Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިސްރާއީލު ގުޅުން

ޣައްޒާ އިން ފަލަސްތީނު ރައްޔިތުން ބޭލުމުގެ ޕްލޭން އާއެކު އެމެރިކާގެ ޚާރިޖީ ވަޒީރު އިސްރާއީލުގެ ބޮޑު ވަޒީރު އާ ބައްދަލު ކުރައްވައިފި

އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ އަދި ހަތިޔާރު ފޯރުކޮށްދޭ ބައިވެރިޔާ އެމެރިކާއިން ބުނެފައިވަނީ އަރަބި ސަރުކާރުތަކުން ހުށަހަޅާ އެހެން ހުށަހެޅުންތަކަށް އެމެރިކާ ހުޅުވިފައި އޮތް ނަމަވެސް، މިވަގުތަށް "ހަމައެކަނި ޕްލޭނަކީ ޓްރަމްޕްގެ ޕްލޭން" ކަމަށް

ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2025 | އާދީއްތަ 11:23
އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރެވުން

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރެވުން

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ އާދީއްތަ ދުވަހު ޖެރޫސަލަމްގައި އިސްރާއީލުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވޮޝިންގްޓަންގެ އެންމެ އިސް ޑިޕްލޮމެޓްގެ ގޮތުގައި މި ސަރަޙައްދަށް ކުރެއްވި ފުރަތަމަ ދަތުރުގައި، ރޫބިއޯ، ދުނިޔޭގެ ނުރުހުން އަމާޒުވެފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާ ރައްޔިތުން އެ ބިމުން ބޭލުމާ ބެހޭ ހުށަހެޅުން ޕްރޮމޯޓު ކުރައްވާނެ ކަމަށް ވަނީ ބެލިފައެވެ.

ޓްރަމްޕްގެ ޕްލޭނަކީ ޣައްޒާ އެމެރިކާ އިން ހިސޯރުކޮށް، އެތަނުގައި ދިރިއުޅޭ ދެ މިލިއަނަށްވުރެ ގިނަ މީހުން އެހެން ތަނަކަށް ބަދަލުކުރުމެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ދާދި ފަހުން ވައިޓް ހައުސް އަށް ކުރެއްވި ޒިޔާރަތުގައި މި ޚިޔާލަށް މަރުޙަބާ ކިޔުއްވާފައެވެ. ނަމަވެސް އަރަބި އަދި މުސްލިމް ގައުމުތަކުގެ އިތުރުން އދ އާއި ދުނިޔޭގެ އެތައް ގައުމަކުން ވަނީ ޓްރަމްޕްގެ މި ޕްލޭނަކީ ޣައިރު ގާނޫނީ އަދި ނަސްލު ނައްތާލުމާ އެއްފަދަ ޕްލޭނެއް ކަމަށް ބުނެ ނުރުހުން ފާޅު ކޮށްފައެވެ.

ރޫބިއޯ އިސްރާއީލަށް ވަޑައިގަތް އިރު އޭގެ ކުރީ ދުވަހު ހަމާސްއިން ޣައްޒާގައި ހިފަހައްޓާފައި ތިބި މީހުންގެ ތެރެއިން އިޒްރޭލުގެ 3 މީހުން ދޫކޮށްލައި، އޭގެ ބަދަލުގައި 369 ފަލަސްޠީނު މީހުން އިސްރާއީލުން ވަނީ ދޫކޮށްލާފައެވެ. މިއީ ނާޒުކު ހަނގުރާމަ ހުއްޓުމުގެ ދަށުން ހަވަނަ ފަހަރަށް އިސްރާއީލާއި ހަމާސް އާ ދެމެދު ކުރެވުނު މުޢާމަލާތެވެ.

ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް އަމާޒުކޮށްގެން ހަދާފައިވާ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް އަންނަ ހަފްތާގައި ދޯހާގައި ފެށޭނެ ކަމަށް ބެލެވެއެވެ.

އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ އަދި ހަތިޔާރު ފޯރުކޮށްދޭ ބައިވެރިޔާ އެމެރިކާއިން ބުނެފައިވަނީ އަރަބި ސަރުކާރުތަކުން ހުށަހަޅާ އެހެން ހުށަހެޅުންތަކަށް އެމެރިކާ ހުޅުވިފައި އޮތް ނަމަވެސް، މިވަގުތަށް "ހަމައެކަނި ޕްލޭނަކީ ޓްރަމްޕްގެ ޕްލޭން" ކަމަށެވެ.

ސަޢޫދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވެސް ރޫބިއޯ ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ ބައްދަލުކުރައްވައިފި

މާކޯ ރޫބިއޯ އިރުމަތީ ޤުދުސްޣައްޒާޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫހަމާސްސައޫދީ އަރަބިއްޔާޔުނައިޓެޑް އަރަބް އެމިރޭޓްސް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު