Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޮނު އެޅުން

ހޮނު އެޅުމުގެ ސަބަބުން ކަރަންޓުގެ މައްސަލަތަކެއް ދަނީ ދިމާވަމުން، މައްސަލައެއް ދިމާވެއްޖެނަމަ ސްޓެލްކޯގެ ހޮޓްލައިނަށް ގުޅުމަށް އެދިފައިވޭ!

މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގުގުރައި ހޮނު އެޅުމުގެ ސަބަބުން ބައެއް ގޭގޭގެ އީ.އެލް.ސީ.ބީ ޓްރިޕްވެ ކަރަންޓު ކެނޑެމުންދާތީ، ޑީ-ބޯޑު ޗެކްކުރުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައި. އީ.އެލް.ސީ.ބީ ރިސެޓްކޮށްގެންވެސް ކަރަންޓު ނުލިބޭނަމަ، އެ ކުންފުނީގެ ހޮޓްލައިން 1545 އަށް ގުޅައި ރިޕޯޓްކުރުމަށް ވަނީ އެދިފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 އެޕްރީލު 2026 | ބުދަ 03:43
ގަދަކަނޑުގައި މޫސުން ގޯސްވެފައިވަނިކޮށް އައުޓްބޯޑް އަޅާފައިވާ ހައިސްޕީޑް ލޯންޗެއް ދަތުރު ކުރަނީ

ގަދަކަނޑުގައި މޫސުން ގޯސްވެފައިވަނިކޮށް އައުޓްބޯޑް އަޅާފައިވާ ހައިސްޕީޑް ލޯންޗެއް ދަތުރު ކުރަނީ | ސީ. ރިޔަން މެގްވިނީ

ބާރު ގުގުރިއާޗއެކު ހޮނު އެޅުމުގެ ސަބަބުން ކަރަންޓު މައްސަލަތަކެއް ދިމާވަމުންދާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން އަންގާރަ ދުވަހު ގެރޭ ކުރި ޕޯސްޓެއްގައި ބުނީ، މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގުގުރައި ހޮނު އެޅުމުގެ ސަބަބުން، ބައެއް ގޭގޭގެ އީ.އެލް.ސީ.ބީ (ELCB) ޓްރިޕްވެ ކަރަންޓު ކެނޑެމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މިފަދަ ހާލަތެއް މެދުވެރިވެ ކަރަންޓު ހިނގައްޖެނަމަ، ގޭތެރޭގެ ނުވަތަ އެޕާޓްމަންޓުގެ ޑީ-ބޯޑު ޗެކްކޮށް، އީ.އެލް.ސީ.ބީ ވެއްޓިފައިވާނަމަ އަލުން ނަގައި ކަރަންޓު ދިނުމަށް މަސައްކަތް ކުރުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.

އެހެން ނަމަވެސް، އީ.އެލް.ސީ.ބީ ރިސެޓްކުރުމަށް ފަހު ނަގާ ވަގުތު އަލުން ވެއްޓޭނަމަ، ނުވަތަ ކަރަންޓު ނުލިބޭނަމަ ސްޓެލްކޯގެ ހޮޓްލައިން 1545 އަށް ގުޅައި ރިޕޯޓް ކުރުމަށްވެސް ސްޓެލްކޯއިން ވަނީ އެދިފައެވެ.

އަންގާރަ ދުވަހުގެރޭ އެކި ހިސާބުތަކަށް ގުގުރާފައިވާއިރު، ބާރު ގުގުރާއިއެކު ހުޅުމާލޭގެ އިމާރާތަކަށް ހޮނު އަޅާފައިވެސް ވެއެވެ. އެގޮތުން ހޮނު އަޅާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރަބަރުގަސް މަގު 7 ކައިރީގައި ހުރި އިމާރާތަކަށެވެ. ހޮނު އެޅުމާއެކު އޭރު އެހިސާބުން ކަރަންޓުވެސް ކަނޑައިގެން ދިޔައެވެ.

 

ސްޓެލްކޯކަރަންޓު ބިލު މޫސުމީ ވާރޭ

އިތުރަށް ކިޔާލަން

23 އެޕްރީލު 2026

ކަރަންޓު ބިލު ދެގުނަ ބޮޑުވެ އާއްމު ރައްޔިތުން ރަތަށް، ރ. އަނގޮޅިތީމު ރައްޔިތުން ނުކުތީ މުޒާހަރާ އަށް!

23 އެޕްރީލު 2026
ކަރަންޓު ބިލު ދެގުނަ ބޮޑުވެ އާއްމު ރައްޔިތުން ރަތަށް، ރ. އަނގޮޅިތީމު ރައްޔިތުން ނުކުތީ މުޒާހަރާ އަށް!
07 މާރިޗު 2026

ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ރަމަޟާން މަހުގެ ކަރަންޓު ބިލުން ދޭ ޑިސްކައުންޓަށް ބޭނުންވާ ފައިސާ ހޯދަން: ބިގޭ

07 މާރިޗު 2026
ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ރަމަޟާން މަހުގެ ކަރަންޓު ބިލުން ދޭ ޑިސްކައުންޓަށް ބޭނުންވާ ފައިސާ ހޯދަން: ބިގޭ
12 ޖެނުއަރީ 2026

ސްޓެލްކޯގެ އެމްޑީ ކަމުން ޝަމާހު ވަކިކުރި މައްސަލަ އާއި ލީކުވި އޯޑިއޯ މައްސަލާގައި ސަރުކާރުން ޖަވާބުދާރީވާން ޖެހޭ: އެމްޑީޕީ

12 ޖެނުއަރީ 2026
ސްޓެލްކޯގެ އެމްޑީ ކަމުން ޝަމާހު ވަކިކުރި މައްސަލަ އާއި ލީކުވި އޯޑިއޯ މައްސަލާގައި ސަރުކާރުން ޖަވާބުދާރީވާން ޖެހޭ: އެމްޑީޕީ
12 ޖެނުއަރީ 2026

ނޯށުން ރޯ ވަރަށް ގައުމުން ވައްކަން ކުރަނީ!

12 ޖެނުއަރީ 2026
ނޯށުން ރޯ ވަރަށް ގައުމުން ވައްކަން ކުރަނީ!
12 ޖެނުއަރީ 2026

ޝަމާހު ވަކިކުރިތާ 24 ގަޑި އިރު ނުވަނީސް އޭނާގެ މައްސަލަ އެއް އޭސީސީ އިން ބަލަން ފަށައިފި

12 ޖެނުއަރީ 2026
ޝަމާހު ވަކިކުރިތާ 24 ގަޑި އިރު ނުވަނީސް އޭނާގެ މައްސަލަ އެއް އޭސީސީ އިން ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު