Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރުންގެ ޤަވާއިދު

ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުކުރެވޭ 4 ޙާލަތެއް ހިމަނައި، އައު ޤަވާއިދަށް އަމަލު ކުރަން ފަށައިފި

10 މެއި 2026 | އާދީއްތަ 09:15

ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ އައު ގަވާއިދެއް ޖޭއެސްސީން އެކުލަވާލައި އަމަލުކުރަން ފަށައިފި. މި ގަވާއިދުގެ ދަށުން ފަނޑިޔާރުން ބަދަލުކުރެވޭނެ ހަތަރު ހާލަތެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ފަނޑިޔާރު އަމިއްލައަށް އެދުމާއި ކޮމިޝަނުން އިސްނަގައިގެން ބަދަލުކުރުން ހިމެނޭ. ފަނޑިޔާރަކު ބަދަލުކުރެވޭނީ އެއް މަރުހަލާއެއްގެ ކޯޓަކަށް ކަމަށާއި، އާންމު އުސޫލުން އެ ކޯޓެއްގައި ދެ އަހަރު ދުވަހު މަސައްކަތް ކޮށްފައިވާން ޖެހޭނެ ކަމަށްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 މެއި 2026 | އާދީއްތަ 09:15
ސިވިލް ކޯޓު

ސިވިލް ކޯޓު | ރާއްޖެއެމްވީ

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލާފައިވާ ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދެއް މީގެ ކުރިން އޮވެއެވެ. ނަމަވެސް މިހާރު އަމަލުކުރަން ފެށި މި ޤަވާއިދާ އެކު އެ ޤަވާއިދު މިހާރު ވަނީ އުވިފައެވެ.

Advertisement - newsAdvertisement

މިހާރު ޝާއިއުކޮށްފައިވާ އައު ޤަވާއިދުގައިވާގޮތުން 4 ޙާލަތެއްގައި ފަނޑިޔާރުން އެހެން ކޯޓަކަށް ބަދަލު ކުރެވެއެވެ. އެގޮތުން ފަނޑިޔާރަކު އަމިއްލައަށް ބޭނުންވެގެން އެހެން ކޯޓަކަށް ބަދަލުވާން އެދުމާއި، ކޮމިޝަނުން އިސްނަގައިގެން އެހެން ކޯޓަކަށް ފަނޑިޔާރު ބަދަލު ކުރުމާއި، ވަކި ކޯޓަކަށް ބަދަލުވުމަށް އެދި ހުށަހެޅުމަށް ކޮމިޝަނުން އާންމުކޮށް ފުރުސަތު ހުޅުވާލުމާއި، ފަނޑިޔާރަކު ނުވަތަ އެއް ފަނޑިޔާރަށްވުރެ ގިނަ ފަނޑިޔާރުން މަސައްކަތް ކުރާ ކޯޓެއް އުވުން ހިމެނެއެވެ.

މި ޤަވާއިދުގެ ދަށުން ފަނޑިޔާރުން ބަދަލު ކުރުމުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާން ޖެހެއެވެ. އޭގެ ތެރޭގައި ބަދަލުވާން އެދޭ ފަނޑިޔާރު ހުރި ކޯޓަށް އައްޔަނުކުރިތާ 2 އަހަރު ހަމަވެފައިވުން ހިމެނެއެވެ. ނަމަވެސް ޙާލަތަށް ރިއާޔަތްކޮށް އެއަށްވުރެ ކުރު މުއްދަތެއްގައިވެސް އެ ފަނޑިޔާރަކު ބަދަލު ކުރުމުގެ އިހުތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.

ހަމައެއާއެކު، ފަނޑިޔާރު ބަދަލުވާން އެދޭ ކޯޓަކީ އެ ފަނޑިޔާރަކު ހުރި ކޯޓާ އެއް މަރުޙަލާއެއްގެ ކޯޓަކަށްވެސް ވާން ޖެހެއެވެ.

މީގެ އިތުރުންވެސް އިތުރު ޝަރުތުތައް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

 

ޖޭއެސްސީފަނޑިޔާރުންގެ ޤާނޫނުފަނޑިޔާރުން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

25 މާރިޗު 2026

ހައި ކޯޓާއި ފެމެލީ ކޯޓަށް އިސް ފަނޑިޔާރުން ހޯދަނީ

25 މާރިޗު 2026
ހައި ކޯޓާއި ފެމެލީ ކޯޓަށް އިސް ފަނޑިޔާރުން ހޯދަނީ
10 މާރިޗު 2026

މުހިއްމު ޤައުމީ މައްސަލަތައް ހުއްޓައި ދެ އިންތިޚާބު އެއްކޮށްލުން މިވަގުތަށް މުހިއްމުވީ ސަބަބު ބުނެ ނުދެވޭނަމަ، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ބުނަން ދަތި: ސުއޫދު

10 މާރިޗު 2026
މުހިއްމު ޤައުމީ މައްސަލަތައް ހުއްޓައި ދެ އިންތިޚާބު އެއްކޮށްލުން މިވަގުތަށް މުހިއްމުވީ ސަބަބު ބުނެ ނުދެވޭނަމަ، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަށް ބުނަން ދަތި: ސުއޫދު
01 މާރިޗު 2026

ދެއިންތިޚާބު އެއްކޮށްލުމުގެ ފަހަތުގައިވާ ބޮޑު ސިއްރު

01 މާރިޗު 2026
ދެއިންތިޚާބު އެއްކޮށްލުމުގެ ފަހަތުގައިވާ ބޮޑު ސިއްރު
23 ފެބުރުއަރީ 2026

ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އަލްއުސްތާޛު ޙަސަން ޝަފީޢު ޢައްޔަންކުރައްވައިފި

23 ފެބުރުއަރީ 2026
ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އަލްއުސްތާޛު ޙަސަން ޝަފީޢު ޢައްޔަންކުރައްވައިފި
16 ފެބުރުއަރީ 2026

ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ ކުރަންވީ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުން: ފައިސަލް

16 ފެބުރުއަރީ 2026
ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ ކުރަންވީ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަން ވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުން: ފައިސަލް
08 ފެބުރުއަރީ 2026

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އަހްމަދު ނިޔާޒު އައްޔަން ކޮށްފި

08 ފެބުރުއަރީ 2026
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އަހްމަދު ނިޔާޒު އައްޔަން ކޮށްފި
03 ފެބުރުއަރީ 2026

ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ހައިކޯޓަށް އައްޔަން ކުރަނީ

03 ފެބުރުއަރީ 2026
ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ހައިކޯޓަށް އައްޔަން ކުރަނީ
09 ޖެނުއަރީ 2026

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ފަނޑިޔާރު ހަސަން ޝަފީއު

09 ޖެނުއަރީ 2026
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ފަނޑިޔާރު ހަސަން ޝަފީއު
12 ޑިސެމްބަރު 2025

ބޮޑެތި މައްސަލަ ތަކުގައި ހެކިބަސް ދޭ ފަރާތްތަކަށް ބިރުދައްކަމުންދާ ކަމަށް ވިދާޅުވުމުން، ގާޒީ އަލީ އާދަމްގެ ސުލޫކީ މައްސަލަ އެއް ޖޭއެސްސީ އަށް ހުށަހަޅައިފި

12 ޑިސެމްބަރު 2025
ބޮޑެތި މައްސަލަ ތަކުގައި ހެކިބަސް ދޭ ފަރާތްތަކަށް ބިރުދައްކަމުންދާ ކަމަށް ވިދާޅުވުމުން، ގާޒީ އަލީ އާދަމްގެ ސުލޫކީ މައްސަލަ އެއް ޖޭއެސްސީ އަށް ހުށަހަޅައިފި
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް