Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތި

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް

ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތީގެ އަގު 30 މިލިޔަން ރުފިޔާއަށް ވުރެ އިތުރުވާނެ. މިތަކެތި ރާއްޖެއަށް އެތެރެކޮށްފައިވަނީ ރާސް މޯލްޑިވްސް ކުންފުނީގެ ނަމުގައި ކަމަށް ފުލުހުން ބުނޭ. މި ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމުން ޕޮޒިޓިވްވެފައި ވަނީ ހަޝިޝް އޮއިލަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2026 | ހޮނިހިރު 08:45
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރި 40 ކިލޯ ގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. 

މި މައްސަލައިގައި ހައްޔަރުކުރީ، ހއ. ހޯރަފުށީ، އާފިޔާ، އަހުމަދު އަލީ (47އ) އާއި ގދ. ތިނަދޫ، ގޯލްޑަންހައުސް، މުހައްމަދު އާދިލް (57އ) އެވެ. އަހުމަދު އަލީ 26 ޑިސެންބަރު 2025 ގައި ހައްޔަރުކޮށް ބަންދަށް 10 ދުވަސް ވަނީ ޖަހާފަ އެވެ. އަދި އާދިލް 27 ޑިސެންބަރު 2025 ގައި ހައްޔަރުކޮށް ބަންދަށް 5 ދުވަސް ޖަހާފައިވެ އެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އަހުމަދު އަލީގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަސް ކަމަށް ކުރިން ބުނެފައި ވަނީ އޮޅުމަކުން ކަމަށެވެ. އަދި ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން އިތުރު 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އާދިލްގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މިތަކެތި ރާއްޖެއަށް އެތެރެ ކޮށްފައިވަނީ ރާސް މޯލްޑިވްސް ކިޔާ ކުންފުންޏެއްގެ ނަމުގަ އެވެ. އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ މި މައްސަލާގައި ހައްޔަރުކުރި އާދިލް އެވެ. އަދި އަހުމަދު އަލީ އަކީ ރާސް މޯލްޑިވްސްގެ މުދާ ކްލިއާ ކުރުމަށް އެ ކުންފުނީގެ ފަރާތުން ދާނެ ކަމަށް އީ-މެއިލުން ކަސްޓަމްސްގެ ސީކާގޯ އެގްޒަމިނޭޝަނަށް އެންގި މީހާ އެވެ.

ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 30 މިލިޔަން ރުފިޔާ އަށް ވުރެ އިތުރުވާނެ އެވެ. ޗޮކްލެޓް ސިރަޕް ފުޅިތަކެއް ކަސްޓަމްސްއިން އަތުލައިގަތީ، އެ ފުޅިތައް ބަލައި ފާސްކުރުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަ ވުމުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 25 ޑިސެންބަރު 2025 ގަ އެވެ. 

މި ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމުން ޕޮޒިޓިވްވެފައި ވަނީ ހަޝިޝް އޮއިލަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. 

މަސްތުވާތަކެތިއަޙްމަދު ޢަލީމުހައްމަދު އާދިލްރާސް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެއްޗާއި 69000ށް ވުރެ ގިނަ ރުފިޔާ އާއި އެކު ހައްޔަރު ކުރި މީހަކު 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފި

މަސްތުވާތަކެއްޗާއި 69000ށް ވުރެ ގިނަ ރުފިޔާ އާއި އެކު ހައްޔަރު ކުރި މީހަކު 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފި

01 ޖެނުއަރީ 2026
ފަތާފައި ގޮސް ދުވާފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު އާއްމު ކޮށްފި

ފަތާފައި ގޮސް ދުވާފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު އާއްމު ކޮށްފި

01 ޖެނުއަރީ 2026
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

25 ޑިސެމްބަރު 2025
ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ 3 ދިވެހިން ގެނައުމަށް މަސައްކަތް ކުރަނީ

ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ 3 ދިވެހިން ގެނައުމަށް މަސައްކަތް ކުރަނީ

24 ޑިސެމްބަރު 2025
މާލޭގައި މަސްތުވާތަކެތި ވިއްކާ 11 ކެފޭ ބަންދުކޮށް، އޮޕަރޭޝަން އިތުރަށް ފުޅާ ކުރަނީ

މާލޭގައި މަސްތުވާތަކެތި ވިއްކާ 11 ކެފޭ ބަންދުކޮށް، އޮޕަރޭޝަން އިތުރަށް ފުޅާ ކުރަނީ

24 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު