Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތެލަސީމިއާ ސެންޓަރު

ތެލެސީމިއާ ސެންޓަރުން ތިން ކުއްޖެއްގެ ގަޔަށް ކުނި ލޭ އަޅައިފި

ތެލެސީމިއާ ސެންޓަރުގެ ލޭ ރައްކާކުރާ ފްރިޖަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ތިން ކުއްޖެއްގެ ގަޔަށް ފިނިކަން ކެނޑިފައިވާ ލޭ އެޅުނު މައްސަލައެއް ވަނީ ފެންމަތިވެފައި. މޯލްޑިވިއަން ބްލަޑް ސާވިސްއިން މިކަމަށް މައާފަށް އެދިފައިވާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ފްރިޖް ހަލާކުވެފައި ހުރިކަން ނޭނގި ލޭ އެޅުމުގެ ސަބަބުން ކަމަށް އެމްބީއެސްގެ ޑިރެކްޓަރ ޖެނެރަލް އަހްމީމް ވިދާޅުވި. އަދި ކުނި ލޭ އެޅުނު ތިން ކުދިންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 24 އެޕްރީލު 2026 | ހުކުރު 11:28
'އަތުކުރި އޮޅާލަމާ' ކެމްޕެއިންގެ ތެރެއިން ކުއްޖެއްގެ ގަޔަށް ލޭ އަޅަނީ.

'އަތުކުރި އޮޅާލަމާ' ކެމްޕެއިންގެ ތެރެއިން ކުއްޖެއްގެ ގަޔަށް ލޭ އަޅަނީ. | އެމްއެންޔޫ

ތެލެސީމިއާ ސެންޓަރުން ތިން ކުއްޖެއްގެ ގަޔަށް ކުނި ލޭ އަޅައިފި އެވެ. 

ރާއްޖެއެމްވީއަށް އިތުބާރު ހުރި ފަރާތަކުން ބުނީ، ތެލެސީމިއާ ސެންޓަރުގައި ހުންނަ ލޭ ރައްކާކުރާ ފްރިޖަކަށް މައްސަލަ ދިމާވެ، ފިނިނުވާ ކަމަށެވެ. އަދި އެފްރިޖުގައި ހުރި ލޭ ޕެކެޓުތަކުގައި ހުރި ލޭ ހުރީ ކުނިވެފައިވާ ކަމަށާއި، އެކަމުގެ މައުލޫމާތު ނުލިބި ތިބި ނަރުހުންތަކަކަށް ނޭނގި ތިން ކުއްޖެއްގެ ގަޔަށް އެ ލޭ އަޅާފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގެ ޑިރެކްޓާ ޖެނެރަލް އަހްމީމް ފާރިޝް ވިދާޅުވީ، 19 އަދި 20 އޭޕްރިލް 2026 ވަނަ ދުވަހު ހިނގި ފްރިޖް މައްސަލަ ޖެހުނު ހާދިސާ އަދި އެފްރިޖް ގައި ހުރި ބައެއް ޕެކް ލޭ އެޅުނު ހާދިސާތަކާ ގުޅުވައި، ވަގުތުން މުއާމަލާތް ކުރުމުގައި ހިނގާފައިވާ ލަސްކަން އަދި އިތުރު ކަންކަމާ ގުޅުވައިގެން އާއިލާ އަދި މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީން 23 އޭޕްރިލް 2026 ގައި ރަސްމީކޮށް ބައްދަލު ކޮށްފައިވާ ކަމަށެވެ. 

އަހްމީމް ވިދާޅުވީ، އެ ލޭ އެކުދިންގެ ގަޔަށް އެޅުނުކަން އެނގުނީ، އެ ކުދިން ގެއަށްވެސް ދިޔަ ފަހުން ކަމަށެވެ. އަދި ވަގުތުން އެ އާއިލާތަކަށް ގުޅި ކަމަށާއި، ދެ ކުއްޖެއްގެ އާއިލާއަށް އެކަން އެންގުނު ކަމަށެވެ. ނަމަވެސ އެއްކުއްޖެއްގެ އާއިލާއިން ފޯނު ނުނަގާތީ، މައުލޫމާތު ދިނުމަށް ލަސްތަކެއް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން މިހާދިސާ ހިނގާފައިވާތީ އެކަމަށް ވަނީ މައާފަށް ވެސް އެދިފަ އެވެ. 

ކުރިއަށް އޮތްތަނުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް ފިޔަވަޅު އަޅަމުންދާކަން ފާހަގަކުރައްވައި އަހްމީމް ވިދާޅުވީ ލޭ ރައްކާކުރާ އައު ފްރިޖްތަކެއް ބޭރުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވަގުތީ ގޮތުން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ބޭނުންނުކޮށް ހުރި ފްރިިޖެއްވެސް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުނި ލޭ އެޅުނު ތިން ކުދިންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ. 

ތެލަސީމިއާ ސެންޓަރުމޯލްޑިވިއަން ބްލަޑް ސަރވިސްއަހްމީމް ފާރިޝްމޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2026

ކުރީގެ ތެލެސީމިއާ ސެންޓަރުގައި ހެންވޭރު ޖީޕީ ކްލިނިކް ހަދަނީ

09 ޖެނުއަރީ 2026
ކުރީގެ ތެލެސީމިއާ ސެންޓަރުގައި ހެންވޭރު ޖީޕީ ކްލިނިކް ހަދަނީ
05 ނޮވެމްބަރު 2025

ތެލެސީމިއާ ސެންޓަރާއި ބްލަޑް ސާވިސް ވަކިކުރުމުން ދަތިތަކާ ކުރިމަތިވާނެ: ޑރ. ނުސެއިބާ

05 ނޮވެމްބަރު 2025
ތެލެސީމިއާ ސެންޓަރާއި ބްލަޑް ސާވިސް ވަކިކުރުމުން ދަތިތަކާ ކުރިމަތިވާނެ: ޑރ. ނުސެއިބާ
20 އޮކްޓޯބަރު 2025

ލޭ ހޯދުމަށް ހުރި ދަތިތައް ހިއްސާކުރުމަށް މެމްބަރު ކުޑޫ އެދޭތާ 4 މަސް - "ޕްރެސެންޓޭޝަނެއް ހުށަހަޅަން ވެސް ފުރުސަތު ނުލިބޭ"

20 އޮކްޓޯބަރު 2025
ލޭ ހޯދުމަށް ހުރި ދަތިތައް ހިއްސާކުރުމަށް މެމްބަރު ކުޑޫ އެދޭތާ 4 މަސް - "ޕްރެސެންޓޭޝަނެއް ހުށަހަޅަން ވެސް ފުރުސަތު ނުލިބޭ"
09 މެއި 2024

ތެލަސީމިއާ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފި

09 މެއި 2024
ތެލަސީމިއާ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފި
01 ނޮވެމްބަރު 2023

އެމްއޭސީއެލުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި

01 ނޮވެމްބަރު 2023
އެމްއޭސީއެލުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު