Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ އީރާން

އީރާނުން ބުނީ އެމެރިކާއާ އެކު އަލުން ހަނގުރާމަ ފެށުމަކީ ނުވެ ނުދާނެ ކަމެއް ކަމަށް

އެމެރިކާއިން ބޭނުންވަނީ އީރާނުން ފުރިހަމައަށް އަމާންދިނުމަށް ކަމަށާއި، އެކަން އެގޮތަށް ނުވެއްޖެނަމަ ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށުމަކީ ނުވެ ނުދާނެ ކަމެއް ކަމަށް އީރާނު އަސްކަރިއްޔާގެ އިސް އޮފިސަރަކު ވަނީ ވިދާޅުވެފައި. އެމެރިކާއިން ހުށަހަޅާފައިވާ އެއްބަސްވުމުގެ ފަހުގެ ދެލިކޮޕީއަށް އީރާނުން އަދި ވަކި ޖަވާބެއް ދީފައިނުވާއިރު، އެމެރިކާއަކީ އިތުބާރު ހިފޭ ގައުމަކަށް ނުވާތީ އީރާނުން އެ ހުށަހެޅުންތައް ދިރާސާކުރަމުންދަނީ ވަރަށް ބޮޑަށް ސަމާލުވެ ތިބެގެން. އީރާނުން ބޭނުންވަނީ މި އެއްބަސްވުމުގެ ސަބަބުން އެ ގައުމަށް ހަގީގީ މަންފާތަކެއް ލިބިގެންދިއުމަށް.

ރާއްޖެ އެމްވީ | 3 ޖޫން 2026 | ބުދަ 06:24
އީރާނުގެ ތެހެރާންގެ އިންގިލާބީ މައިދާނުގައި 2026 ވަނަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހު އެތައް ހާސް ބަޔަކު އެއްވެ، އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރަނީ.

އީރާނުގެ ތެހެރާންގެ އިންގިލާބީ މައިދާނުގައި 2026 ވަނަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހު އެތައް ހާސް ބަޔަކު އެއްވެ، އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރަނީ. | ގެޓީ އިމޭޖަސް

އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބެލެވޭ ދަނޑިވަޅެއްގައި، އެމެރިކާއާއެކު އަލުން ހަނގުރާމައެއް ފެށުމަކީ ނުވެ ނުދާނެ ކަމެއް ކަމަށް އީރާނު އަސްކަރިއްޔާގެ އިސް އޮފިސަރަކު އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

އީރާނުގެ މަރުކަޒީ އަސްކަރީ ކޮމާންޑް، ޚާތަމް އަލް-އަންބިޔާގެ ޑެޕިއުޓީ ހެޑް މުޙައްމަދު ޖަޢުފަރު އައްސަދީ ވިދާޅުވީ، އެމެރިކާއިން ބޭނުންވަނީ އީރާނުން ފުރިހަމައަށް އަމާންދިނުމަށް ކަމަށާއި، ނަމަވެސް އީރާނުގެ ރައްޔިތުން ދުވަހަކުވެސް އަމާން ނުދޭނެ ކަމަށެވެ. އަދި އަމާން ނުދޭ ނަމަ، ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށުމަކީ ނުވެ ނުދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަނެއްކޮޅުން، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެމެރިކާއިން ހުށަހަޅާފައިވާ އެއްބަސްވުމުގެ ފަހުގެ ދެލިކޮޕީއަށް އީރާނުން އަދި ވަކި ޖަވާބެއް ދީފައެއް ނުވެއެވެ. އީރާނުގެ މަޝްވަރާ ޓީމާ ގާތް ގުޅުމެއް އޮންނަ މަސްދަރަކުން އަންގާރަ ދުވަހު މެހެރު ނިއުސްއަށް މައުލޫމާތު ދެމުން ބުނީ، އެއްބަސްވުމުގެ ފަހުގެ މާއްދާތަކާ ގުޅޭގޮތުން ތެހެރާންގައި އަދިވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

އެ މަސްދަރުން ހާމަކުރި ގޮތުގައި، އެމެރިކާއަކީ މީގެ ކުރިންވެސް އެއްބަސްވުންތަކާ ޚިލާފުވެފައިވާ ގައުމަކަށް ވެފައި، ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރު ގެއްލިފައިވާތީ، އީރާނުން އެމެރިކާގެ ހުށަހެޅުންތައް ދިރާސާކުރަމުންދަނީ ވަރަށް ބޮޑަށް ސަމާލުވެ ތިބެގެންނެވެ.

މީގެ ކުރިން ކުރެވިފައިވާ ތަޖުރިބާތަކަށް ބަލާއިރު، އީރާނުން ބޭނުންވަނީ މި އެއްބަސްވުމުގެ ސަބަބުން އެ ގައުމަށް ފެންނަން އޮތް، ހަގީގީ މަންފާތަކެއް ލިބިގެންދިއުމަށް ކަމަށްވެސް އެ މަސްދަރުން ބުނެފައިވެއެވެ.

އެމެރިކާ-އީރާންޚާތަމް އަލް-އަންބިޔާ

އިތުރަށް ކިޔާލަން

29 މެއި 2026

އީރާނާ ދެމެދު ވެވޭ އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް ޓްރަމްޕް ކުއްލި ބައްދަލުވުމެއްގައި

29 މެއި 2026
އީރާނާ ދެމެދު ވެވޭ އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް ޓްރަމްޕް ކުއްލި ބައްދަލުވުމެއްގައި
28 މެއި 2026

އެމެރިކާއާއި އީރާނުން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރުމުގެ އޮނިގަނޑަކަށް އެއްބަސްވެއްޖެ

28 މެއި 2026
އެމެރިކާއާއި އީރާނުން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރުމުގެ އޮނިގަނޑަކަށް އެއްބަސްވެއްޖެ
28 މެއި 2026

'ހަރުކަށި އިންޒާރެއް': އެމެރިކާގެ އުދުވާނާ ގުޅިގެން އެގައުމުގެ އަސްކަރީ މަރުކަޒަކަށް ބަދަލުހިފުމުގެ ހަމަލާއެއް ދީފިކަން އީރާނުން އިއުލާނުކޮށްފި

28 މެއި 2026
'ހަރުކަށި އިންޒާރެއް': އެމެރިކާގެ އުދުވާނާ ގުޅިގެން އެގައުމުގެ އަސްކަރީ މަރުކަޒަކަށް ބަދަލުހިފުމުގެ ހަމަލާއެއް ދީފިކަން އީރާނުން އިއުލާނުކޮށްފި
22 މެއި 2026

އީރާނާއި އެމެރިކާގެ މަޝްވަރާތަކުގައި ހޮރްމޫޒް ކަނޑުއޮޅި އާއި ޔޫރޭނިއަމް މައްސަލަ ބޮޑު ހުރަހަކަށް

22 މެއި 2026
އީރާނާއި އެމެރިކާގެ މަޝްވަރާތަކުގައި ހޮރްމޫޒް ކަނޑުއޮޅި އާއި ޔޫރޭނިއަމް މައްސަލަ ބޮޑު ހުރަހަކަށް
02 މެއި 2026

އެމެރިކާގެ އެންމެ ބޮޑު ހަނގުރާމަމަތީ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް މަރާމާތަށް އެނބުރި ދާން ޖެހުމުން މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރު ކުޑަވެއްޖެ

02 މެއި 2026
އެމެރިކާގެ އެންމެ ބޮޑު ހަނގުރާމަމަތީ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް މަރާމާތަށް އެނބުރި ދާން ޖެހުމުން މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރު ކުޑަވެއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު