Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ-ޖަޕާން

ރާއްޖެ އާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ނައިބު ރައީސް އާއި ޖަޕާނު ސަފީރު ވަނީ މަޝްވަރާ ކުރައްވާފައި. މި ބައްދަލުކުރެއްވުމުގައި އުމުރާނީ ތަރައްގީއާއި، ތައުލީމާއި، މޫސުމީ ބަދަލުތަކުގެ ދާއިރާއިން ޖަޕާނުން ދޭ އެހީތެރިކަން ފާހަގަކުރައްވައި، އިގްތިސާދީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަ ދެއްކެވި އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ޒަމާންވީ ގުޅުން ދެމިއޮންނާނެކަމުގެ ޔަގީންކަން ދެ ބޭފުޅުން ވަނީ ދެއްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖޫން 2026 | ހުކުރު 09:16
ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގެ ތެރެއިން.

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގެ ތެރެއިން. | ރައީސް އޮފީސް

ދިވެހިރާއްޖެ އާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަޠީފް މަޝްވަރާ ކުރައްވައިފި އެވެ.  

މިބައްދަލުކުރެއްވުން އޮތީ، ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. އެކަމަނާ ނައިބު ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވަނީ ރާއްޖެއާ، ޖަޕާނާ ދެމެދުގައިވާ ޒަމާންވީ، ބަދަހި ގުޅުން ކުރިޔަށް އޮތްތާނގައިވެސް އެގޮތުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

Advertisement - newsAdvertisement

ހަމަ މިޔާއެކު، ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރެވުނުތާ 60އަހަރު ފުރުން، ކުރިޔަށް އޮތް އަހަރު ފާހަގަ ކުރުމަށް ތައްޔާރުވަމުން ދާއިރު، ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވިދާނެ ދާއިރާތަކާ ބެހޭގޮތުން ވެސް، ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. 

މީގެ އިތުރުން ޖަޕާނު ސަރުކާރުން ރާއްޖެއަށް، ދެއްވަމުން ގެންދަވާ އެހީތެރިކަން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރައްވަމުން، މީހުން ބިނާކުރުމާ، އުމުރާނީ ތަރައްގީ އާއި ތައުލީމާ، ކުޅިވަރު ކުރިއެރުވުމާ، މޫސުމަށް އަންނަ ބަދަލުތަކާ، ކާރިސާ މެނޭޖްކުރުމުގެ އިތުރުން އިޖުތިމާއީ ގުޅުންތައް ތަރައްގީ ކުރުމުގެ ދާއިރާއިން ދެއްވަމުން ގެންދަވާ އެހީތެރިކަން ޚާއްސަ ގޮތެއްގައި ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ދެގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އުފެދެމުންދާ ގުޅުމަށް މަރުހަބާ ވިދާޅުވެ، ފަތުރުވެރިކަމާ، އިގްތިސާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.

ބައްދަލުވުން ނިންމަވާލައްވަމުން، ދެބޭފުޅުންވެސް ވަނީ، ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން، ކުރިއަށް އޮތް ތާނގައިވެސް، އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

ރާއްޖެ-ޖަޕާންއިޝިގާމީ ރުމިކޯނައިބުރައީސް ޙުސައިން މުޙައްމަދު ލަޠީފް

އިތުރަށް ކިޔާލަން

01 ޖޫން 2026

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ ވާހަކަތައް ރައީސް މުއިއްޒު ދޮގު ކުރައްވައިފި

01 ޖޫން 2026
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ ވާހަކަތައް ރައީސް މުއިއްޒު ދޮގު ކުރައްވައިފި
22 ފެބުރުއަރީ 2026

އެފްއޭއެމް ވެޓަރަންސް ކަޕް: މުއިވެޔޮ އިން ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، މިފަހަރު ވެސް ކެޕްޓަން އަކީ ނައިބު ރައީސް ޙުސެއިން

22 ފެބުރުއަރީ 2026
އެފްއޭއެމް ވެޓަރަންސް ކަޕް: މުއިވެޔޮ އިން ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، މިފަހަރު ވެސް ކެޕްޓަން އަކީ ނައިބު ރައީސް ޙުސެއިން
20 ފެބުރުއަރީ 2026

ރައީސް މުއިއްޒު ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

20 ފެބުރުއަރީ 2026
ރައީސް މުއިއްޒު ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި
03 ޑިސެމްބަރު 2025

މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

03 ޑިސެމްބަރު 2025
މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު
25 ޖޫން 2024

ރައީސް މުޢިއްޒު އާއި ނައިބު ރައީސް ޙުސެއިން ތައުޒިޔާ ބަކާގެ އާއިލާ އަށް

25 ޖޫން 2024
ރައީސް މުޢިއްޒު އާއި ނައިބު ރައީސް ޙުސެއިން ތައުޒިޔާ ބަކާގެ އާއިލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު