Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެށ. މަރޮށި

މަރޮށީ ރައްޔިތުންނަށް ލިބެނީ "ދަބަރު ފެން" - އަޅާލާނެ މީހަކު ނެތް!

15 ފެބުރުއަރީ 2026 | އާދީއްތަ 10:11

ށ. މަރޮށީގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުން ދަބަރު ފެން އަންނާތީ ރައްޔިތުންނަށް ސިއްޙީ އަދި އާންމު ދިރިއުޅުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާއިރު، މި މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނަށް ހުށަހަޅައިގެން ވެސް އެދެވޭ ޖަވާބެއް ލިބިފައެއް ނުވޭ. މި ކަމުގައި ސިޔާސީ ނުފޫޒު އޮތް ކަމަށް ރައްޔިތުން ތުހުމަތު ކުރާއިރު، ރަށުގެ ފެނަކަ އޮފީސް ހިންގުމާ ހަވާލުވެ ހުރި ފަރާތުން މައްސަލަ ހައްލުކުރުމުގެ ބަދަލުގައި މުވައްޒަފުންނަށް ޒާތީ ގޮތުން ޖައްސާލައި އިހުމާލުވަމުންދާ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 15 ފެބުރުއަރީ 2026 | އާދީއްތަ 10:11
ށ. މަރޮށީ ގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުން ފޯރުކޮށްދޭ "ދަބަރު ފެން"

ށ. މަރޮށީ ގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުން ފޯރުކޮށްދޭ "ދަބަރު ފެން" | ރާއްޖެއެމްވީ

ށ. މަރޮށީ ގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުން ފޯރުކޮށްދޭ ފެން ތަޣައްޔަރުވެ، ބޭނުންނުކުރެވޭ މިންވަރަށް ދަބަރު ފެން އަންނާތީ އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅު ކޮށްފި އެވެ. 

މިދިޔަ ސަރުކާރުން ފަށައި، މަސައްކަތް ނިންމާފައިވާ މި މަޝްރޫއުގެ ޚިދުމަތް މިދިޔަ 2025 ވަނަ އަހަރު ދޭން ފެށީ ރައީސް ޑރ.  މުހައްމަދު މުއިއްޒުގެ ސަރުކާރުންނެވެ. ނަމަވެސް، ޚިދުމަތް ދޭން ފެށީއްސުރެ އިސްކުރުތަކުން އަންނަނީ ބުއިމުގެ އިތުރުން އެއްވެސް ކަމަކަށް ބޭނުން ނުކުރެވޭ ފަދަ ދަބަރު ފެން ކަމަށް އެރަށުން ރާއްޖެޓީވީ އާ ވާހަކަދެއްކި މީހަކު ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ސިއްޙީ ގޮތުންނާއި ދިރިއުޅުމުގެ އާންމު ކަންކަމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާއިރު މިކަމަށް ހައްލެއް ހޯދުމަށް އެ ރަށު ފެނަކަށް އޮފީހަށް މައްސަލަ ހުށަހަޅައި، ސިޓީ ވެސް ފޮނުވާފައިވާ ކަމަށާ ނަމަވެސް މި ކަމުގެ ކަންބޮޑުވުން ފާޅުކުރާތާ އަހަރެއް ވީ އިރު ވެސް ހައްލެއް ނުލިބޭތީ އެ ރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. 

މި މައްސަލަ ހައްލުކުރުމަށް އެދި މަރޮށީ ރައްޔިތުންގެ ފަރާތުން ފެނުގެ ސާމްޕަލްތަކާއެކު މި މަހުގެ 9 ވަނަ ދުވަހު ފެނަކަ ކޯޕަރޭޝަނަށް ރަސްމީކޮށް ސިޓީ ފޮނުވާފައިވީ ނަމަވެސް، މިހާތަނަށް އެ ކުންފުނިން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

މި މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމުގެ ތުހުމަތުތަކެއް ވެސް ރައްޔިތުން ދަނީ ކުރަމުންނެވެ. އެގޮތުން، މަރޮށީ ފެނަކަ އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި ސާލިމް އަބްދުﷲ އަކީ ވެރިކަން ކުރާ ޕީއެންސީގެ ސްޓިއަރިންގ ކޮމިޓީގެ މެންބަރެއް ކަމަށާއި، އޭނާއަކީ އެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް ގެ ވަރަށް އަރިސް މީހެއްކަން ރައްޔިތުން ފާހަގަކުރެ އެވެ.

މަރޮށީ ރައްޔިތުން ބުނާ ގޮތުގައި، އޭނާ މި މައްސަލައަށް ހައްލެއް ހޯދައިދޭން އެއްވެސް މަސައްކަތެއް ނުކުރާއިރު، އޭނާ ގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނާ މެދު ވެސް އަމަލުކުރަމުން ދަނީ ޒާތީ އިހާނެތިކޮށެވެ. އެގޮތުން ސިޔާސީ ފިކުރު ތަފާތު މުވައްޒަފުންނަށް އެކި ގޮތްގޮތުން އުނދަގޫ ކުރުމާ ޒާތީ ގޮތުން ޖައްސާލައި، ބައެއް ފަރާތްތަކަށް ގަސްތުގައި ޖެއްސުން ކުރަމުންދާ ކަމުގެ ތުހުމަތު ވެސް ކޮށްފައި ވެ އެވެ. 

އެ ރަށުން ވާހަކަ ދެއްކި ފަރާތަކުން ބުނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި އެތައް ފަހަރަކު ދެންނެވުމުން ވެސް އެދެވޭ ނަތީޖާއެއް ފެނިފައެއް ނުވެ އެވެ.

އަޅުގަނޑުމެން މި ބޭނުންކުރަނީ އިންސާނުން ބޭނުންކުރަން ހެޔޮވާވަރުގެ ފެނެއް ނޫން. ފެނަކަ އޮފީހުގައި ތިބި ސިޔާސީ މީހުންނަށް މުހިންމީ ރައްޔިތުންގެ ސިއްޙަތެއް ނޫން، އެމީހުންގެ މަގާމާއި ސިޔާސީ ގުޅުން.
މަރޮށިން ކަންބޮޑުވުން ފާޅުކުރި ރައްޔިތެއް

ޒިންމާދާރު ފަރާތްތަކުން މިކަމަށް އިހުމާލުވަމުންދާތީ، މަރޮށީ ރައްޔިތުން ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. 

ށ. މަރޮށިފެނަކަ ކޯޕަރޭޝަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

03 ޖެނުއަރީ 2026

އެމްޑީޕީ ސަރުކާރުން ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރަން ފެށި އައު އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި ހުންނަތާ 2 އަހަރު!

03 ޖެނުއަރީ 2026
އެމްޑީޕީ ސަރުކާރުން ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރަން ފެށި އައު އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި ހުންނަތާ 2 އަހަރު!
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
11 ނޮވެމްބަރު 2025

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
07 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން ފެނަކަ މުވައްޒަފުން މާލެ ގެނައުމަށް އަންގައިފި

07 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން ފެނަކަ މުވައްޒަފުން މާލެ ގެނައުމަށް އަންގައިފި
29 އޮކްޓޯބަރު 2025

ފެނަކާއިގެ ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިންގި މުވައްޒަފުންގެ ތެރޭގައި، އެކުންފުނީގެ 13 އެޗްއޯޑީން

29 އޮކްޓޯބަރު 2025
ފެނަކާއިގެ ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިންގި މުވައްޒަފުންގެ ތެރޭގައި، އެކުންފުނީގެ 13 އެޗްއޯޑީން
07 އޮކްޓޯބަރު 2025

ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓު ސިފަވަނީ އަދީބް ފައިލް ކިޔާ ފައިލްއާއި އެފްއައިޔޫ ރިޕޯޓު ނިވާކުރަން އަޅާ ސަތަރިގަނޑެއްގެ ގޮތުގައި: ޒިޔާދު

07 އޮކްޓޯބަރު 2025
ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓު ސިފަވަނީ އަދީބް ފައިލް ކިޔާ ފައިލްއާއި އެފްއައިޔޫ ރިޕޯޓު ނިވާކުރަން އަޅާ ސަތަރިގަނޑެއްގެ ގޮތުގައި: ޒިޔާދު
06 އޮކްޓޯބަރު 2025

އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

06 އޮކްޓޯބަރު 2025
އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް