Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑައިވިން ހާދިސާ

އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ގައުމަށް ފޮނުވައިފި

23 މެއި 2026 | ހޮނިހިރު 16:05

ވ. އަތޮޅުގެ ކަނޑުއަޑީގެ ފުން ހޮހަޅައެއްގެ ތެރޭގައި ތާށިވެ މަރުވި އިޓަލީގެ ފަތުރުވެރިންގެ ހަށިގަނޑުތައް ފިންލޭންޑުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ހޯދުމަށްފަހު ގައުމަށް ވަނީ ފޮނުވާފައި. މި ހާދިސާގައި ދިވެހި ސިފައިންގެ ޑައިވަރަކުވެސް މަރުވެފައިވާއިރު، ފަތުރުވެރިން މަރުވީ ހޮހަޅައިގެ ތެރޭގައި މަގުއޮޅި އޮކްސިޖަން ހުސްވުމުގެ ސަބަބުން ކަމަށް ބެލެވޭ. މި ނުރައްކާތެރި ހާދިސާއާ ގުޅިގެން މިހާރު ވަނީ ދެ ތަހުގީގެއް ފަށާފައި.

ރާއްޖެ އެމްވީ | 23 މެއި 2026 | ހޮނިހިރު 16:05
ދިވެހިރާއްޖޭގައި ހިނގި ހާދިސާއެއްގައި މަރުވި އިޓަލީގެ ފީނުންތެރިންގެ ހަށިތައް ލާފައިވާ ސަންދޯއްތައް، 2026 ވަނަ އަހަރުގެ މޭ މަހުގެ 23 ވީ ހޮނިހިރު ދުވަހު މިލާންގެ މަލްޕެންސާ އެއާޕޯޓަށް ބާލަނީ.

ދިވެހިރާއްޖޭގައި ހިނގި ހާދިސާއެއްގައި މަރުވި އިޓަލީގެ ފީނުންތެރިންގެ ހަށިތައް ލާފައިވާ ސަންދޯއްތައް، 2026 ވަނަ އަހަރުގެ މޭ މަހުގެ 23 ވީ ހޮނިހިރު ދުވަހު މިލާންގެ މަލްޕެންސާ އެއާޕޯޓަށް ބާލަނީ. | ލާޕްރެސް

މި މަހުގެ ކުރީކޮޅު ދިވެހިރާއްޖޭގައި ޑައިވް ކުރަން އުޅުމުގެ ތެރޭގައި، ކަނޑުއަޑީގެ ހޮހަޅައެއްގެ ތެރޭގައި ތާށިވެ މަރުވި އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ދިވެހި ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ވ އަތޮޅުގެ ކަނޑުއަޑިން ގާތްގަނޑަކަށް 160 ފޫޓު އަޑީގައި އޮންނަ ހޮހަޅައެއް ބަލައިލުމަށް ފޭބި އިޓަލީގެ ފަސް ޑައިވަރުން ގެއްލިފައިވަނީ މެއި މަހުގެ 14 ވަނަ ދުވަހުއެވެ. އެ ހާދިސާ ހިނގި ވަގުތު، އެ މީހުންގެ އިންސްޓްރަކްޓަރުގެ ހަށިގަނޑު ހޮހަޅައިގެ ބޭރުން ފެނިގެން ނަގާފައިވާއިރު، އޭނާގެ ހަށިގަނޑު މީގެ ކުރިން ވަނީ ގައުމަށް ފޮނުވާލާފައެވެ.

Advertisement - newsAdvertisement

ނުރައްކާތެރި މި އޮޕަރޭޝަންގައި ހަށިގަނޑުތައް ނެގުމަށް ކުރި މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. އަދި މި މަސައްކަތުގައި އުޅުނު ދިވެހި ސިފައިންގެ ޑައިވަރެއް ކަމަށްވާ މުހައްމަދު މަހުދީ މަރުވުމާ ގުޅިގެން، ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް މެދުކަނޑާލަން ޖެހުނެވެ. ނަމަވެސް، ފަހުން ފިންލޭންޑުގެ ފުން ކަނޑުތަކަށާއި ހޮހަޅަތަކަށް ޑައިވްކުރުމުގެ ތަޖުރިބާކާރު ތިން މީހަކު މި މިޝަންގައި ބައިވެރިވެ، މިދިޔަ ހަފުތާގައި ވަނީ ހަތަރު މީހުންގެ ހަށިގަނޑު ހޯދާފައެވެ. އެ ހަށިގަނޑުތައް ފެނިފައިވަނީ ހޮހަޅައިގެ އެންމެ އެތެރޭގައި އޮންނަ ބައިން، ގާތްގަނޑަކަށް 200 ފޫޓު ނުވަތަ 60 މީޓަރު އަޑިންނެވެ. ރާއްޖޭގައި މުނިފޫހިފިލުވުމަށް ޑައިވް ކުރެވޭ އެންމެ ފުން މިނަކީ 98 ފޫޓު ނުވަތަ 30 މީޓަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ހޮނިހިރު ދުވަހު ވިދާޅުވީ، މި ހާދިސާއާ ގުޅިގެން ދެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އެއީ އިޓަލީގެ ފަސް ޑައިވަރުން މަރުވި ހާދިސާގެ ތަހުގީގާއި، ޑިއުޓީގައި އުޅެނިކޮށް ސިފައިންގެ ޑައިވަރު މަހުދީ މަރުވި ގޮތުގެ ތަހުގީގެވެ. މީގެ އިތުރުން، ގައުމަށް ފޮނުވާލި ހަށިގަނޑުތަކުގެ އޮޓޯޕްސީއެއް ހަދައިފިނަމަ، އެއިން ފެންނަ ނަތީޖާތައް ހިއްސާކުރުމަށް އިޓަލީ ސަރުކާރުން އެއްބަސްވެފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މި ހާދިސާގައި މަރުވެފައިވަނީ ޔުނިވަރސިޓީ އޮފް ޖެނޯއާގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް އާއި، މެރިން ބަޔޮލޮޖިސްޓް ފެޑެރިކޯ ގުއަލްޓިއޭރީ އާއި، ރިސާޗަރު މުރިއަލް އޮޑެނީނޯގެ އިތުރުން ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީއެވެ.

އިޓަލީގެ ނޫހެއް ކަމަށްވާ "ލާ ރިޕަބްލިކާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ގްރޫޕް ފެނިފައިވަނީ ހޮހަޅައިގެ ތެރޭގައި ކުރިއަށް ނުދެވޭ ގޮތަށް ބަންދުވެފައި އޮތް ހަނި ސަރަހައްދަކުންނެވެ.

ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރި ފިންލޭންޑުގެ ޖަމިއްޔާއެއް ކަމަށްވާ "ޑޭން ޔޫރަޕް" ގެ ސީއީއޯ އޭއެފްޕީ ނޫސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ، އެ މީހުން މަރުވީ ހޮހަޅައިގެ ތެރޭގައި އުޅެނިކޮށް މަގު އޮޅިގެން ކަމަށް ބެލެވޭ ކަމަށެވެ.

"އެ މީހުންގެ އަތުގައި ހުރި އޮކްސިޖަންގެ މިންވަރު މަދުކަމުންނާއި، އެހާ ފުނުގައި މަޑުކުރެވޭނީ މަދު މިނެޓުކޮޅަކަށް ކަމަށްވާތީ، ހޮހަޅައިން ބޭރަށް ނުކުމެވޭނެ މަގެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ވަގުތެއް އެ މީހުންނަށް ނުލިބޭނެ،" މެރޯނީ ބުނެފައިވެއެވެ.

ޑޭން ޔޫރަޕްމޮނިކާ މޮންޓެފަލްކޯންއިޓަލީ-ދިވެހިރާއްޖެޑައިވިން ހާދިސާސްކޫބާ ޑައިވިން

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

09 އޯގަސްޓު 2026
އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް
06 ޖޫން 2026

އިޓަލީގެ ރައީސް ފިންލޭންޑުގެ ފީނުންތެރިންނަށް ޝަރަފު އަރުވައިފި

06 ޖޫން 2026
އިޓަލީގެ ރައީސް ފިންލޭންޑުގެ ފީނުންތެރިންނަށް ޝަރަފު އަރުވައިފި
29 މެއި 2026

އިޓަލީގެ ފަތުރުވެރިން މަރުވީ އޮކްސިޖަން ހުސްވެގެން ނުވަތަ ގެނބިގެން-ވަގުތީ ނަތީޖާ

29 މެއި 2026
އިޓަލީގެ ފަތުރުވެރިން މަރުވީ އޮކްސިޖަން ހުސްވެގެން ނުވަތަ ގެނބިގެން-ވަގުތީ ނަތީޖާ
28 މެއި 2026

ކަނޑުއަޑީގައި ހަފްތާއެއް ވަންދެން އޮތް އިޓަލީގެ ޑައިވަރުންގެ ހަށިތަކާ ބެހޭ އާދަޔާ ޚިލާފް ވާހަކަތަކެއް ތަޖުރިބާކާރު މޯޓިޝަނަކު ހާމަ ކޮށްފި

28 މެއި 2026
ކަނޑުއަޑީގައި ހަފްތާއެއް ވަންދެން އޮތް އިޓަލީގެ ޑައިވަރުންގެ ހަށިތަކާ ބެހޭ އާދަޔާ ޚިލާފް ވާހަކަތަކެއް ތަޖުރިބާކާރު މޯޓިޝަނަކު ހާމަ ކޮށްފި
27 މެއި 2026

އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، މީގެ 40 އަހަރު ކުރިން ހަމަ އެ ސަރަހައްދުގައި މަރުވި އެހެން އަންހެނެއްގެ ވާހަކަ އޭނާގެ ފިރިމީހާ ހިއްސާ ކޮށްފި

27 މެއި 2026
އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، މީގެ 40 އަހަރު ކުރިން ހަމަ އެ ސަރަހައްދުގައި މަރުވި އެހެން އަންހެނެއްގެ ވާހަކަ އޭނާގެ ފިރިމީހާ ހިއްސާ ކޮށްފި
22 މެއި 2026

4 ޑައިވަރުންގެ ހަށިގަނޑު އިޓަލީ އަށް ފޮނުވާލަން ނިންމައިފި

22 މެއި 2026
4 ޑައިވަރުންގެ ހަށިގަނޑު އިޓަލީ އަށް ފޮނުވާލަން ނިންމައިފި
22 މެއި 2026

މަރުވި ފީނުންތެރިން ގެންގުޅުނު ސާމާނު އިޓަލީގެ ތަހުގީގީ އިދާރާތަކުން ހިފަހައްޓައިފި

22 މެއި 2026
މަރުވި ފީނުންތެރިން ގެންގުޅުނު ސާމާނު އިޓަލީގެ ތަހުގީގީ އިދާރާތަކުން ހިފަހައްޓައިފި
22 މެއި 2026

އިޓަލީ ޑައިވަރުން މަރުވީ ހޮހަޅައިގެ ބޭރަށް ނުކުމެވޭ މަގު އޮޅިގެން

22 މެއި 2026
އިޓަލީ ޑައިވަރުން މަރުވީ ހޮހަޅައިގެ ބޭރަށް ނުކުމެވޭ މަގު އޮޅިގެން
20 މެއި 2026

ކަނޑުއަޑީގެ ހޮހޮޅައިގައި ތިބި ހަށިތައް ނެގުމުގައި ފިންލޭންޑްގެ ޑައިވަރުންގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް ހާމަ ކޮށްފި

20 މެއި 2026
ކަނޑުއަޑީގެ ހޮހޮޅައިގައި ތިބި ހަށިތައް ނެގުމުގައި ފިންލޭންޑްގެ ޑައިވަރުންގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް ހާމަ ކޮށްފި
20 މެއި 2026

އިޓަލީގެ ޑައިވަރުން ކަނޑުއަޑީގެ ހޮހަޅަ ބަލަން އުޅޭކަން ސަރުކާރަށް އެންގިފައެއް ނެތް

20 މެއި 2026
އިޓަލީގެ ޑައިވަރުން ކަނޑުއަޑީގެ ހޮހަޅަ ބަލަން އުޅޭކަން ސަރުކާރަށް އެންގިފައެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް