Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީނުގެ ދަތުރުފުޅު

ބައި-އިލެކްޝަނުން ތާއީދު ދެއްކީމަ، ހިތްހަމަޖެހިގެން ޕޯޑިއަމްތަކަށް އަރާ ވާހަަކަ ދެއްކޭނީ: ރައީސް ޔާމީން

ގއ އަދި ގދ އަތޮޅަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިއްމު އަތޮޅުތަކެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2017 | އަންގާރަ 08:55
ރައީސް ޔާމީން ކޫއްޑޫ އެއަރޕޯޓް ހުޅުވާދެއްވަނީ

ރައީސް ޔާމީން ކޫއްޑޫ އެއަރޕޯޓް ހުޅުވާދެއްވަނީ

ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ދެކޭގޮތް ވަރަށް ރަގަޅަށް ދައްކާފައިވާ ކަމަށާއި ކުރިއަށް އޮތް ބައި-އިލެކްޝަންގައި ވެސް ރަށުގެ ރައްޔިތުން ދެކޭގޮތް ސާފުކޮށް ދައްކައި ދިނުމަށް ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގއ. ކޮލަމާފުށީގެ ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.

ގއ އަތޮޅަށް ރައީސް ޔާމިން ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކޮލަމާފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން ދެކޭގޮތް ފެނިގެންދަނީ އިންތިހާބުތަކުގައި ނަގާ ވޯޓުން ކަމަށްވާ އިރު ކުރިއަށް އޮތްތަނުގައި ބާއްވާ ބައި-އިލެކްޝަންގައިވެސް ރައްޔިތުން ދެކޭ ގޮތް ދައްކަން ޖެހޭ ކަމަށެވެ. އަދި ބައި-އިލެކްޝަންގައި ނަގާ ވޯޓުން 2018 ވަނަ އަހަރަށް ހިތްހަމަޖެހިވަޑައިގެން އެމަނިކުފާނަށް މަސައްކަތްޕުޅު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް މިހެން ވިދާޅުވެފައިވާ އިރު މިއަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި ގއ. ކޮލަމާފުށީގެ ދެ ގޮނޑި ވަނީ ޕީޕީއެމް އިން ކާމިޔާބު ކޮށްފަ އެވެ. އަދި އެއް ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީންނެވެ. ގއ އަތޮޅު ކައުންސިލްގެ އެއްވެސް ގޮނޑިއެއް ޕީފީއެމް އަށް ލިބިފައެއް ނުވެ އެވެ. އެހެން ނަމަވެސް ރައީސް ޔާމީންވަނީ މިކަން ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

" ބައި-އިލެކްޝަނުން ވެސް ރައްޔިތުންނަށް މިކަން ދައްކަވާ. ބައި-އިލެކްޝަނުން އެކަން ދެއްކީމަ، ހިތްހަމަޖެހުމާ އެކު ޕޯޑިއަމްތަކަށް އެރޭނީ. އަދި 2018 ވަނަ އަަހަރުވެސް ވޯޓު ދެއްވާނެ ކަން ޔަގީން ވެގެންދާނީ." ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ގައުމު ތަރައްގީ ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަނީ އިހްލާސްތެރިކަމާ އެކު ކަމަށާއި ތަރަައްގީ ބޭނުންވާ ކަމުގައިވާ ނަމަ އެކަމަށް އިންތިޒާރުތަކެއް ކުރަންޖެހޭ ކަމަަށެވެ.

ރައީސް ވިދާޅުވީ، ފިކުރު ބަދަލުވާ ސަބަބު އެނގެން ޖެހޭ ކަމަށާއި ބުއްދިވެރި ބައެއް ނަމަ އަތުގަ އޮތް އެެއްޗެއް ދުލެއް ނުކުރާނެ ކަމަށެވެ. މިކަން ފާހަގަކޮށް ރައީސް ޔާމީންވަނީ މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަން ފާހަގަ ކުރައްވައިފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި ހުވަދު އަތޮޅަށް 1000 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ގެނައުމަށް ނިންމަވައިފައިވާ ކަމަށެވެ. ގއ އަދި ގދ އަތޮޅަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިއްމު އަތޮޅުތަކެއް ކަމަށާއި އަދި ހުވަދު އަތޮޅުގައި މަދުވެގެން ތިން ހަތަރު އެއަރޕޯޓް ގާއިމްކޮށް ކޮށްދެއްވަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަަރައްގީ ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ގާތްގަނޑަކަށް 15 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް މަސްވެރިކަމުގެ ދާއިރާއަށް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

" ތަރައްގީ ކުރާ ވާހަކަ އެންމެންވެސް ދެއްކި. މިނެކިރުމުގެ ހިސާބުން ބަލާނަމަ ތަރައްގީ ގެނެވިފައި ހުރީ ކިހިނެތްތޯ ބަލަންޖެހޭ." ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިޔަމިގިލީގައި އެމްޑީޕީގެ ތާއީދު އޮތްކަން ދައްކުވައިދީފި: ނިޒާރު

ދިޔަމިގިލީގައި އެމްޑީޕީގެ ތާއީދު އޮތްކަން ދައްކުވައިދީފި: ނިޒާރު

30 އެޕްރީލު 2017
މަސްތުވާތަކެތި އެތެރެކުރި ބޯޓެއްގެ އިންޑިއާ ކެޕްޓަންގެ މައްޗަށް ކުރި އުމުރު ދުވަހުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

މަސްތުވާތަކެތި އެތެރެކުރި ބޯޓެއްގެ އިންޑިއާ ކެޕްޓަންގެ މައްޗަށް ކުރި އުމުރު ދުވަހުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

27 އެޕްރީލު 2017
ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

24 އެޕްރީލު 2017
ސަރުކާރަށް ތާއީދު ނުކޮށްގެން ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި ގއ ވިލިނގިލީގައި މުޒާހަރާކޮށްފި

ސަރުކާރަށް ތާއީދު ނުކޮށްގެން ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި ގއ ވިލިނގިލީގައި މުޒާހަރާކޮށްފި

19 އެޕްރީލު 2017
ރައީސް ޔާމީނަށް ތާއީދު ނުކޮށްގެން ކޫއްޑޫގެ ސީނިއަރ ހަތަރު މުވައްޒަފަކު ފެލިވަރަށް ބަދަލުކޮށްފި

ރައީސް ޔާމީނަށް ތާއީދު ނުކޮށްގެން ކޫއްޑޫގެ ސީނިއަރ ހަތަރު މުވައްޒަފަކު ފެލިވަރަށް ބަދަލުކޮށްފި

17 އެޕްރީލު 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު