Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހުމަދު ޝަމާހު ރަޝީދު

ސްޓެލްކޯގެ އެމްޑީ ކަމުން ވަކި ކުރި ޝަމާހު ގެ އޯޑިއޯ އެއް ލީކު ވެއްޖެ، ބުނަނީ ސްޓެލްކޯ ގައި މިކުރާ ކަންތައް އެމީހުންނަށް އެނގޭ ނަމަ ނޯށުން ރޯނެ ކަމަށް!

ސްޓެލްކޯގެ އެމްޑީ ކަމުން ވަކި ކުރި އަހްމަދު ޝަމާހު ގެ ލީކުވި އޯޑިއޯއެއް ގައި އޭނާ ސްޓެލްކޯގައި ހިންގި ވައްކަމާ ޚިޔާނާތުގެ ވާހަކަ ބަޔަކަށް ކިޔައިދޭ. އޭނާ ބުނީ އެކަންތައްތައް ތަނުގެ މީހުންނަކަށް ނޭނގޭނެ ކަމަށާއި އެކަން އެނގެނީ ހަމައެކަނި އަޒްހަދާއި ސާއިދަށް ކަމަށް. އޭނާ ބުނީ ސްޓެލްކޯގެ އިސް މީހުންނަށް އެނގިފައި އޮންނަނީ އޭނާ އަކީ އަންހެނުންނާ ހެދި މޮޔަވެފައި ހުންނަ މީހެއް ކަމަށް.

ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 15:44
އަހުމަދު ޝަމާހު ރަޝީދު

އަހުމަދު ޝަމާހު ރަޝީދު | ސްޓެލްކޯ

ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ގެ މަގާމުން ވަކި ކުރި އަހުމަދު ޝަމާހު ހިންގާ ޚިޔާނާތުގެ ވާހަކަ ބަޔަކާ ހިއްސާ ކުރާ އޯޑިއޯ އެއް ލީކުކޮށްލައިފި އެވެ.

އެ އޯޑިއޯ ގައި އޭނާ ވާހަކަ ދައްކަމުން ގެންދިޔަ އިތުރު ބަޔަކަށް ކިޔައިދެމުން ގެންދިޔައީ ސްޓެލްކޯ ގައި އޭނާ ވަރަށް މޮޅަށް ހިންގަމުންދާ ވައްކަމާ ޚިޔާނަތުގެ ވާހަކަ ތަކެވެ.

Your browser does not support the video tag.

ޝަމާހު ބުނާ އަޑު އިވެނީ އޭނާ ކުރާ ކަންތައްތައް އެތަނުގެ މީހުންނަކަށް ނޭނގޭނެ ކަމަށާއި އެންމެ ކައިރީގައި ހުންނަ މީހާ އަށް ވެސް އޮޅުވާލާފައި ވާނެ ކަމަށެވެ.

އެއްވެސް މީހަކަށް ދޮންކަޅު ވެސް ނޭނގޭނެ ދޯ އޭ އެހެން މީހަކު ބުނުމުން ޝަމާހު ބުނަނީ އަޒްހަދަށް އެނގޭނެ ކަމަށެވެ.

"މަ ބޭނުން މިކުރަނީ އޭނާތާ" ޝަމާހު ބުންޏެވެ.

އޯޑިއޯ ގައި ޝަމާހު ބުނީ އޭނާ ސްޓެލްކޯ ގައި ހިންގާ ޚިޔާނާތް އެނގޭނެ ތިބޭނީ ދެ މީހުން ކަމަށެވެ.

"ސްޓެލްކޯ އިން މަގޭ މިކުޅޭ ކުޅިވަރު އެނގޭނެ ތިބޭނީ ދެ މީހުން އެއީ އަޒްހަދު އާއި ސާއިދު އާ،" ޝަމާހު ބުންޏެވެ.

އޯޑިއޯ ގައި ޝަމާހު ބުނަނީ، މުޒޫ އަށް ގުޅާފައި ފިހާރަ އެއް ހުޅުވަން ހިނގާށޭ ބުނުމުން "މަ ޑްރީމް ކުރާ ވަރަކީ އެވަރު" ކަމަށް އޭނާ އަށް ހީވި ކަމަށެވެ.

އޭނާ އެމްޑީ ފިހާރަ އެއް ހުޅުވަނީހޭ އެހުމުން "ހިނގާށޭ ސްޓެލްކޯ ކާލަން" ޝަމާހު ބުނި ކަމަށް އޭނާ އޯޑިއޯ ގައި ބުނެ އެވެ.

އޭނާ "އެމްޑީ އަކަށް ނުވާނޭ" ބުނި ކަމަށް ޝަމާހު ބުންޏެވެ.

ޝަމާހު ބުނީ އެމީހުން އޭނާ "ރޭޓް ކޮށްފައި ވަނީ" ވަރަށް ދަށުން ކަމަށެވެ.

މުޒޫ ގޮސް އަސްމާ ކައިރީގައި އެވާހަކަ ބުނުމުން އެކަން އެމްޑީ އަކަށް ނުވާނެ ކަމަށް އަސްމާ ވެސް ބުނި ކަމަށް ޝަމާހު އޯޑިއޯ ގައި ބުނެ އެވެ.

"އަންހެން ކުދިން ފަހާ ދުވުން ހުއްޓާލައިގެން ނޫންހޯ އެމްޑީ އަށް ކަމެއްވާނި،" އަސްމާ ބުނި ކަމަށް ޝަމާހް އޯޑިއޯ ގައި ބުނެ އެވެ.

ސްޓެލްކޯ ގައި މިއުޅޭ ޓޮޕް ލެވެލް ގައި އެމީހުން ނިންމާފައި އިންނަނީ ޝަމާހު އަކީ އަންހެނުންނާ ހެދި މޮޔަވެފައި ހުންނަ މީހެއްގެ ގޮތުގައި ކަމަށް ޝަމާހު ބުންޏެވެ.

ލާރި އަކީ އެއްވެސް ވަރަކަށް އޭނާ ވިސްނާ އެއްޗެއް ނޫން ކަމަށް އެމީހުންނަށް ވިސްނިފައި އޮންނަ ކަމަށް ޝަމާހު ބުނެ އެވެ.

"އެކަމު މި މީހުން ނޯށުން ރޯނެ މި ހުރިހާ އެއްޗެއް އިނގޭ ނަމަ." ޝަމާހު ބުންޏެވެ.

އޭނާ އޯޑިއޯ ގައި ބުނަނީ ސްޓެލްކޯގެ އިސް މީހުންނަށް އޭނާ އަކީ ވައްކަމާ ޚިޔާނާތުގެ ރޮނގުން ޕީއެޗްޑީ ހަދައިގެން ހުރި މީހެއް ކަމެއް ނޭނގޭ ކަމަށެވެ. 

އޯޑިއޯ އާ ބެހޭ ގޮތުން ޝަމާހު ގެ ބަހެއް ހޯދުމަށް މި ނޫހުން ކުރި މަސައްކަތް ކާމިޔާބުވެފަ އެއް ނުވެ އެވެ.

ޝަމާހު ސްޓެލްކޯގެ އެމްޑީ ކަމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މަގާމުން އޭނާ ވަކި ކުރީ އާދިއްތަ ދުވަހު އެވެ.

ޝަމާހު ވަނީ މީގެ ކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އޭރު އޭނާ އެ މަގާމުން ވަކި ކުރީ ބޮޑެތި ތުހުމަތެއްކޮށް، އެއްމަސް ވަންދެން ސަސްޕެންޝަނުގައި ބެހެެއްޓުމަށް ފަހުގަ އެވެ.

ސްޓެލްކޯގެ ވެރިކަން އޭނާ އަށް ރައީސް މުއިއްޒު ދެއްވުމުގެ ކުރިން ހުރީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގެ މަގާމުގަ އެވެ. 

އަހުމަދު ޝަމާހުސްޓެލްކޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސްޓެލްކޯ އެމްޑީގެ މަގާމަށް އައްޔަން ކުރިތާ 5 މަސް ނުވަނީސް ޝަމާހު ވަކިކޮށްފި

ސްޓެލްކޯ އެމްޑީގެ މަގާމަށް އައްޔަން ކުރިތާ 5 މަސް ނުވަނީސް ޝަމާހު ވަކިކޮށްފި

11 ޖެނުއަރީ 2026
ސްޓެލްކޯ ގެ ކޮރަޕްޝަން މިނިސްޓަރާ ހިއްސާ ކުރުމުގެ ނަތީޖާ: ޖެހިގެން އައި ހަފްތާ ގައި ވަޒީފާ އިން ކަނޑާލީ މައްސަލަ ރިޕޯޓު ކުރި މުވައްޒަފު!

ސްޓެލްކޯ ގެ ކޮރަޕްޝަން މިނިސްޓަރާ ހިއްސާ ކުރުމުގެ ނަތީޖާ: ޖެހިގެން އައި ހަފްތާ ގައި ވަޒީފާ އިން ކަނޑާލީ މައްސަލަ ރިޕޯޓު ކުރި މުވައްޒަފު!

22 ޑިސެމްބަރު 2025
ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި އަޒްމީލް ގެ ހަށިގަނޑު ރާއްޖެ ގެންނަނީ

ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި އަޒްމީލް ގެ ހަށިގަނޑު ރާއްޖެ ގެންނަނީ

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު