޔިތުންނަށް މި ސަރުކާރުން ނުދެނީ ކޮން ގެއްލުމެއްތޯ؟

03 ފެބުރުއަރީ 2026
އެމްޑީޕީގެ ހޫނު ރައްދެއް ފަސްޓްލޭޑީ ސާޖިދާ އަށް: މި 2 އަހަރު ރައްޔިތުންނަށް މި ސަރުކާރުން ނުދެނީ ކޮން ގެއްލުމެއްތޯ؟
28 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި

28 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު