Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ސްކޮޑު އެކުލަވާލުން

ރިޒުހާން އާއި ސާއިފް ސްކޮޑަށް ނަގާ، ގައުމީ ޓީމުގެ ފަރިތަކުރުން ފަށައިފި

25 ސެޕްޓެމްބަރު 2017 | ހޯމަ 13:39

ސްކޮޑުގައި ނިއުގެ ނުވަ ކުޅުންތެރިން ވަނީ ހިމަނާފައި

ލީވާން އަލީ
ލީވާން އަލީ | 25 ސެޕްޓެމްބަރު 2017 | ހޯމަ 13:39
ގައުމީ ޓީމު ފަރިތަކުރުމުގެ ކުރިން ކުޅުންތެރިންނާ ކޯޗު ސްޓެވާޓް ވާހަކަދައްކަނީ

ގައުމީ ޓީމު ފަރިތަކުރުމުގެ ކުރިން ކުޅުންތެރިންނާ ކޯޗު ސްޓެވާޓް ވާހަކަދައްކަނީ

އޭޝިއަންކަޕް ކޮލިފައިންގައި އަންނަ މަހު ރާއްޖެ އަދި އޮމާން ބައްދަލުކުރާ މެޗަށް ނެގި ސްކޮޑުގައި ކްލަބް ގްރީން ސްޓްރީޓްގެ އިބްރާހިމް ރިޒުހާން އާއި މުހައްމަދު ސާއިފް ހިމަނާ، ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި އެވެ.

ހޯމަ ދުވަހު ހަވީރު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، ސްކޮޑަށް ނެގި ރިޒުހާން އަދި ސައިފް ވެސް ވަނީ ބައިވެރިވެފައެވެ.

ސްކޮޑަށް މުޅިން އަލަށް ނެގި ރިޒުހާން އަކީ ގްރީން ސްޓްރީޓް ފުރަތަމަ ޑިވިޝަނަށް ގެނައުމަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިޔެކެވެ. އޭނާ ވަނީ މާލޭ ލީގުގައި މުހިންމު ލަނޑުތަކެއް ގްރީން އަށް ކާމިޔާބު ކޮށްދީފައެވެ. މީގެއިތުރުން އޭނާ އަންނަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.

ސާއިފް ވަނީ މީގެކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ވިކްޓްރީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ. އޭނާ ގްރީން އަށް ބަދަލުވީ މި ސީޒަނުގައެވެ. އެގޮތުން އޭނާ އަންނަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ސްކޮޑުން މިފަހަރު ފުރުސަތު ގެއްލިފައިވަނީ ގްރީންގެ ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އަދި އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ. މި ދެ ކުޅުންތެރިންވެސް ސްކޮޑުގައި ހިމަނާފައި ނުވަނީ އަނިޔާގެ މައްސަލަތަކާ ގުޅިގެންނެވެ.

ގައުމީ ސްކޮޑަށް ނިއު އިން 8 ކުޅުންތެރިން ވަނީ ނަގާފައެވެ. އެއީ ރިލްވާން ވަހީދު (ރިލޭ)، ކީޕަރު މުހައްމަދު ފައިސަލް، މުހައްމަދު ރަޝީދު (ހޮކޭ)، އަހުމަދު އަބްދުﷲ (ލިލީ)، އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު، އަކްރަމް އަބްދުލް ގަނީ އަދި އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

މާޒިޔާ ޓީމުން ޤައުމީ ސްކޮޑަށް ނަގާފައި ވަނީ އަމްދާން އަލީ (އެންޑީ)، ސަމޫހް އަލީ، އަސްހަދު އަލީ (އަޑުބަރޭ)، މުހައްމަދު އުމެއިރު، އިސްމާއިލް އީސަ (މެސީ) އަދި މުހައްމަދު އިރުފާން (އިރޭ) އެވެ. މިފަހަރު ވެސް މާޒިޔާގެ މިޑްފިލްޑަރު މުހައްމަދު އާރިފް (ބަކާ) ގައުމީ ސްކޮޑަށް ނަގާފައެއް ނުވެއެވެ.

ގްރީން އިން ސާއިފް އާއި ރިޒުހާންގެ އިތުރުން ދެން ސްކޮޑަށް ނަގާފައިވަނީ އަހުމަދު ޝާފިއު (ޝާފީ) އެވެ. ތިނަދޫ ޓީމުން ޤައުމީ ސްކޮޑަށް ނަގާފައިވަނީ އިމްރާން ރަޝީދު އަދި އަހުމަދު ރިޒުވާނެވެ. މިލަންދޫ އިން ނަގާފައިވަނީ ކީޕަރު މުހައްމަދު އިމްރާންއެވެ. ޓީސީން ގައުމީ ސްކޮޑަށް ނަގާފައިވަނީ އަހުމަދު ޒާދް، މުހައްމަދު އައްޒާމް، އިބްރާހިމް ވަހީދު ހަސަން އަދި ނާއިޒް ހަސަން (ދާދު) އެވެ.

ރާއްޖެ ވަނީ ކޮލިފައިންގައި ރަށުން ބޭރު އޮމާންއާ ދެކޮޅަށް ކުޅެފައެވެ. އެ މެޗުން ރާއްޖެ ބަލިވީ 0-5 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. ގްރޫޕްގައި ރާއްޖެ ވަނީ ފަލަސްތީން އަތުންވެސް 0-3 ގެ ނަތީޖާއިން ބަލިވެފައެވެ. ރާއްޖެ މޮޅުވީ ހަމައެކަނި ބޫޓާން އަތުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް