Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫއޭއީ

އޯޕެކް އިން ޔޫއޭއީ ވަކިވެއްޖެ

އެ ޤައުމުގެ ރަސްމީ ނޫސް އެޖެންސީ ވާމް އިން ބުނީ، މި ނިންމުން ނިންމީ އެ ޤައުމުގެ ދިގު މުއްދަތުގެ ސްޓްރެޓީޖިކް އަދި އިޤްތިޞާދީ ވިޝަން އަދި ބަދަލުވަމުން އަންނަ އެ ޤައުމުގެ ހަކަތައާ ގުޅުންހުރި ސިޔާސަތުތައް ދެނެގަތުމަށް ފަހު ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އެޕްރީލު 2026 | ބުދަ 04:18
ޕެޓްރޯލިއަމް އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމިއްޔާ، އޯޕެކްގެ ލޯގޯ ޖަހާފައިވާ ތެޔޮ ފީފާއެއްގެ މޮޑެލްއެއް ބަހައްޓާފައި ހުރި ސަރަހައްދަކުން ބަޔަކު ހިނގާފައި ދަނީ.

ޕެޓްރޯލިއަމް އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމިއްޔާ، އޯޕެކްގެ ލޯގޯ ޖަހާފައިވާ ތެޔޮ ފީފާއެއްގެ މޮޑެލްއެއް ބަހައްޓާފައި ހުރި ސަރަހައްދަކުން ބަޔަކު ހިނގާފައި ދަނީ. | ރޮއިޓާސް

އޯޕެކް އާއި އޯޕެކް ޕްލަސް އިން ވަކިވާން ނިންމާފައިވާ ކަމަށް، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ހާމަ ކޮށްފި އެވެ.

އަންގާރަ ދުވަހު ޔޫއޭއީ އިން ވަނީ އެ ޤައުމު އޯޕެކް އާއި އޯޕެކް ޕްލަސް އިން ވަކިވާން ނިންމާފައިވާކަން އިއުލާން ކޮށްފަ އެވެ. އެ ޤައުމުގެ ރަސްމީ ނޫސް އެޖެންސީ ވާމް އިން ބުނީ، މި ނިންމުން ނިންމީ އެ ޤައުމުގެ ދިގު މުއްދަތުގެ ސްޓްރެޓީޖިކް އަދި އިޤްތިޞާދީ ވިޝަން އަދި ބަދަލުވަމުން އަންނަ އެ ޤައުމުގެ ހަކަތައާ ގުޅުންހުރި ސިޔާސަތުތައް ދެނެގަތުމަށް ފަހު ކަމަށެވެ.

މީގެ ތެރޭގައި ޤައުމީ ހަކަތައާ ގުޅުން ހުރި އުފެއްދުންތެރި ކަމަށް އިތުރު އިންވެސްޓްމަންޓް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނޭ ކަމަށާއި، އެ ނިންމުމަކީ ބައިނަލްއަޤުވާމީ ހަކަތައާ ބެހޭ ބާޒާރުގައި ޒިންމާދާރު، އިތުބަރު އަދި ކުރިއަރަމުންދާ ދައުރެއް އަދާ ކުރުމުގެ އަޒުމު އިތުރަށް ވަރުގަދަ ކުރުމަށް ނިންމި ނިންމުމެއް ކަމަށް ބުނެފައިވެ އެވެ. 

މީގެ އިތުރުން ވާމް އިން ބުނެފައި ވަނީ، އެ ނިންމުން ނިންމީ ޔޫއޭއީގެ އުފެއްދުންތެރި ކަމުގެ ސިޔާސަތަށް ފުރިހަމަ ގޮތެއްގައި ރިވިއު ކުރުމަށް ފަހު ކަމަށާއި، މިހާރުގެ އަދި ކުރިއަށް އޮތް ތަނުގެ އުފެއްދުންތެރި ކަމުގެ ޤާބިލުކަން ދެނެގަނެ، ޤައުމީ މަސްލަހަތު ރައްކާތެރިކޮށް، ބާޒާރުގެ ޙާލަތަށް ބަލައި ބޭނުންތައް ފުއްދުމަށް އަމަލީ ގޮތުން އެހީތެރިވުމުގެ އަޒުމުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އޯޕެކް ޖަމާއަތުން ވަކިވުމަށް ފަހު، ޔޫއޭއީ އިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އެ ޤައުމުން ޒިންމާދާރު ގޮތެއްގައި އަމަލު ކުރާނެ ކަމަށާއި، ބާޒާރުގެ ޙާލަތަށް އަދި ބޭނުން ތަކަށް ބަަލައި، އިތުރު އުފެއްދުންތައް ބާޒާރަށް ގެނައުމުގައި ވަރުގަދަ އަދި ހަމަހަމަކޮށް ކުރިއަށް ދާނެ ކަމަށެވެ. 

ޔޫއޭއީގެ މި ނިންމުމަކީ ބައިނަލްއަޤުވާމީ ތެލުގެ ބާޒާރަށް ބޮޑު އަސަރެއް ކުރާނެ ނިންމުމެއްގެ ގޮތުގައި ވިޔަފާރިވެރިން ދެކެމުންދާއިރު، ޔޫއޭއީ އަކީ ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވްހުރި ޤައުމު ތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އޯޕެކް ޕްލަސް ޖަމާއަތުގައި ހިމެނޭ ޤައުމު ތަކުން ދުނިޔޭގެ ތެލުގެ އެފެއްދުންތެރި ކަމުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރެ އެވެ.

މަސްދަރު: ރޮއިޓާސް

އޯޕެކްއޯޕެކް ޕްލަސްޔުނައިޓެޑް އަރަބް އެމިރޭޓްސް

އިތުރަށް ކިޔާލަން

06 އެޕްރީލު 2026

ފުޖައިރާގައި ހުންނަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްގެ އިމާރާތަކަށް، އީރާން އިން ޑްރޯން ހަމަލާ ތަކެއް ދިން ކަމަށް ތުހުމަތު ކޮށްފި

06 އެޕްރީލު 2026
ފުޖައިރާގައި ހުންނަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެއްގެ އިމާރާތަކަށް، އީރާން އިން ޑްރޯން ހަމަލާ ތަކެއް ދިން ކަމަށް ތުހުމަތު ކޮށްފި
18 މާރިޗު 2026

އީރާނުގެ ގޭސް ފީލްޑަކަށް ދިން ހަމަލާއަކާ ގުޅިގެން ތެލާއި ގޭހުގެ އަގުތައް އުފުލިއްޖެ

18 މާރިޗު 2026
އީރާނުގެ ގޭސް ފީލްޑަކަށް ދިން ހަމަލާއަކާ ގުޅިގެން ތެލާއި ގޭހުގެ އަގުތައް އުފުލިއްޖެ
15 މާރިޗު 2026

ހަމަލާ ތަކުން ދިފާއު ވުމުގެ ޙައްގު ޔޫއޭއީ އަށް އެބަ އޮތް، އެކަމަކު މިތިބީ ކެތްތެރިކަން އިސްކޮށްގެން: ޔޫއޭއީ ރައީސްގެ އެޑްވައިޒަރު

15 މާރިޗު 2026
ހަމަލާ ތަކުން ދިފާއު ވުމުގެ ޙައްގު ޔޫއޭއީ އަށް އެބަ އޮތް، އެކަމަކު މިތިބީ ކެތްތެރިކަން އިސްކޮށްގެން: ޔޫއޭއީ ރައީސްގެ އެޑްވައިޒަރު
28 ފެބުރުއަރީ 2026

އަބޫދާބީ އާއި ދުބާއީ ގައި ވަރުގަދަ ގޮވުންތަކެއް، އެކަކު މަރު!

28 ފެބުރުއަރީ 2026
އަބޫދާބީ އާއި ދުބާއީ ގައި ވަރުގަދަ ގޮވުންތަކެއް، އެކަކު މަރު!
28 ފެބުރުއަރީ 2026

ރައްދުގައި އީރާން އިން އެމެރިކާ އާއި، އިޒްރޭލްގެ ބޭސް ތަކަށް ހަމަލާ ދޭން ފަށައިފި

28 ފެބުރުއަރީ 2026
ރައްދުގައި އީރާން އިން އެމެރިކާ އާއި، އިޒްރޭލްގެ ބޭސް ތަކަށް ހަމަލާ ދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު