Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަތޮޅު ކައުންސިލު

އަތޮޅު ކައުންސިލުތައް އުވާލުމާއެކު ރަށްރަށަށް ލިބެމުން އައި ލުއިފަސޭހަތައް ހުއްޓުނު، ކުރިން އޮތް ގޮތަށް ރުޖޫއަ ކުރަންޖެހޭ: ޒިޔާދު

އަތޮޅު ކައުންސިލްތައް އުވާލުމުން ލާމަރުކާޒީ ނިޒާމަށް އުނިކަން ލިބިފައިވާތީ، ގާނޫނުއަސާސީ ކުރިން އޮތްގޮތަށް ރުޖޫއަކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު ހުށަހެޅުއްވި ބިލަށް ވައިކަރަދޫ ދާއިރާގެ މެންބަރު ތާއީދުކުރައްވައިފި. މި ބަދަލާއެކު ރަށްރަށަށް ލިބެމުންދިޔަ ގިނަ ފަސޭހަތަކެއް ހުއްޓިފައިވާތީ، ފުރިހަމަ ލާމަރުކާޒީ ނިޒާމެއް ހިންގުމަށްޓަކައި ގާނޫނުއަސާސީގެ 230 ވަނަ މާއްދާ އިސްލާހުކުރުން މުހިންމުކަން މެންބަރުން ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އެޕްރީލު 2026 | އަންގާރަ 08:00
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ | ރައްޔިތުންގެ މަޖިލިސް

އަތޮޅު ކައުންސިލުތައް އުވާލުމާއެކު ރަށްރަށަށް ކުރިން ލިބެމުން ދިޔަ ވަރަށް ގިނަ ލުއިފަސޭހަތައް އުވިގެން ގޮސްފައިވާ ކަމަށާއި، އެކަމަށް ޙައްލު ގެނައުމަށް ކުރިން ޤާނޫނުއަސާސީ އޮތް ގޮތަށް ރުޖޫއަ ކުރަންޖެހޭކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ޒިޔާދު އެހެން ވިދާޅުވީ ޤާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކާޒީ ނިޒާމު ހިންގުމަށްޓަކައި ބޭނުންވާ އަތޮޅު ކައުންސިލްތައް އުވާ ނުލައި، ކުރީން އޮތްގޮތަށް އަނބުރައި ރުޖޫއަކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ، އަތޮޅު ކައުންސިލުތައް އުވާލުމާއެކު ރަށްރަށަށް ކުރިން ލިބެމުން ދިޔަ ވަރަށް ގިނަ ލުއިފަސޭހަތައް އުވިގެން ގޮސްފައިވާ ކަމަށާއި، އެކަން ޙައްލު ކުރުމަށްޓަކައި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް ކުރިން އޮތްގޮތަށް ޤާނޫނުއަސާސީ ރުޖޫއަ ކުރަންޖެހޭކަން ޒިޔާދު ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑު މި ދައްކާ ވާހަކައަކީ އަތޮޅު ކައުންސިލުތައް އުވާލީމާ ކުރިން ރަށްރަށަށް ލިބެމުންދިޔަ ވަރަށް ގިނަ ފަސޭހަތަކެއް އުވިގެން ހިނގައްޖެއޭ، މިކަމަށް ޙައްލެއް އެބަ ބޭނުންވެއޭ، އެ ބޭނުމުގައި މި އިސްލާޙު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ހުށަހަޅާފައި މި އޮތީ، އެއީ ޤާނޫނުއަސާސީ ކުރީގައި އޮތް ގޮތަށް ރުޖޫއަކޮށްދޭށޭ
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް އެވެ. މައްސަލައިގައި ބުނެފައި ވަނީ މި ވެރިކަމުގައި އަތޮޅު ކައުންސިލްތައް އުވައިލުމުގެ ސަބަބުން، ޤާނޫނު އަސާސީ ތަސައްވުރުކުރި ނިޒާމަށް އުނިކަން ލިބިފައިވާ ކަމަށެވެ.

އެހެންކަމުން، ޤާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކާޒީ ނިޒާމު ހިންގުމަށްޓަކައި ބޭނުންވާ އަތޮޅު ކައުންސިލްތައް އުވައި ނުލައި، ކުރީން އޮތްގޮތައް އަނބުރައި ރުޖޫއަކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާ އިސްލާހުކުރުމަށް ކުޑޫ ވަނީ ހުށަހަޅުއްވާފަ އެވެ.

ޒިޔާދުމަޖިލިސް ސެކްރެޓޭރިއަޓްކައުންސިލް އުފެއްދުން

އިތުރަށް ކިޔާލަން

21 އެޕްރީލު 2026

މަޖިލީހުން ފާސްކުރާ ޤާނޫނުތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ހަދަންޖެހޭ ޤަވާއިދުތައް ނުހަދާތީ މެމްބަރު ޒިޔާދުގެ ކަންބޮޑުވުން!

21 އެޕްރީލު 2026
މަޖިލީހުން ފާސްކުރާ ޤާނޫނުތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ހަދަންޖެހޭ ޤަވާއިދުތައް ނުހަދާތީ މެމްބަރު ޒިޔާދުގެ ކަންބޮޑުވުން!
08 އެޕްރީލު 2026

މަޖިލިސް މެދުވެރިކޮށް މިނިސްޓަރުންނާ ކުރި ސުވާލުތަކުގެ ތެރެއިން 60 އަށް ވުރެ ގިނަ ސުވާލަށް މިހާތަނަށް ޖަވާބު ނުލިބޭ: ކުޑޫ

08 އެޕްރީލު 2026
މަޖިލިސް މެދުވެރިކޮށް މިނިސްޓަރުންނާ ކުރި ސުވާލުތަކުގެ ތެރެއިން 60 އަށް ވުރެ ގިނަ ސުވާލަށް މިހާތަނަށް ޖަވާބު ނުލިބޭ: ކުޑޫ
08 މާރިޗު 2026

އެމްޑީޕީން ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް، ޕީއެންސީން ދައްކަނީ ކަޅު ދަބަހެއް: ޒިޔާދު

08 މާރިޗު 2026
އެމްޑީޕީން ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް، ޕީއެންސީން ދައްކަނީ ކަޅު ދަބަހެއް: ޒިޔާދު
17 ފެބުރުއަރީ 2025

"މިހާރު ކަންކަން ހިނގަމުން ދަނީ ކުރީގެ ޤާނޫނުއަސާސީ އާއި އެއް ގޮތަށް ހުރިހާ ކަމެއްގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ގޮތަށް "

17 ފެބުރުއަރީ 2025
"މިހާރު ކަންކަން ހިނގަމުން ދަނީ ކުރީގެ ޤާނޫނުއަސާސީ އާއި އެއް ގޮތަށް ހުރިހާ ކަމެއްގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ގޮތަށް "
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު