Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބޮލީވިއާ

ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ބޮލީވިއާގެ ކުރީގެ ރައީސް އާސޭ ޖަލުގައި ބެހެއްޓުމަށް އަމުރު ކޮށްފި

މައްސަލައިގައި ދައުލަތުގެ ވަކީލުން އެދިފައި ވަނީ ތިން މަސް ދުވަސް ވަންދެން އާސޭ ޖަލުގައި ބަންދު ކޮށްފައި ބެހެއްޓުމަށް. ނަމަވެސް، ފަނޑިޔާރު ވަނީ އެ ހުށަހެޅުމަށް ދެ މަސް ދުވަސް އިތުރު ކުރައްވައި، ޖުމުލަ ފަސް މަސް ދުވަސް ވަންދެން އާސޭ ޖަލުގައި ބަންދު ކޮށްފައި ބެހެއްޓުމަށް ނިންމަވައި އަމުރު ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2025 | ހޯމަ 07:51
ބޮލީވިއާގެ ކުރީގެ ރައީސް ލުއިސް އާސޭ

ބޮލީވިއާގެ ކުރީގެ ރައީސް ލުއިސް އާސޭ

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ބޮލީވިއާގެ ކުރީގެ ރައީސް ލުއިސް އާސޭ ޖަލުގައި ބަންދު ކޮށްފައި ބެހެއްޓުމަށް އެ ޤައުމުގެ ފަނޑިޔާރަކު އަމުރު ކުރައްވައިފި އެވެ. 

ހުކުރު ދުވަހު އޮންލައިންކޮށް އޮތް ޝަރީއަތުގެ އަޑު އެހުމުގައި ފަނޑިޔާރު އެލްމާ ލައުރާ ނިންމަވާފައި ވަނީ، އާންމު ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވެ، ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައިވާ އާސޭ ޖަލުގައި ބަންދު ކޮށްފައި ބެހެއްޓުމަށެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ އެތައް މިލިއަން ޑޮލަރެއްގެ ކޮރަޕްޝަންގެ ތުހުމަތެވެ. 

އާސޭގެ ޤާނޫނީ ވަކީލުންގެ ފަރާތުން އެދިފައި ވަނީ އޭނާ މިނިވަން ކޮށްދިނުމަށެވެ. ނަމަވެސް، ފަނޑިޔާރު ނިންމަވާފައި ވަނީ ވަކި ތާޜީޚެއް ކަނޑައަޅާފައި ނުވާ އެއް މައްސަލައިގައި ފަސް މަސް ދުވަސް ވަންދެން އާސޭ ޖަލުގައި ބަންދު ކުރުމަށެވެ. އޭނާ ބަންދު ކޮށްފައި ބަހައްޓާނީ އެންމެ ބޮޑު ޖަލު ތަކުގެ ތެރެއިން އެއް ޖަލުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

އެ ނިންމުން ނިންމަވަމުން ފަނޑިޔާރު ވިދާޅުވެފައި ވަނީ ދައުލަތުގެ ފައިސާ އާއި މުދާ، އަދި އެކި ދާއިރާ ތަކަށް ޚާއްސަ ކޮށްފައިވާ ވަސީލަތް ތަކުން ކޮރަޕްޝަން ހިންގައި، ޚިޔާނާތްތެރި ވުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އާސޭގެ މައްޗަށް ކޮށްފައި ވަނީ ވެސް ވަރަށް ސީރިއަސް ތުހުމަތެއް ކަމަށް ފަނޑިޔާރު ފާހަގަ ކުރައްވާފައިވެ އެވެ.  

އާސޭގެ މައްޗަށް ކޮށްފައިވާ ތުހުމަތު ތަކަށް ބަލާއިރު، އެއީ ކުރީގެ ރައީސް އީވޯ މޮރާލެސްގެ ސަރުކާރުގެ އިޤްތިޞާދީ ވަޒީރުކަން އޭނާ ކުރެއްވި ދުވަސް ވަރު ހިންގާފައިވާ ކަމަށް ބުނާ ކަންކަމެކެވެ. އެ ދުވަސް ވަރު ހިންގާފައިވާ ކޮރަޕްޝަން އަދި ޚިޔާނާތުގެ ކަންކަމުގައި ހަތް ސަތޭކަ މިލިއަން އެމެރިކާ ޑޮލަރުގެ މައްސަލަ ހިމެނޭ ކަމަށް ވަނީ ފާހަގަވެފަ އެވެ. 

އައު ސަރުކާރުގެ އިންޓީރިއަރ މިނިސްޓަރު މާކޯ އެންޓޯނިއޯ އޮވިއެޑޯ ވިދާޅުވީ، ފުރިހަމަ ކޮށްފައި ނުވާ މަޝްރޫއު ތަކުން ސަރުކާރުގެ އޮފިޝަލުންގެ އަމިއްލަ އެކައުންޓު ތަކަށް ބޮޑެތި އަދަދުން ފައިސާ ޖަމާ ކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ އެންމެ ބޮޑު ޒިންމާ ނަގަން ޖެހޭ އެއް ފަރާތަކީ، މީގެ ގާތް ގަނޑަކަށް މަސް ދުވަސް ކުރިން ބޮލީވިއާގެ ވެރިކަމުން ދުރަށް ދިޔަ އާސޭ ކަމަށް އިންޓީރިއަރ މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

ހުކުރު ދުވަހުގެ ޝަރީއަތުގެ އަޑު އެހުމުގައި އާސޭ ވިދާޅުވީ، އެ ފަންޑު މެނޭޖު ކުރުމުގައި އޭނާގެ އަމިއްލަ އެއްވެސް ބައިވެރި ވުމެއް ނޯންނާނެ ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް މިހާރު ހިންގާ މައްސަލަ އަކީ ސިޔާސީ ބޭނުމެއްގައި ކުރިއަށް ގެންދާ ކަމެއް ކަމަށް އާސޭ ވަނީ ސިފަ ކުރައްވައިފަ އެވެ. އިތުރަށް އާސޭ ވިދާޅުވެފައި ވަނީ، އޭނާ ހަދާފައި ވަނީ ސިޔާސީ ގޮތުން ކަތިލާ ކަންބަޅި އަކަށް ކަމަށެވެ. 

އެ މައްސަލައިގައި އާސޭގެ ޤާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ، މީގެ ކުރިން އާސޭ އަށް ކިޑްނީގެ ބައްޔެއް ދިމާވެ، ކެންސަރު ޖެހިފައިވާތީ، ޞިއްޙީ ޙާލު ކޮޅަށް ރިއާޔަތްކޮށް އޭނާ ދޫކޮށްލުމަށެވެ. ނަމަވެސް، ފަނޑިޔާރު ލައުރާ ވަނީ އެ ހުށަހެޅުން ބަލައި ގަނެވެން ނެތް ކަަމަށް ނިންމަވައިފަ އެވެ.

މައްސަލައިގައި ދައުލަތުގެ ވަކީލުން އެދިފައި ވަނީ ތިން މަސް ދުވަސް ވަންދެން އާސޭ ޖަލުގައި ބަންދު ކޮށްފައި ބެހެއްޓުމަށެވެ. ނަމަވެސް، ފަނޑިޔާރު ވަނީ އެ ހުށަހެޅުމަށް ދެ މަސް ދުވަސް އިތުރު ކުރައްވައި، ޖުމުލަ ފަސް މަސް ދުވަސް ވަންދެން އާސޭ ޖަލުގައި ބަންދު ކޮށްފައި ބެހެއްޓުމަށް ނިންމަވައި އަމުރު ކުރައްވައިފަ އެވެ. 

އާސޭގެ މައްޗަށް ތުހުމަތު ކޮށްފައިވާ މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެފައި ވަނީ މީގެ ދިހަ އަހަރު ކުރިން، 2015 ވަނަ އަހަރު އެވެ. ކަނާތު ފިޔައިގެ ލީޑަރު ރޮޑްރީގޯ ޕާސް، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ވަނީ މި މައްސަލައިގެ ތަހުގީގު އަލުން ފައްޓަވައިފަ އެވެ. 

ވެރިކަމަށް ވަޑައިގެންނެވުމަށް ކުރިއަށް ގެންދެވި ކެމްޕެއިންގައި މިހާރުގެ ރައީސް ޕާޒް ވައުދުވެ ވަޑައިގެންފައި ވަނީ ކޮރަޕްޝަންއާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި އެ ޤައުމަށް ދިމާވެފައިވާ އިޤްތިޞާދީ އެންމެ ބޮޑު މައްސަލަތަކާ ކުރިމަތި ލައްވައި، އެކަންކަން ހައްލު ކުރައްވާނެ ކަަމަށް ވެސް ވައުދުވެ ވަޑައިގެންނެވި އެވެ. 

އާސޭ ހައްޔަރު ކުރުމުގެ ކުރިން، މިހާރުގެ ނައިބު ރައީސް އެޑްމަންޑް ލާރާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެ ޤައުމަށް ޚިޔާނާތްތެރިވެ، ޤައުމުގެ ފައިސާގައި ޖެހިފައިވާ މީހުން އެ ހުރިހާ ފައިސާއެއް އަނބުރާ ދައްކަން ޖެހޭނެ ކަމަށެވެ. އާސޭ ހައްޔަރު ކުރުމާ ގުޅިގެން އޭނާގެ ސަރުކާރުގެ ވަޒީރުން އަދި އިސްވެރިން ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.

އެގޮތުން އެ ބޭފުޅުން ވިދާޅުވެފައި ވަނީ، އާސޭ ހައްޔަރު ކޮށްފައި ވަނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ކަމަށެވެ. އަދި އެއީ އިދިކޮޅު ސިޔާސީ ޕާޓީ، މޫވްމަންޓް ފޯ ސޯޝަލިޒަމް އަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށާއި، މިއީ ސިޔާސީ ހަނގުރާމައެއް ކަމަށް ވެސް ވަނީ ސިފަ ކުރައްވައިފަ އެވެ. އާސޭގެ މައްޗަށް ކޮށްފައިވާ ތުހުމަތު ތަކުގައި އޭނާ ކުށްވެރި ވެއްޖެ ނަމަ، ހަ އަހަރު ދުވަހުގެ ޖަލު ޙުކުމެއް އަންނާާނެ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

ލުއިސް އާސޭބޮލީވިއާއީވޯ މޮރާލެސްރޮޑްރީގޯ ޕާޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮލީވިއާ ބަލިކޮށް، ޕަނަމާ ކުއާޓާ ފައިނަލަށް

ބޮލީވިއާ ބަލިކޮށް، ޕަނަމާ ކުއާޓާ ފައިނަލަށް

02 ޖުލައި 2024
ބޮލީވިއާ ބަލިކޮށް، އެމެރިކާ އިން މުބާރާތް ފެށީ މޮޅަކުން

ބޮލީވިއާ ބަލިކޮށް، އެމެރިކާ އިން މުބާރާތް ފެށީ މޮޅަކުން

24 ޖޫން 2024
"ޑައިނަމައިޓް އެކްސިޑެންޓުގައި 2 އަތް ބުރިވެ، މުޖުތަމައުން ބާކީވި... މިއަދު ހާލަތު ބަދަލުވެއްޖެ"

"ޑައިނަމައިޓް އެކްސިޑެންޓުގައި 2 އަތް ބުރިވެ، މުޖުތަމައުން ބާކީވި... މިއަދު ހާލަތު ބަދަލުވެއްޖެ"

09 އޮކްޓޯބަރު 2023
މެސީ ނުހިމަނައި ވެސް އާޖެންޓީނާ އަށް ފުރިހަމަ މޮޅެއް

މެސީ ނުހިމަނައި ވެސް އާޖެންޓީނާ އަށް ފުރިހަމަ މޮޅެއް

13 ސެޕްޓެމްބަރު 2023
މިއީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ހަގު ރެފުރީތަ؟

މިއީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ހަގު ރެފުރީތަ؟

05 އޯގަސްޓު 2023

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު