Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބައިނަލްއަގުވާމީ ތެލެސީމިއާ ދުވަސް

ތެލެސީމިއާ އާއިލާތަކަށް ބޭނުންވާ ސިއްހީ އަދި އިޖްތިމާއީ ރައްކާތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް: ރައީސް މުއިއްޒު

ބައިނަލްއަގުވާމީ ތެލެސީމިއާ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި، މި ބަލި ތަހައްމަލުކުރާ އާއިލާތަކަށް ބޭނުންވާ ސިއްހީ އަދި އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަން ފާހަގަކުރެއްވި. ނަމަވެސް، ތެލެސީމިއާ ކުދިންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ދަށްވެ، މުއްދަތު ހަމަވެފައިވާ ކިޓުތައް ބޭނުންކުރުމާއި ލޭ އެޅުމުގައި އިހުމާލުވުން ފަދަ ސިއްހީ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 8 މެއި 2026 | ހުކުރު 08:33
ރައީސް ޑރ.މުހައްމަދު މުއިއްޒު ތެލަސީމިއާ ސެންޓަރަށް ވަޑައިގަންނަވައި، ޕޭޝަންޓެއްގެ ކަންބޮޑުވުން އަޑު އައްސަވަނީ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ތެލަސީމިއާ ސެންޓަރަށް ވަޑައިގަންނަވައި، ޕޭޝަންޓެއްގެ ކަންބޮޑުވުން އަޑު އައްސަވަނީ. | ރައީސް އޮފީސް

ތެލެސީމިއާ އާއިލާތަކަށް ބޭނުންވާނެ ސިއްހީ އަދި އިޖްތިމާއީ ރައްކާތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ބައިނަލްއަގުވާމީ ތެލެސީމީއާ ދުވަހާއި ގުޅިގެން ހުކުރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ތެލަސީމިއާ ދުވަސް ހަނދާކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ކަމަށެވެ. އަދި ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށް ވެސް އެހީތެރިކަމާއި އެއްބާރުލުންދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ތެލެސީމިއާ ތަހައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީ އަޅުގަނޑުމެންގެ ދަރީންކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އެ އާއިލާތަކަށް ބޭނުންވާ ސިއްހީ އަދި އިޖްތިމާއީ ރައްކާތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި، މަސްއޫލިއްޔަތެއް ކަމަށެވެ. 

ބައިނަލްއަގުވާމީ ތެލެސީމީއާ ދުވަސް ކޮންމެ އަހަރެއްގެ މޭ މަހުގެ 8 ވަނަ ދުވަހު ފާހަގަކުރެ އެވެ. މި އަހަރުގެ ޝިއާރަކީ "ހިޑެން ނޯ މޯ: ފައިންޑިންގ ދަ އަންޑައިގްނޯސްޑް" މި ޝިޔާރެވެ. ސަޕޯޓިންގ ދަ އަންސީން، ނުވަތަ އިތުރަށް ފޮރުވުމެއް ނެތި ބަލި ތަހައްމަލުކުރާ މީހުން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުން" މި އެވެ.

ތެލެސީމީއާ ތަހައްމަލު ކުރަމުންދާ މީހުންގެ ހައްގުގައި މިދުވަސް ފާގަގަކުރަމުންދާއިރު، ރައީސް މުއިއްޒުގެ ސަރުކާރުގައި 2025 ވަނަ އަހަރުގެ ތެރޭގައި، މޯލްޑިވްސް ބްލަޑް ސަރވިސްއަށް ލިބިފައިހުރި ފިލްޓަރތަކުގެ މައްސަލައެއް ދިމާވެ، ބްލަޑް ބޭންކުން ލޭ އުކާލަން ޖެހޭ މައްސަލަ ބޮޑުވެ އިހްތިޖާޖް ކޮށްފައިވެ އެވެ. އަދި ރަނގަޅަށް ޚިދުމަތް ނުދެވޭތީ، ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކޮށްފައިވެ އެވެ. 

މީގެ އިތުރުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި، ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރޭގައި މުއްދަތު ހަމަވެފައިވާ ޓެސްޓް ކިޓް ބޭނުން ކުރުމާއި، ތެލެސީމިއާ ކުދިންނަށް ކުނިވެފައިވާ ލޭ އެޅުން ފަދަ ނުރައްކާތެރި އިހުމާލުތައް ފެންމަތިވެފައިވެ އެވެ. 

ތެލަސީމިއާމޯލްޑިވްސް ބްލަޑް ސަރވިސްއޮރެންޖް ހިޔާބައިނަލްއަގުވާމީ ތެލެސީމިއާ ދުވަސް

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2026

ލޭ ދޭ ފަރާތްތަކުގެ ދަފްތަރެއް ގާއިމް ނުކުރެވި ގިނަދުވަސް ވާތީ މިނިސްޓަރާ ސުވާލު ކުރަނީ

26 ޖެނުއަރީ 2026
 ލޭ ދޭ ފަރާތްތަކުގެ ދަފްތަރެއް ގާއިމް ނުކުރެވި ގިނަދުވަސް ވާތީ މިނިސްޓަރާ ސުވާލު ކުރަނީ
23 ޖެނުއަރީ 2026

ލޭ ލިބުން ދަތިވެއްޖެ ކަމަށް ބްލަޑް ސާވިސް އިން ބުނެފި

23 ޖެނުއަރީ 2026
ލޭ ލިބުން ދަތިވެއްޖެ ކަމަށް ބްލަޑް ސާވިސް އިން ބުނެފި
20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
05 ނޮވެމްބަރު 2025

ތެލެސީމިއާ ސެންޓަރާއި ބްލަޑް ސާވިސް ވަކިކުރުމުން ދަތިތަކާ ކުރިމަތިވާނެ: ޑރ. ނުސެއިބާ

05 ނޮވެމްބަރު 2025
ތެލެސީމިއާ ސެންޓަރާއި ބްލަޑް ސާވިސް ވަކިކުރުމުން ދަތިތަކާ ކުރިމަތިވާނެ: ޑރ. ނުސެއިބާ
09 މެއި 2024

ތެލަސީމިއާ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފި

09 މެއި 2024
ތެލަސީމިއާ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު