Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމަސްނޫއީ އަތް

"ޑައިނަމައިޓް އެކްސިޑެންޓުގައި 2 އަތް ބުރިވެ، މުޖުތަމައުން ބާކީވި... މިއަދު ހާލަތު ބަދަލުވެއްޖެ"

މިއަދު ރިޗަރޑްގެ ދެ އަތަކީ އަސްލާ އެއްގޮތަށް ފަރުމާކޮށް، އުފައްދާފައިވާ މަސްނޫއީ ދެ އަތް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 9 އޮކްޓޯބަރު 2023 | ހޯމަ 12:56
ރިވޭރޯޒްގެ ކުންފުނިން އުފައްދާ ގުނަވަންތަކުގެ އަގަށް ބަލާއިރު، 300 ޑޮލަރަށްވެސް ބައެއް ގުނަވަންތައް ގަންނަން ލިބެން ހުރޭ

ރިވޭރޯޒްގެ ކުންފުނިން އުފައްދާ ގުނަވަންތަކުގެ އަގަށް ބަލާއިރު، 300 ޑޮލަރަށްވެސް ބައެއް ގުނަވަންތައް ގަންނަން ލިބެން ހުރޭ

އެއީ މީގެ 6 އަހަރު ދުވަސް ކުރިއެވެ. ޑައިނަމައިޓް ގޮވުމުގެ ހާދިސާއެއްގައި ރިޗަރޑް ވާގާސްގެ ދެ އަތް، އުޅަނބޮއްޓާއި ކުޑަ ހުޅާ ދެމެދުން ބުރިކޮށްލަން ޖެހުނެވެ. ޑައިނަމައިޓް ގޮވައިގެން އެފަދަ ހާދިސާތައް ހިނގުމަކީ ބޮލީވިއާގައި އާންމު ކަމެކެވެ. އެފަދަ ހާދިސާތައް ގިނަކަމުން، ބޮލީވިއާގެ މަޖިލިސް މެންބަރަކު ވަނީ، ޑައިނަމައިޓަކީ ބޮލީވިއާގެ ގައުމީ ތަރިކައިގެ ބައެއް ކަމުގައި ހަދަން ފެނިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައެވެ.

ހާދިސާގެ 2 ހަފުތާ ފަހެވެ. ރިޗަރޑްއަށް ހަމަހޭވެރިކަން ވީއިރު އޭނާ އޮތީ ހޮސްޕިޓަލެއްގައި އެނދުމަތި ކޮށްފައެވެ. ހާދިސާ ހިނގިއިރު އޭނާއަކީ ދަގަނޑުގެ މަސައްކަތްތައް ކޮށްއުޅުނު މީހަކަށް ވީނަމަވެސް، އެ ވީ މުއްދަތުގެ ތެރޭގައި އޭނާގެ ވަޒީފާވެސް ގެއްލުނެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސޭނެ ގޮތެއް ނުވިއެވެ. ބިލްތަކެއް ނުދެއްކެއެވެ. އިޖުތިމާއީ ފެންވަރުގައިވެސް ރިޗަރޑް ބާކީވިއެވެ. ތަފާތުކުރުންތަކުގެ ޝިކާރައަކަށް ވިއެވެ.

މިއަދު ހާލަތު ބަދަލުވެއްޖެއެވެ. މިއަދު ރިޗަރޑްގެ ދެ އަތަކީ އަސްލާ އެއްގޮތަށް ފަރުމާކޮށް، އުފައްދާފައިވާ މަސްނޫއީ ދެ އަތެވެ. މީހުންގެ ތެރޭގައި ހިނގާބިނގާވެ އުޅޭއިރު، ރިޗަރޑްގެ ކިބައިގައި އައިބެއް ހުރިކަންވެސް މީހަކަށް ފާހަގަ ނުވާނެހާ ބޮޑަށް މަސްނޫއީ އަތުގެ އަސްލުވަންތަކަން އެބަހުއްޓެވެ. ލިޔުމާއި، އުލާއި ސަމުސާފަދަ ސާމާނު ބޭނުން ކޮށްގެން ކެއުމާއި، އެނޫންވެސް އެތައް ކަމެއް މިއަދު ރިޗަރޑްއަށް އެބަ ކުރެވެއެވެ. އެލްމިނިއަމް ވަރކްޝޮޕުން ގެއްލުނު ވަޒީފާވެސް އަނބުރާ ލިބިއްޖެއެވެ. އިތުރު އާމްދަނީ ހޯދުމުގެ ގޮތުން، މަހާނަ ގައު ކަނޑައިނަގާ ފަރުމާކުރުމުގެ މަސައްކަތްވެސް ކުރެއެވެ.

ބޮލީވިއާގެ އެތައް ބަޔަކަށް ބޭނުންވާ މަސްނޫއީ ގުނަވަންތަކުގެ ބޮޑު އިންސައްތައެއް އިމްޕޯޓްކުރަނީ ވިލާތު ނުވަތަ އުތުރު އެމެރިކާގެ ގައުމުތަކުންނެވެ. އެ ގުނަވަންތަކަކީ ދޮން ނަސްލުގެ މީހުންގެ ގުނަވަންތަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައި ހުންނަ މަސްނޫޢީ ގުނަވަންތަކަކަށް ވާއިރު، އަގުވެސް އިންތިހާއަށް ބޮޑެވެ. ބޮލީވިއާގައި އާންމު މީހަކަށް ލިބޭ އާމްދަނީއަށް ބަލާއިރު، 6 އަހަރު ދުވަހުގެ މުއްދަތަކަށް ފައިސާ ރައްކާކުރަން މަޖުބޫރުވެއެވެ.

ކަން އެހެން އޮތުން ވީ، ބޮލީވިއާގެ އިލެކްޓްރޯ-މެކޭނިކަލް އިންޖިނޭރު، އެންޓޯނިއޯ ރިވޭރޯޒްއަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. ކްރިއޮޓެކްގެ ނަމުގައި ކުންފުންޏެއް އުފައްދައި، މަސްނޫއީ ގުނަވަންތައް އުފެއްދުމުގެ މަސައްކަތްތައް ފެށިއެވެ. ކުންފުނީގެ އުފެއްދުންތެރިކަމުގެ ބޮޑު ބައެއް ޚާއްސަކޮށްފައި ވަނީ، ދަށް ފަންތީގެ އާމްދަނީ ލިބޭ ބޮލީވިއާގެ ރައްޔިތުންނަށެވެ. ރިވޭރޯޒްގެ ކުންފުނިން އުފައްދާ ގުނަވަންތަކުގެ އަގަށް ބަލާއިރު، 300 ޑޮލަރަށްވެސް ބައެއް ގުނަވަންތައް ގަންނަން ލިބެން ހުރެއެވެ.

ކްރިއޮޓެކްއިން އުފައްދާ މަސްނޫއީ ގުނަވަންތައް ފަރުމާކޮށްފައި ހުންނަނީ ޕޭޝަންޓުގެ އުމުރާއި، ހަމުގެ ކުލައިގެ ގޮތުން އެމީހެއްގެ އަސްލު ގުނަވަނާ އެންމެ ގާތްކުރާ ފަދަ ގޮތަކަށެވެ. ހަމުގައި ރޫޖެއްސުމުގެ އިތުރުން، ނިޔަފަތީގެ ކުލަތައްވެސް ވީހާވެސް ބޮޑަކަށް އަސްލާ އެއްގޮތް ކުރާއިރު، އަތުގައި ހުންނަ ކުދިކުދި ލޯލިތައްވެސް މަސްނޫއީ ގުނަވަނުގައި ހިމަނައެވެ.

މަސްނޫޢީ އަތްބޮލީވިއާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ބޮލީވިއާގެ ކުރީގެ ރައީސް އާސޭ ޖަލުގައި ބެހެއްޓުމަށް އަމުރު ކޮށްފި

15 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ބޮލީވިއާގެ ކުރީގެ ރައީސް އާސޭ ޖަލުގައި ބެހެއްޓުމަށް އަމުރު ކޮށްފި
02 ޖުލައި 2024

ބޮލީވިއާ ބަލިކޮށް، ޕަނަމާ ކުއާޓާ ފައިނަލަށް

02 ޖުލައި 2024
ބޮލީވިއާ ބަލިކޮށް، ޕަނަމާ ކުއާޓާ ފައިނަލަށް
24 ޖޫން 2024

ބޮލީވިއާ ބަލިކޮށް، އެމެރިކާ އިން މުބާރާތް ފެށީ މޮޅަކުން

24 ޖޫން 2024
ބޮލީވިއާ ބަލިކޮށް، އެމެރިކާ އިން މުބާރާތް ފެށީ މޮޅަކުން
13 ސެޕްޓެމްބަރު 2023

މެސީ ނުހިމަނައި ވެސް އާޖެންޓީނާ އަށް ފުރިހަމަ މޮޅެއް

13 ސެޕްޓެމްބަރު 2023
މެސީ ނުހިމަނައި ވެސް އާޖެންޓީނާ އަށް ފުރިހަމަ މޮޅެއް
05 އޯގަސްޓު 2023

މިއީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ހަގު ރެފުރީތަ؟

05 އޯގަސްޓު 2023
މިއީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ހަގު ރެފުރީތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު