Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށީ އައު އިންޖީނުގޭގެ މަސައްކަތް ހުއްޓުން

އެމްޑީޕީ ސަރުކާރުން ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރަން ފެށި އައު އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި ހުންނަތާ 2 އަހަރު!

3 ޖެނުއަރީ 2026 | ހޮނިހިރު 11:38

ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލައަށް ހައްލުހޯދުމަށް ކުރީގެ ސަރުކާރުން ފެށި 25 މެގަވޯލްޓްގެ އިންޖީނުގޭގެ މަސައްކަތް 80 އިންސައްތަ ނިމިފައިވިޔަސް މިހާރުގެ ސަރުކާރު އައިފަހުން ދެ އަހަރަށްވުރެ ގިނަދުވަހު ހުއްޓިފައިވެއެވެ. އިމާރާތް ހިމާޔަތް ނުކުރާތީ ވީރާނާވަމުންދާއިރު މަސައްކަތް އަލުން ފެށުމަށް ސިޓީ ކައުންސިލުން ސަރުކާރަށް އެދިފައިވިޔަސް ސާފު ޖަވާބެއް ނުލިބެއެވެ. ކަރަންޓުގެ ޚިދުމަތަށް ދެމިއޮތް ބޮޑެތި ބުރޫތަކުގެ ސަބަބުން އާންމުންނަށް ބޮޑެތި ގެއްލުންވަމުންދާއިރު އައު އިންޖީނުގެ ނިމުމަކީ މި މައްސަލައަށް އޮތް ދާއިމީ ހައްލު ކަމަށް ރައްޔިތުން ދެކެއެވެ.

ޢާއިޝަތު އައިނީ އާމިރު
ޢާއިޝަތު އައިނީ އާމިރު | 3 ޖެނުއަރީ 2026 | ހޮނިހިރު 11:38
ފެނަކަ ކުޅުދުއްފުށީގެ އައު އިންޖީނުގެ

ފެނަކަ ކުޅުދުއްފުށީގެ އައު އިންޖީނުގެ

ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ނިމިދިޔަ އެމް.ޑީ.ޕީ ސަރުކާރުން ފެށި އައު އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި ހުންނަތާ ދެ އަހަރާ ގާތްވެފައިވާތީ އެ ސިޓީގެ ރައްޔިތުންނާއި ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުޅުދުއްފުށީގައި 25 މެގަވޯލްޓްގެ ކަރަންޓް އުފެއްދުމުގެ ޤާބިލްކަން ހުންނާނެހެން ފެށި މި މަޝްރޫޢުގެ ބޮޑުބައި ވަނީ ނިންމާލާފައެވެ. އަދި ސަރުކާރު ބަދަލުވިއިރު، އިންޖީނުގެ އިމާރާތުގެ ގާތްގަނޑަކަށް 80 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އިމާރާތުގެ ފުރާޅަށް ބޭނުންވާ ޓިނުވެސް ހުރީ ސައިޓަށް ގެނެސްފައެވެ.

Advertisement - newsAdvertisement

ނަމަވެސް، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އައިފަހުން މި މަޝްރޫޢުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެއެވެ. އަދި އެ އިމާރާތް ހިޔާނުކޮށް ގިނަ ދުވަސްތަކެއް ވަމުންދާތީ، އަގުބޮޑު ތަކެއްޗާއެކު މުޅި އިމާރާތް ވީރާނާވަމުންދާ ކަން ފާހަގަކޮށްލެވެއެވެ.

ކުޅުދުއްފުށީގެ އައު އިންޖީނުގޭގެ މަސައްކަތް ހުއްޓި، އިމާރާތް ވީރާނާވަނީ

ކުޅުދުއްފުށީގެ އައު އިންޖީނުގޭގެ މަސައްކަތް ހުއްޓި، އިމާރާތް ވީރާނާވަނީ

މި މަޝްރޫޢުގެ މަސައްކަތާއި ގުޅިގެން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް 'ރާއްޖެ އެމްވީ' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ, މި މަޝްރޫޢު އަކީ ކުރިން ފެނަކަ ކޯޕަރޭޝަންގެ އިންޓާނަލް މަޝްރޫޢެއްގެ ގޮތުގައި އެ ކުންފުންޏަށް ކޮންޓްރެކްޓް މުވައްޒަފުން ނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށެވެ.

ސަރުކާރު ބަދަލުވުމުން އެ މަޝްރޫއު ހުއްޓިފައިވާކަމުގެ ކަންބޮޑުވުން އެތައް ފަހަރެއްގެ މަތިން ފެނަކައިގެ އިސްވެރިންނަށާއި ގުޅުންހުރި ވުޒާރާއަށް ހިއްސާކޮށް އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅުއްވާ, މަޝްރޫއު ކުރިއަށް ގެންގޮސްދެއްވުމަށް ތަކުރާރުކޮށް އެދިފައިވާނެކަމަށް މޭޔަރ ޢާޠިފް ފާހަގަކުރައްވާފައިވެއެވެ.

"މިއަދާ ހިސާބަށް އައިއިރުވެސް މަޝްރޫޢުގެ އެއްވެސް މަސައްކަތެއް ނުކުރޭ. އަދި މި މަސައްކަތް އިތުރަށް ކުރިއަށް ގެންދާނެ ގޮތުގެ އެއްވެސް ތަފްސީލެއް ފެނަކައަށްވެސް އަދި ސަރުކާރުގެ ކަމާބެހޭ ފަރާތަކަށްވެސް ސާފުކޮށް ވިދާޅުވެެ ނުދެވޭ." 
މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ.

ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގެ ކަރަންޓުގެ ޚިދުމަތަށް އެތައް ފަހަރެއްގެ މަތިން ބޮޑެތި ބުރޫތަކެއް އަރާފައިވެއެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއްވަމުންދާއިރު، އައު އިންޖީނުގެ ނިމުމަކީ މި މައްސަލައަށް އޮތް ހަމައެކަނި ދާއިމީ ހައްލު ކަމަށް އެ ސިޓީގެ ގިނަ ބަޔަކު ދެކެއެވެ.

ފެނަކަ ކުޅުދުއްފުށީ ބްރާންޗްފެނަކަ ކޯޕަރޭޝަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
11 ނޮވެމްބަރު 2025

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
07 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން ފެނަކަ މުވައްޒަފުން މާލެ ގެނައުމަށް އަންގައިފި

07 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން ފެނަކަ މުވައްޒަފުން މާލެ ގެނައުމަށް އަންގައިފި
29 އޮކްޓޯބަރު 2025

ފެނަކާއިގެ ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިންގި މުވައްޒަފުންގެ ތެރޭގައި، އެކުންފުނީގެ 13 އެޗްއޯޑީން

29 އޮކްޓޯބަރު 2025
ފެނަކާއިގެ ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިންގި މުވައްޒަފުންގެ ތެރޭގައި، އެކުންފުނީގެ 13 އެޗްއޯޑީން
07 އޮކްޓޯބަރު 2025

ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓު ސިފަވަނީ އަދީބް ފައިލް ކިޔާ ފައިލްއާއި އެފްއައިޔޫ ރިޕޯޓު ނިވާކުރަން އަޅާ ސަތަރިގަނޑެއްގެ ގޮތުގައި: ޒިޔާދު

07 އޮކްޓޯބަރު 2025
ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓު ސިފަވަނީ އަދީބް ފައިލް ކިޔާ ފައިލްއާއި އެފްއައިޔޫ ރިޕޯޓު ނިވާކުރަން އަޅާ ސަތަރިގަނޑެއްގެ ގޮތުގައި: ޒިޔާދު
06 އޮކްޓޯބަރު 2025

އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

06 އޮކްޓޯބަރު 2025
އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން
03 އޮކްޓޯބަރު 2025

މުއިއްޒު ސަރުކާރުން 24 ބައު އިންޖީނު ގަނެ 46.9 މިލިއަން ރުފިޔާގެ ޚިޔާނަތް ހިންގި ގޮތުގެ ރިޕޯޓު ލީކު ކޮށްލައިފި

03 އޮކްޓޯބަރު 2025
މުއިއްޒު ސަރުކާރުން 24 ބައު އިންޖީނު ގަނެ 46.9 މިލިއަން ރުފިޔާގެ ޚިޔާނަތް ހިންގި ގޮތުގެ ރިޕޯޓު ލީކު ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް