Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގައިން ގަޔަށް ނާރާ ބަލިތައް ފެތުރުން

ގައިން ގަޔަށް ނާރާ ބަލިތައް ފެތުރި، ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތު އިސްތިއުމާލު ކުރުން: ރައީސް މުއިއްޒު

15 އަހަރާއި 29 އަހަރާ ދޭތެރޭގައި ޒުވާނުންގެ ތެރެއިން %21.8 ޒުވާނުންނަކީ ދުންފަތު އިސްތިއުމާލު ކުރާ ޒުވާނުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 އެޕްރީލު 2025 | އާދީއްތަ 08:14
ކެބިނެޓު ބައްދަލުވުމުގައި، ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ކެބިނެޓު ބައްދަލުވުމުގައި، ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ފެތުރި، ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތު އިސްތިއުމާލު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ރައީސް މުއިއްޒު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މޯލްޑިވްސް ހެލްތް ސްޓެޓިކްސް ސަރވޭ 2022 ދައްކާ ގޮތުން ރާއްޖޭގައި ގައިން ގަޔަނަށް ނާރާ ބަލިތައް ފެތުރެން ދިމާވާ އެންމެ ބޮޑު ސަބަބަކީ އަދި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތު އިސްތިއުމާލު ކުރުން ކަމަށެވެ.

ރާއްޖޭގައި މީހުން މަރުވާ ސަބަބުތަކަށް ބަލާއިރު، 84 އިންސައްތަ މީހުން ބަލިތަކާ ގުޅިގެން މަރުވާ ސަބަބަކީ ދުންފަތު އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތައް ކަމަށާއި، މިއީ ވަރަށް ބޮޑު އިންސައްތައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ 2021 ވަނަ އަހަރު ހަދާފައިވާ ގައިންގަޔަށް ނާރާ ބަލިތައް ޖެހޭ ސަބަބުތަކުގެ ސަރވޭ ދައްކާ ގޮތުގައި 15 އަހަރާއި 29 އަހަރާ ދޭތެރޭގައި ޒުވާނުންގެ ތެރެއިން 21.8 ޕަސެންޓު ޒުވާނުންނަކީ ދުންފަތު އިސްތިއުމާލު ކުރާ ޒުވާނުން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިއީ ކަންބޮޑުވާ ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ދުންފަތު އިސްތިއުމާލު ކުރުމުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ޖެނެރޭޝަނަލް ބޭންއެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަށްވުރެ ފުޅާކޮށް ބަލާލާއިރު މުޅި ދުނިޔޭގައި ހެދުނު ގްލޯބަލް ޔޫތް ޓޮބޭކޯ ސަރވޭ. އެސަރވޭ ދައްކާ ގޮތުން ސްކޫލު އުމުރުފުރާގެ ކުދިންގެ ތެރެއިން 45 އިންސައްތަ ކުދިންނަކީ ދުންފަތް ނުވަތަ ކޮންމެވެސް ކަހަލަ ނިކޮޓިންއެއް ބޭނުންކުރާ ކުދިން. އެހެންވީމަ މިއީ ވަރަށް ސީރިއަސްކޮށް ރާއްޖެ ކަހަލަ ކުޑަ އާބާދީއަކުން އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް. ރާއްޖޭގެ އާބާދީއަކީ މިވަގުތު 411741 ދިވެހިން. އެހެންވީ 411741 ދިވެހިންގެ ތެރެއިން 2007 ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައި ތިބި މިހާތަނަށް މަރުވެފައިވާ މީހުން އުނިކޮށްފައި ބަލާއިރުގައި އެއަދަދީ 124002 މީހުން. މިއީ ރާއްޖޭގެ މިވަގުތު އާބާދީގެ 30.1 އިންސައްތަ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ޒުވާނުންނާ އަދި ޖުމްލަކޮށް އަޅުގަނޑުމެންގެ މުޅި އާބާދީ ދުންފަތު އިސްތިއުމާލު ކުރުމުން މިޖެހޭ ގައިންގަޔަށް ނާރާ ބަލިތައް އޭގެ ތެރޭގައި ކެންސަރު ބައްޔާއި، ހިތުގެ ބައްޔާއި، މިހެން ގޮސް އެކި ކަހަލަ ބަލިތައް މިބަލިތަކުން ސަލާމަތްކޮށްދިނުމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން ސަރުކާރުން އެންމެނާ ގުޅިގެން އެބަޖެހޭ މަސައްކަތްތަކެއް ކުރަން. އެގޮތުން ޖެނެޝަން ބޭންއެއް ގެނައުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ޖެނެރޭޝަނަލް ބޭން ގެނައުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގެ އެކިއެކި ފްލެޓު ފޯމުތަކުގައި އެކިއެކި ސަރވޭތައް ހެދިފައިވާ ކަމަށާއި، ޑަބްލިޔުއެޗްއޯ، ޔުނިސެފް ފަދަ ޖަމިއްޔާތަކާ މަޝްވަރާކުރެވިފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އާދިއްތަ ދުވަހު ކުރިއަށް ގެންދާ ކެބިނެޓް ބައްދަލުވުމުގައި ރައްޔިތުންގެ ސިއްހަތު އަދި ޖީލު ސަލާމަތް ކުރުމަށްޓަކައި އަދި މި ކުޑަ މުޖުތަމައުއަކީ ދުންފަތު އިސްތިއުމާލުކޮށްގެން ޖެހޭ ބަލިތައް ޖެހޭ މުޖުތަމައުއަކަށް ނުހެދުމަށް މަޝްވަރާކޮށް ގޮތެއް ނިންމަވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގައިންގަޔަށް ނާރާ ބަލިތައްދުންފަތު އިސްތިއުމާލުކުރުންޒުވާނުން

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

05 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް އެލަވަންސް ކަނޑާލާ، ނައިބު ރައީސުންނަށް އިނާޔަތް ދެނީ

ކުރީގެ ރައީސުންގެ އޮފީސް އެލަވަންސް ކަނޑާލާ، ނައިބު ރައީސުންނަށް އިނާޔަތް ދެނީ

27 ނޮވެމްބަރު 2025
މަޖިލީހުގެ 30 އިންސައްތަ ގޮނޑި ޒުވާނުންނަށް ހާއްސަކުރުމަށް ބިލެއް ހުށަހަޅައިފި

މަޖިލީހުގެ 30 އިންސައްތަ ގޮނޑި ޒުވާނުންނަށް ހާއްސަކުރުމަށް ބިލެއް ހުށަހަޅައިފި

26 ނޮވެމްބަރު 2025
ރައީސް ވިދާޅުވީ އިސްލާމީ ތަރަހައިގެ ތެރެއިން ޒުވާނުންނަށް ކަރޯކޭ އާއި ޒުމްބާ ޖެއްސޭނެ ކަމަށް!

ރައީސް ވިދާޅުވީ އިސްލާމީ ތަރަހައިގެ ތެރެއިން ޒުވާނުންނަށް ކަރޯކޭ އާއި ޒުމްބާ ޖެއްސޭނެ ކަމަށް!

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު