Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައުދީގެ އެހީ

ސައުދީން ރާއްޖެއަށް ދޭ އެހީ 630 މިލިއަން ޑޮލަރަށް ވަނީ އަރާފައި!

ސައުދީން އެންމެ ބޮޑު އެހީއެއް ދީފައިވަނީ އެއަރޕޯޓް ތަަރައްގީ ކުރުމަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 27 ސެޕްޓެމްބަރު 2017 | ބުދަ 04:12
ސައުދީ ރަސްގެފާނާއި ރައީސް ޔާމީން

ސައުދީ ރަސްގެފާނާއި ރައީސް ޔާމީން

ރަސްމީ ސިފައިގައި ސައުދީ އަރަބިއްޔާ އިން ދިވެހި ރާއްޖެއަށް 630 މިލިއަން ޑޮލަރުގެ އެހީ ދީފައިވާ ކަމަށް ހާމަވެއްޖެ އެވެ.

އަރަބް ނިއުސް އިން އާންމުކޮށްފައިވާ ގޮތުގައި ސައުދީ ސަރުކާރުން 2010 ވަނަ އަހަރާ ހަމައަށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރުގެ މާލީ އެހީ ހޯދާފައިވާއިރު އޭގެ ފަހުން ގާތްގަނޑަކަށް 193 ޑޮލަރުގެ އެހީގެ ގޮތުގައި ވަނީ ލިބިފަ އެވެ.

Advertisement - newsAdvertisement

ސައުދީ ސަރުކާރުން އެންމެ ބޮޑު އެހީއެއް ދީފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެ އެއާޕޯޓަށް ކަމަށާއި އެއާޕޯޓް މަޝްރޫއަށް 357 މިލިއަން ޑޮލަރުގެ ލޯން އެހީވެސް ދިނުމަށް އެއްބަސްވެފައިވާ ކަމަށް އަރަބް ނިއުސްގައި ބުނެފައިވެ އެވެ. އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި، ބިންލާދިން ގްރޫޕާ އެވެ.

އެއާޕޯޓްގެ މަޝްރޫއާއެކު، ސައުދީން ރާއްޖެއަށް ދިން އެހީ 630 މިލިއަން ޑޮލަރަށް އަރައެވެ.

އަރަބް ނިއުސް އަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވީ،2013 ވަނަ އަހަރު ކްރައުން ޕްރިންސްގެ ގޮތުގައި ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދު ހުންނެވި އިރު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. އެ ދަތުރަށް ފަހު ރަސްގެފާނު ސަލްމާނާއި ދިވެހިރާއްޖެއާ ގާތްގުޅުމެއް އޮންނަ ކަމަށް ޝައިނީ ވިދާޅުވި އެވެ.

ސައުދީއާ ދިވެހިރާއްޖެއާ އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ ޝައިނީ އަރަބް ނިއުސް އަށް ވިދާޅުވީ، ނިސްބަތުން ގައުމުގެ ރައްޔިތުންނަށް ބަލާ އިރު އެންމެ މުސްލިމުންގެ މެޖޯރިޓީ އެންމެ މަތީގައި އުޅޭ ދެ ގައުމަކީ ދިވެހިރާއްޖެއާ ސައުދީ ކަމަށެވެ.

ޝައިނީ ވަނީ ސައުދީން ރާއްޖޭގެ ހޫނު މޫސުމާއި ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތަކަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރިކަމަށާއި އިގްތިސާދީ ގޮތުން އެ މަސައްކަތްތައް ކުރުމަށް ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށް ހާމަކޮށްފަ އެވެ. ސައުދީ އަކީ ވަރުގަދަ އިންވެސްޓަރެއްގެ އިތުރުން ރާއްޖޭގެ އިގްތިސާދު ތަރައްގީ ކުރުމުގައި ޑިވެލޮޕަރެއްގެ ގޮތުގައި ޝައިނީ ސިފަކުރެއްވި އެވެ.

ޝައިނީ ވަނީ ސައުދީން ވެދޭ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ. އެގޮތުން 1970 ގައި އެއަރޕޯޓް ތަރައްގީ ކުރުމަށާއި ނަރުދަމާގެ މަސައްކަތްތަކާއި ފެނުގެ ހިދުމަތުގެ އިތުރަށް 2004 ވަނަ އަަހަރުގެ ސުނާމީ އަށްފަހު ރަށްތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސައުދީ ސަރުކާރުން ދީލަތި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަން ޝައިނީ ފާހަގަކުރެއްވި އެވެ.

ޗައިނާގެ އިންވެސްޓަރުންވެސް ރާއްޖޭގައި ވަރަށް އެކްޓިވްކޮށް މަސައްކަތް ކުރަމުންދާކަން އަރަބް ނިއުސްގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ސައުދީ އާއި ޗައިނާ އިން ރާއްޖޭގައި ތަފާތު މަޝްރޫއުތައް ހިންގުމުގައި ރޭސް ޖަހަމުންދާ ކަމަށް ސައުދީގެ ނޫސްތަކުން ސިފަ ކުރެ އެވެ.

ސައުދީން 630 މިލިއަން ޑޮލަރުގެ އެހީ ދިވެހި ސަރުކާރަށް ދީފައިވާ އިރު އިތުރު މަޝްރޫއުތަކަށް ވެސް ސަރުކާރުން ދަނީ ސައުދީ ސަރުކާރުގެ މާލީ އެހީތެރިކަން ހޯދަމުންނެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު