Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ ކޯޕަރޭޝަން

ފެނަކައިގެ ބޮޑު ކޮރަޕްޝަންތަކުގެ ބައެއް ކަންކަން ބަލަމުންދާކަމަށް އޭސީސީން ބުނެފި

21 ސެޕްޓެމްބަރު 2017 | ބުރާސްފަތި 14:45

ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދީފައިވާ ކަމަށް ތުހުމަތު ކުރެވިފައިވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 21 ސެޕްޓެމްބަރު 2017 | ބުރާސްފަތި 14:45
ފެނަކަ ކޯޕަރޭޝަންގެ ހަރަކާތެއްގެ ތެރެއިން

ފެނަކަ ކޯޕަރޭޝަންގެ ހަރަކާތެއްގެ ތެރެއިން

ސަރުކާރުގެ ސަތޭކަ ޕަސެންޓް ކުންފުންޏެއް ކަމުގައިވާ ފެނަކަ ކޯޕަރޭޝަންއިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކަންކަން ބަލަމުންދާކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން ބުނެފައިވަނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަމުގެ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އޭގެތެރޭގައި ޑޮލަރު ގަތުމާއި ތެޔޮ ވިއްކުމާއި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ހިމެނޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތައް ފަހު ކޮރަޕްޝަންގެ އިނގިލި ވަރަށް ބޮޑަށް ދިއްކުރަމުންދިޔަ ފެނަކައިގެ ކޮރަޕްޝަންތަކެއް ފަޅާއަރުވާލީ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވާ ނެރުއްވި އޮޑިޓް ރިޕޯޓުގައެވެ.

އޭގެ ތެރޭގައި އެކިއެކި ފަރާތްތަކަށް މިލިއަނުން ފައިދާ ލިބޭ ގޮތައް ހިންގާފައިވާ ކަންކަމާއި ކޮރަޕްޝަން ހިންގުމަށް މަގުފަހިވާފަދަ ގޮތަކަށް ހުރި އެތައް ކަމެއް ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެފްއެސްއެމުން ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ވިއްކުމަށް ހުށަހަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި އަމިއްލަ ފަރާތްތަކަކުން ޑީސަލް ގަތުމުގެ ސަބަބުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ޑީސަލް ގަތުމަށް އިތުރަށް 21.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަވެފައިވާ ކަމަށެވެ. އަދި އެއް ފަރާތެއްގެ ވިޔަފާރިތަކެއްގެ ގޮތުގައި ބެލެވޭ ވިޔަފާރިތަކަކުން ކޯޓޭޝަން ހޯދައިގެން 2015 ވަނަ އަހަރު ޖުމްލަ 4.3 މިލިއަން ރުފިޔާގެ ޑީސަލް ގަނެފައިވާ ކަމަށާއި އެ ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެކި ވިޔަފާރިތަކަށް ފެނަކަ ކޯޕަރޭޝަނުން ދޫކުރާ ޗެކުތަކާއި އެ ވިޔަފާރިތަކުގެ ފަރާތުން އެކަކު ހަވާލުވާކަން އެނގިފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ތެލުގެ ވިޔަފާރި ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ނިސްބަތްވާ ތ. އަތޮޅުގެ އެކި ރަށްތަކުގައި ހުރި ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކުގެ ބޭނުމަށް އެންމެ ކުންފުންޏަކުން އަގު ހޯދައިގެން ޑީސަލް ގަނެފައިވާ ކަމަށާއި އެ ކުންފުނިން އެކަނި ވެސް 26 މިލިއަން ރުފިޔާގެ ޑީސަލް ގަނެފައިވާއިރު އެ ކުންފުނިން ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ވިއްކާފައިވާ އަގު އެފްއެސްއެމުން ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ވިއްކަން ހުށަހަޅާފައިވާ އަގަށް ވުރެން، އެވްރެޖް ގޮތެއްގައި ލީޓަރަކުން 1.29 ރުފިޔާ ބޮޑުކަންވެސް ވަނީ ހާމަވެފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިންޖީނުގެތަކަށް ބޭނުންވާ ކޭބަލް ސަޕްލައި ކޮށްދިނުމަށް ބިޑް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެމަސައްކަތައް އެންމެ ކުޑަ އަގު ހުށަހެޅި ކުންފުންޏަށް ވުރެ 2.3 މިލިއަން ރުފިޔާ އަގުބޮޑުކޮށް ބިޑް ހުށަހެޅި އެހެން ކުންފުންޏަކަށް މަސައްކަތް ހަވާލުކޮށްފައިވަނީ ޕްރޮޖެކްޓަށް ހުށަހެޅުނު ބިޑްތައް އިވެލުއޭޓް ކުރުމުގައި އެންމެބޮޑު ކްރެޑިޓް ޕީރިއަޑެއް ދިނުމަށް ހުށަހަޅާ ފަރާތަކަށް އިސްކަން ދީގެން ބިޑް އިވެލުއޭޝަން ކުރިއަށް ގެންގޮސްގެން ކަމަށްވާއިރު، ޕްރޮޖެކްޓް އެކުންފުންޏާ ހަވާލުކުރުމަށް ފަހު އެލްސީ ހުޅުވަން އުނދަގޫތަކެއް ކުރިމަތިވެފައިވާކަމަށް ނިންމައި ކްރެޑިޓް ޕީރިއަޑެއްނެތި ކޮންޓްރެކްޓަރއަށް ފައިސާ ދީފައިވުމުން 2.3 މިލިއަން ރުފިޔާ ބޮޑުކޮށް މަސައްކަތް ހަވާލުކުރުމަށް ނިންމި ނިންމުމުގެ ޙަޤީގީ މަންފާ ކުންފުންޏަށް ލިބިފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު އަމިއްލަ ފަރާތްތަކުން ޑޮލަރު ގަތުމަށް 95.56 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު ޑޮލަރު ވިއްކާ ފަރާތްތަކަށް ކަމިޝަންގެ ގޮތުގައި 5.08 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަ ކުރެވުމާއި އެމުއާމަލާތްތައް ގެންގޮސްފައި ވަނީ ހާމަކަންބޮޑު އުސޫލެއްގެ ދަށުން ނޫންކަމާއި ޑޮލަރު ގަތުމުގެ މުއާމަލާތް ކުރިއަށް ގެންދާނެ އުސޫލެއް ތައްޔާރުކޮށް ޢަމަލުކުރަމުން ގޮސްފައި ނުވުމާއި އަދި ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެމްއެމްއޭއިން ދީފައި ނުވާ ބައެއް ފަރާތްތަކުން ޑޮލަރު ގަންނަމުން ވެސް ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތައް ހިންގާފައިވާކަމަށް ބެލެވޭ ކިތައްމެ ކަމެއް އެއޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. .

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް