Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރުސީގެ ހިޔާނާތް

އެމްއެމްޕީއާރުސީގެ 1 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ދައުވާއަށް ޒިޔަތާއި ޝާހިދުވެސް އިންކާރުކޮށްފި

24 ސެޕްޓެމްބަރު 2017 | އާދީއްތަ 10:34

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 30 މައްސަލައެއްގެ ދައުވާ ޒިޔަތުގެ މައްޗަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 ސެޕްޓެމްބަރު 2017 | އާދީއްތަ 10:34
މިއަދުގެ ޝަރީއަތުގެ އަޑު އެހުމަށްފަހު ކްރިމިނަލް ކޯޓުން ޒިއަތު ނިކުންނަވަނީ

މިއަދުގެ ޝަރީއަތުގެ އަޑު އެހުމަށްފަހު ކްރިމިނަލް ކޯޓުން ޒިއަތު ނިކުންނަވަނީ

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުއާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެބެއިންގެ ދެދަރި ކޮއްކޮ ޝާހިދު ހުސައިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއަށް ޒިޔަތާއި ޝާހިދުވެސް އިންކާރު ކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ބޭއްވި އެ ޝަރީއަތުގެ އަޑުހުމުގައި ޒިޔަތާއި ޝާހިދުގެ ގާނޫނީ ވަކީލުންގެ އެދުމުގެ މަތިން ވަނީ އެމައްސަލަ ތަހުގީގު ކުރި ޕޮލިސް އިންވެސްޓިގޭޝަން އޮފިޝަރާއި އެ ތަހުގީގު ކުރިއަށް ގެންދިޔައިރު އަޑުއެހުމަށް ހުންނެވި ޕޮލިސް އޮފިޝަރެއް ހާޒިރުކޮށް، ސުވާލު ކޮށްފަ އެވެ.

Advertisement - newsAdvertisement

އެގޮތުން ޒިޔަތުގެ ފަރާތުން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދިޔައިރު، އެއީ ޒިޔަތާއި ބެހޭ މައްސަލައެއްގެ ތަހުގީގު ނޫން ކަމަށާއި އެއީ އެހެން މީހެއްގެ މައްޗަށް ކުރާ ތުހުމަތެއްގައި ކަމެއް އޮޅުންފިލުވުމަށް ހާޒިރު ކުރިކުރުމެއް ކަމަށް އިންވެސްޓިގޭޝަން އޮފިޝަރު ވިދާޅުވެފައިވާނެތޯ ސުވާލު ކުރައްވާފަ އެވެ. ނަމަވެސް އިންވެސްޓިގޭޝަން އޮފިޝަރާއި އަޑުއެހި ޕޮލިސް އޮފިޝަރުވެސް ވަނީ އެގޮތަށް އަމަލު ކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

ޝާހިދުގެ ފަރާތުން ވަނީ މިމައްސަލައިގެ ތަހުގީގުގެ ބޭރުން އެހެން މައްސަލައެއްގައި ދީފައިވާ ބައެއް މައުލޫމާތު މި މައްސަލައިގެ ތަހުގީގު ބަޔާނުގައި ގައި ހިމަނާފައި ވާތީ ސުވާލު ކުރައްވާފަ އެވެ. ޝާހިދުގެ އެ ސުވާލާއި ގުޅިގެން އެމައްސަލަ ތަހުގީގު ކުރި އިންވެސްޓިގޭޝަން އޮފިޝަރާއި އަހުއެހި ޕޮލިސް އޮފިސަރު ވިދާޅުވީ މީގެ ކުރިން އެހެން މައްސަލައެއްގެ ތުހުމަތެއްގައި ތަހުގީގުކޮށް އެމައްސަލައިގެ ޝަރީއަތް ވެސް ނިމިފައިވާ ކަމަށެވެ. އަދި އޭގެފަހުން ޝާހިދުގެ މައްޗަށް ކުރެވޭ އެހެން ތަހުމަތެއްގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށް ތަހުގީގެއް ހިންގާފައިވާ ކަމަށެވެ. އަދި މިތަހުގީގު ބަޔާނަކީ އެ މައްސަލައިގެ ތެރެއިން ހިންގާފައިވާ ތަހުގީގު ބަޔާނެއް ކަމަށް ވެސް އިންވެސްޓިގޭޝަން އޮފިޝަރާއި ޕޮލިސް އޮފިޝަރު ވެސް ވިދާޅުވި އެވެ.

ޒިޔަތާއި ޝާހިދުގެ ގާނޫނީ ވަކީލުން އޮޅުން ފިލުވަން ބޭނުންވާ ކަންކަން އޮޅުން ފިލުވުމަށް ފަހު، ގާޒީ ވަނީ ދައުވާއާމެދު ދެކޭގޮތް ހާމަ ކުރެއްވުމަށް އަންގަވާފަ އެވެ. އެގޮތުން ޒިޔަތާއި ޝާހިދު ވެސް ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ގާޒީ ވަނީ ދައުލަތުގެ ގާނޫނީ ވަކީލާއި ޒިޔަތާއި ޝާހިދުގެ ވަކީލުން އަރިހުންވެސް ހެކި ހުރި ނަމަ ހެކި ހުށަހެޅުމަށް ފުރުސަތު ދެއްވާފަ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެއީ ބޭންކް އެކައުންޓަކަށް ޖަމާކުރި ފައިސާތަކެއްގެ މައްސަލައެއް ކަމުން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަކުގެ އިތުރަށް ހުށަހަޅާނެ އިތުރު ކިތާބީ ހެއްކެ ނެތް ކަމަށާއި އަދި ޝަފަވީ ހެއްކެއް ވެސް ނެތް ކަމަށެވެ.

ޒިޔަތާއި ޝާހިދުގެ ގާނޫނީ ވަކީލުން ވިދާޅުވީ މިމައްސަލައިގައި ހުށަހަޅަން ހުރީ ކިތާބީ ހެކި އެކަނި ކަމަށެވެ.

ޒިޔަތު އާއި ޝާހިދުގެ މައްޗަށް އުފުލާފައި ވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގައި އެމްއެމްޕީއާރްސީ އަށް ލިބުނު ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވި މައްސަލައިގަ އެވެ. ދައުވާގައިވާ ގޮތުން، ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކުން، ޝާހިދުގެ އެކައުންޓަށް ޑޮލަރުތައް ވަނީ ޖަމާކޮށްފަ އެވެ.

ޅ. މާބިންހުރާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އަށް ޚިޔާނާތްތެރިވި މައްސަލައިގައި ޒިޔަތު މިހާރު ވެސް ހުންނެވީ 8 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ޚިޔާނާތުގެ މައްސަލައާ ގުޅިގެން ޝާހިދު ފުލުހުންގެ ބަންދުގައި ކުރިން ހުރި ނަމަވެސް ފަހުން ވަނީ ގޭބަންދަށް ބަދަލު ކޮށްފަ އެވެ.

އާދިއްތަ ދުވަހުގެ ޝަރީއަތަުގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ވަނީ ކިތާބީ ހެކި ލިޔުމުން ހުށަހެޅުމަށް ތިން ދުވަހުގެ މުހުލަތެއް ދީފަ އެވެ. އޭގެ ފަހުން ހެކި ބަލައި ނުގަނެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ތިން ދުވަހަށްފަހު ޝަރީއަތަުގެ އަޑުއެހުމެއް ބޭއްވޭނެ ކަމަށާއި އެ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުން އޮންނާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް