Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް

ޕާކިސްތާން އިން ޑައިމަންޑް ޖުބިލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

މޮޅާ އެކު ޕާކިސްތާން އިން މި ވަނީ، މެޗަކުން ބަލި ނުވެ ޑައިމަންޑް ޖުބިލީ މުބާރާތް ކާމިޔާބު ކޮށްފައި. މުބާރާތުގެ ލީގު ބުރުގައި ޕާކިސްތާން އިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، އަނެއް މެޗުން ވަނީ އެއްވަރުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖޫން 2026 | ބުރާސްފަތި 06:32
ޕާކިސްތާން އިން ޑައިމަންޑް ޖުބިލީ މުބާރާތުގެ ތަށި އުފުލާލަނީ.

ޕާކިސްތާން އިން ޑައިމަންޑް ޖުބިލީ މުބާރާތުގެ ތަށި އުފުލާލަނީ. | އެފްއޭއެމް

ރާއްޖޭގައި ކުރިއަށް ދިޔަ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާން އިން ހޯދައިފި އެވެ.

ޕާކިސްތާން އިން މުބާރާތުގެ ޗެެމްޕިއަންކަން ހޯދީ ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލްގައި އަފްޣާނިސްތާން ބަލި ކޮށްގެންނެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ޕާކިސްތާން އިން ވަނީ 2-0 އިން އަފްޣާނިސްތާން ބަލިކޮށްފައި އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕާކިސްތާން އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގައި އެވެ.

މެޗު ފަށައިގެން 24 ވަނަ މިނެޓުގައި ޕާކިސްތާން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޝާޔަކް ދޯސްތު އެވެ. ޕާކިސްތާން އިން ލީޑު ނެގި ފަހުން، އަފްޣާނިސްތާން އިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައި އެވެ. ނަމަވެސް، އެ ޓީމަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

ޕާކިސްތާން އިން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ހާރޫން ރަޝީދު އެވެ. މެޗުގައި އޭނާ ކުޅެން ނިކުމެފައި ވަނީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެވެ.

މޮޅާ އެކު ޕާކިސްތާން އިން މި ވަނީ، މެޗަކުން ބަލި ނުވެ ޑައިމަންޑް ޖުބިލީ މުބާރާތް ކާމިޔާބު ކޮށްފައި އެވެ. މުބާރާތުގެ ލީގު ބުރުގައި ޕާކިސްތާން އިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، އަނެއް މެޗުން ވަނީ އެއްވަރުވެފައި އެވެ. މިއީ 35 އަހަރުގެ ތެރޭގައި ފުޓުބޯޅައިގައި ޕާކިސްތާން އިން ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކުރި މުބާރާތުގައި ބައިވެރިވީ ހަތަރު ޤައުމެކެވެ. އެއީ ރާއްޖޭގެ އިތުރުން، ޕާކިސްތާން އާއި އަފްޣާނިސްތާން އަދި ބަންގްލަދޭޝް އެވެ. މުބާރާތުގެ ލީގު ބުރުގައި ރާއްޖެ އިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާއިރު، އަނެއް މެޗުން ވަނީ އެއްވަރުވެފައި އެވެ.

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް

އިތުރަށް ކިޔާލަން

11 ޖޫން 2026

ޤައުމީ ޓީމު ކުޅުނު މެޗުތައް މުހިންމު ނުވެ، ވަޒީރަށް މުހިންމުވީ އައްޑޫ ގޮނޑީގެ ކެމްޕެއިން

11 ޖޫން 2026
ޤައުމީ ޓީމު ކުޅުނު މެޗުތައް މުހިންމު ނުވެ، ވަޒީރަށް މުހިންމުވީ އައްޑޫ ގޮނޑީގެ ކެމްޕެއިން
08 ޖޫން 2026

ރާއްޖެ އާއި ބަންގްލަދޭޝް އެއްވަރުވެ، ފައިނަލްގެ ފަހު ޖާގަ އަފްޣާނިސްތާން އަށް

08 ޖޫން 2026
ރާއްޖެ އާއި ބަންގްލަދޭޝް އެއްވަރުވެ، ފައިނަލްގެ ފަހު ޖާގަ އަފްޣާނިސްތާން އަށް
05 ޖޫން 2026

35 އަހަރު ފަހުން ޕާކިސްތާން އަތުން ބަލިވެ ރާއްޖެ ކަޓައިފި

05 ޖޫން 2026
35 އަހަރު ފަހުން ޕާކިސްތާން އަތުން ބަލިވެ ރާއްޖެ ކަޓައިފި
02 ޖޫން 2026

އަފްޣާނިސްތާން އިން ރާއްޖެ ބަލިކޮށްފި

02 ޖޫން 2026
އަފްޣާނިސްތާން އިން ރާއްޖެ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު