Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ލަންކާ ދަތުރުފުޅު

ލަންކާގައި ތިބި ދިވެހިންނަށް ބިރު ދެއްކުން: ތަރުޖަމާނު ވިދާޅުވީ އެ މައްސަލަ ބެލުމަށް ހައިކޮމިޝަނަށް އަންގަވާފައިވާނެކަމަށް!

ރައީސް ޑރ. މުޢިއްޒު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ބިރުދެއްކި ކަމަށް ބުނާ މައްސަލަ ސަރުކާރުން ބަލަމުންދާ ކަމަށް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެ. މިކަމާ ގުޅިގެން ހައިކޮމިޝަނުން މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ކަމަށާއި، ވަކި ބަޔަކު ބައްދަލުވުމަށް އައުން ހުއްޓުވުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ ކަމަށް އޭނާ ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 މެއި 2026 | ބުރާސްފަތި 11:46
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ސްރީ ލަންކާ އަށް ވަޑައިގެންނެވުމުގެ ތެރެއިން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ސްރީ ލަންކާ އަށް ވަޑައިގެންނެވުމުގެ ތެރެއިން. | ރައީސް އޮފީސް

 

ރައީސް ޑރ މުޙައްމަދު މުއިއްޒު ލަންކާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ލަންކާގައި ދިރިއުޅޭ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް އަމާޒުކޮށް ބިރު ދައްކާފައިވާކަމަށް އެ ފަރާތްތަކުން ބުނެފައިވާއިރު، އެ މައްސަލަ ސަރުކާރުން ބަލާނެކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

Advertisement - newsAdvertisement

މުންދު އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މުންދު ވިދާޅުވީ، އެ މައްސަލަ ބެލުމަށް ހައިކޮމިޝަނަށްވެސް އަންގާފައިވާނެ ކަމަށާއި، އެ ޙާދިސާގެ މައުލޫމާތު ލިބިލެއްވި ހިސާބުން އެގޮތަށް ދަންނަވާފައިވާނެ ކަމަށެވެ.

އެބަ ބަލަން، ޔެސް އެބަ ބަލަން، އަޅުގަނޑުމެން ހައިކޮމިޝަންގައިވެސް ދަންނަވައިފިން އެކަން ބަލަން، އެއީ އެރޭ އެ ޙަފްލާ ހިނގަމުން ދިޔައިރު އެ ޙާދިސާގެ މައުލޫމާތު ހަމަގައިމުވެސް އަޅުގަނޑަށް ލިބެންފެށީ، ވަގުތުން އެތަނުގައި ހައިކޮމިޝަނަރު ހުންނެވި، އެމަނިކުފާނަށް އަޅުގަނޑު ދެންނެވިން މިއީ ކިހިނެއް ހިނގާ ކަމެއްތޯއޭ، ވިދާޅުވި ހަމަ ކަނޑައެޅިގެން ދޮގެކޭ. ތިބޭފުޅުންނަށް އެނގިލައްވާނެ އެބޭފުޅާއަށް ގުޅުއްވާލައްވަން، ގުޅުއްވީމަ ޖަވާބުދާރީވާނެކަމަށް އަޅުގަނޑުމެން މި ބަލަނީ
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) 

މުންދު ވިދާޅުވީ، ސަރުކާރުން ނުވަތަ ރައީސް އަންގަވައިގެން ވަކި ބަޔަކު ރައީސްގެ ބައްދަލުވުމަށް އައުމަށް ހުރަސް އެޅުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެކަމަށެވެ.

ރާއްޖެޓީވީން ފޮރިން މިނިސްޓްރީއާ އެކަމާ ގުޅޭގޮތުން އޭރު ސުވާލު ކުރުމުން' ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެފަދަ މައުލޫމާތެއް ލިބިލައްވާފައި ނެތް ކަމަށެވެ. އަދި އެކަން ޗެކް ކޮށްލައްވާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފަހުން އެކަމުގެ އަޕްޑޭޓެއް މިނިސްޓްރީން ހިއްސާކޮށްފައެއް ނުވެއެވެ.

މުންދުލަންކާސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން

ކޮމެންޓް

އިތުރަށް ކިޔާލަން

އަންނަ ހުރިހާ އާރްޓީއައިއަކީ ސައްޙަ އެއްޗެތި ނޫންކަމަށް ވިދާޅުވެ ތަރުޖަމާނުވެސް އާރްޓީއައިތަކަށް ޖަވާބު ނުދިނުން ދިފާއު ކުރައްވައިފި

އަންނަ ހުރިހާ އާރްޓީއައިއަކީ ސައްޙަ އެއްޗެތި ނޫންކަމަށް ވިދާޅުވެ ތަރުޖަމާނުވެސް އާރްޓީއައިތަކަށް ޖަވާބު ނުދިނުން ދިފާއު ކުރައްވައިފި

07 މެއި 2026
ލަންކާގައި ދިރިއުޅޭ ދިވެހިންގެ ސިޔާސީ ފިކުރު ބަލައި، އެމީހުންނަށް ފާރަލައި ބިރުދައްކާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ލަންކާގައި ދިރިއުޅޭ ދިވެހިންގެ ސިޔާސީ ފިކުރު ބަލައި، އެމީހުންނަށް ފާރަލައި ބިރުދައްކާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

05 މެއި 2026
ރައީސްގެ ދަތުރުފުޅާ ގުޅުވައި ލަންކާގައި ތިބި ދިވެހިންނަށް ބިރު ދެއްކުން: ޚާރިޖީ ވުޒާރާއިން ބުނީ އެކަހަލަ އެއްވެސް މައުލޫމާތެއް ލިބިފައި ނެތްކަމަށް!

ރައީސްގެ ދަތުރުފުޅާ ގުޅުވައި ލަންކާގައި ތިބި ދިވެހިންނަށް ބިރު ދެއްކުން: ޚާރިޖީ ވުޒާރާއިން ބުނީ އެކަހަލަ އެއްވެސް މައުލޫމާތެއް ލިބިފައި ނެތްކަމަށް!

05 މެއި 2026
ކުދިން ތިބީ ނަފްސާނީވެ ބިރުގެންފައި: ރައީސް ވަޑައިގަންނަވާ ތަނަށްގޮސް ހަޅުތާލު ކުރާކަށް ނެތިން!

ކުދިން ތިބީ ނަފްސާނީވެ ބިރުގެންފައި: ރައީސް ވަޑައިގަންނަވާ ތަނަށްގޮސް ހަޅުތާލު ކުރާކަށް ނެތިން!

04 މެއި 2026
ސީރިއަސްލީ ތަރުޖަމާނު؟ ވަރަށް ސެލެކްޓިވް ދެއްތޯ؟

ސީރިއަސްލީ ތަރުޖަމާނު؟ ވަރަށް ސެލެކްޓިވް ދެއްތޯ؟

01 މެއި 2026

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު