Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޮލީވިއާ

ބޮލީވިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފި

މި ހުކުމް ވަގުތުން ފެށިގެންދާއިރު، ރައީސް ވަނީ ހުކުމް ނެރުއްވި ފަހުން 24 ގަޑިއިރުގެ ތެރޭގައި ކޮންގްރެސް އަށް އަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެފައިވޭ. އަދި ކޮންގްރެސް އަށް އެކަން ބަލައި ފާސްކުރުމަށް ނުވަތަ ބާތިލު ކުރުމަށް 72 ގަޑިއިރުގެ މުއްދަތެއް ވެސް ލިބިގެން ދާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖޫން 2026 | ހޮނިހިރު 07:40
ބޮލީވިއާގެ ރައީސް ރޮޑްރީގޯ ޕާޒް.

ބޮލީވިއާގެ ރައީސް ރޮޑްރީގޯ ޕާޒް. | ރޮއިޓާސް

ބޮލީވިއާގެ ރައީސް ރޮޑްރިގޯ ޕާޒް ހޮނިހިރު ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވައި، މަގުތައް ބަންދު ކޮށްފައިވާ ހިސާބުތައް ސާފުކޮށް ނިޒާމު އަލުން ގާއިމު ކުރުމަށް ސިފައިންގެ ބާރުތައް ފުޅާ ކުރައްވައިފި އެވެ.

މިއީ ފަންސާސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުރިއަށްދާ މުޒާހަރާ ތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދު ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައި ބޮލީވިއާގެ ރައީސް ނިންމެވި ނިންމުމެކެވެ. 

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ރައީސް ޕާޒް އަށް ދުސްތޫރީ ގޮތުން ފުޅާ ބާރު ތަކެއް ލިބިގެންދެ އެވެ. މިގޮތުން މަގުތައް ބަންދު ކޮށްފައިވާ ހިސާބުތައް ސާފު ކުރުމަށް ސިފައިން ފޮނުވުމުގެ ބާރު ލިބިގެންދެ އެވެ. މި ހުކުމް ވަގުތުން ފެށިގެންދާއިރު، ރައީސް ވަނީ ހުކުމް ނެރުއްވި ފަހުން 24 ގަޑިއިރުގެ ތެރޭގައި ކޮންގްރެސް އަށް އަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެފައި އެވެ. އަދި ކޮންގްރެސް އަށް އެކަން ބަލައި ފާސްކުރުމަށް ނުވަތަ ބާތިލު ކުރުމަށް 72 ގަޑިއިރުގެ މުއްދަތެއް ވެސް ލިބިގެން ދާނެ އެވެ.

ވާތު ފިކުރުގެ ކުރީގެ ރައީސް އީވޯ މޮރާލެސްއާ ގުޅުން ހުރި ގިނަ ބަޔަކު ވަނީ މުހިންމު މަގުތައް ބަންދުކޮށް، ލޮރީތައް މަޑު ޖައްސައި، ލަޕާޒް އަށް ވެސް ހިމެނޭ ގޮތަށް ގިނަ ސަރަހައްދު ތަކަށް ކާބޯ ތަކެއްޗާއި، ތެޔޮ އަދި ބޭސްފަރުވާގެ ސާމާނު ފޯރު ކޮށްދިނުން ހުއްޓުވައިފައި އެވެ.

މި ހަމަނުޖެހުން ފެށުނީ ރައީސް ޕާޒް ދިގު މުއްދަތަކަށް ދެމިގެން ގޮސްފައިވާ ތެލުގެ ސަބްސިޑީ ވަގުތުން ކަނޑާލުމުންނެވެ. މިކަން ކުރީ ޑޮލަރުގެ ބޮޑު ދަތި ކަމެއް ކުރިމަތި ވެފައިވާ ދަނޑިވަޅެއްގައި ބަޖެޓުގެ ދަރަނި ކުޑަ ކުރުމަށާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑާ މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައި އެވެ.

ފަހުން ތެލުގެ އަގު ހަމަޖެއްސުމަށާއި، މަގުބޫލު ނޫން ބިމުގެ އިސްލާހުތައް އަނބުރާ ގެންދިއުމަށް ފިޔަވަޅު އަޅުއްވި ނަމަވެސް، މުޒާހަރާތައް ދަނީ ބޮޑު ވަމުންނެވެ. މުވައްޒަފުންގެ އިއްތިހާދު ތަކުން މަސައްކަތްތެރިންގެ މުސާރަ އިތުރު ކުރުމާއި، ތެލާއި ޑޮލަރުގެ ދަތިކަން ނިންމުން އަދި ރައީސް ޕާޒް މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ވަނީ ގޮވާލައިފަ އެވެ. 

ބޮލީވިއާގެ ރައީސް ޕާޒް ވިދާޅުވީ މި ހާލަތު ބަދަލު ވެގެން ދިޔައީ ޑިމޮކްރަސީ ބަލިކަށި ކުރުމަށް ރާވައިގެން ކުރާ މަސައްކަތަކަށް ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ މަގްސަދަކީ ނިޒާމު އަލުން ގާއިމު ކުރުމާއި، ރައްޔިތުން ރައްކާތެރި ކުރުމާއި، މުހިންމު ސާމާނު ފޯރު ކޮށްދިނުން ކަށަވަރު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ހަމަނުޖެހުން ކުރިއަށް ގެންދާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ރައީސް ދެއްވި އެވެ.

ރައީސް ޕާޒް އިތުރަށް ވިދާޅުވީ މިއީ ރައްޔިތުންގެ ދިރިއުޅުން ހަނި ކުރުމަށް އިއުލާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިއީ ރައްޔިތުންނަށް މިނިވަންކަން އަނބުރާ ދިނުމަށާއި، ސިޔާސީ ހަމަ ނުޖެހުން ބޭނުން ކޮށްގެން މަގުތައް ބަންދުކޮށް ރައްޔިތުންނަށް ގެއްލުން ދޭ މީހުންގެ އަތުން ބޮލީވިއާ މިނިވަން ކުރުމަށް އިއުލާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސްދަރު: ރޮއިޓާސް

ބޮލީވިއާރޮޑްރިގޯ ޕާޒް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ބޮލީވިއާގެ ކުރީގެ ރައީސް އާސޭ ޖަލުގައި ބެހެއްޓުމަށް އަމުރު ކޮށްފި

15 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ބޮލީވިއާގެ ކުރީގެ ރައީސް އާސޭ ޖަލުގައި ބެހެއްޓުމަށް އަމުރު ކޮށްފި
02 ޖުލައި 2024

ބޮލީވިއާ ބަލިކޮށް، ޕަނަމާ ކުއާޓާ ފައިނަލަށް

02 ޖުލައި 2024
ބޮލީވިއާ ބަލިކޮށް، ޕަނަމާ ކުއާޓާ ފައިނަލަށް
24 ޖޫން 2024

ބޮލީވިއާ ބަލިކޮށް، އެމެރިކާ އިން މުބާރާތް ފެށީ މޮޅަކުން

24 ޖޫން 2024
ބޮލީވިއާ ބަލިކޮށް، އެމެރިކާ އިން މުބާރާތް ފެށީ މޮޅަކުން
09 އޮކްޓޯބަރު 2023

"ޑައިނަމައިޓް އެކްސިޑެންޓުގައި 2 އަތް ބުރިވެ، މުޖުތަމައުން ބާކީވި... މިއަދު ހާލަތު ބަދަލުވެއްޖެ"

09 އޮކްޓޯބަރު 2023
"ޑައިނަމައިޓް އެކްސިޑެންޓުގައި 2 އަތް ބުރިވެ، މުޖުތަމައުން ބާކީވި... މިއަދު ހާލަތު ބަދަލުވެއްޖެ"
13 ސެޕްޓެމްބަރު 2023

މެސީ ނުހިމަނައި ވެސް އާޖެންޓީނާ އަށް ފުރިހަމަ މޮޅެއް

13 ސެޕްޓެމްބަރު 2023
މެސީ ނުހިމަނައި ވެސް އާޖެންޓީނާ އަށް ފުރިހަމަ މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު