ކ. މާލެ
|
21 ސެޕްޓެންބަރ 2017 | ބުރާސްފަތި 00:08
މުހައްމަދު އަބްދުލްކަރީމު
މުހައްމަދު އަބްދުލްކަރީމު
ރާއްޖެ އެމްވީ
ކުނޫޒް ޖަލްސާ
ސަރުކާރާ ދެކޮޅަށް އިހްތިޖާޖު ކުރުމަށް ރައްޔިތުން އެއްކޮށް ނިކުންނަންޖެހޭ
15000 މީހުން ދަނީ ފްލެޓް ލިބުނު ގޮތާމެދު ޝަކުވާ ކުރަމުން
ފްލެޓް ލިބެންޖެހޭނީ އެންމެ ގިނައިން މާކްސް ލިބުނު ފަރާތްތަކަށް
ރައްޔިތުން ސަރުކާރާ ދެކޮޅަށް އިހްތިޖާޖު ކުރަންޖެހޭ

މި ސަރުކާރާ ދެކޮޅަށް ކުރަންޖެހުނު ކޮންމެ ގޮތަކަށް ރައްޔިތުން ނިކުމެ އިހްތިޖާޖު ކުރަން ޖެހޭ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލްކަރީމު( ރުކުމާ) ވިދާޅުވެއްޖެ އެވެ.

މ.ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުލްކަރީމު ވިދާޅުވީ، މާލޭގެ ފްލެޓްތައް ދޫކުރުމުގައި ސަރުކާރުން ވަރަށް ބޮޑު ޖަރީމާއެއް ހިންގާފައިވާ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އަބަދުވެސް ވަކާލާތު ކުރަނީ ހައްގާ އިންސާފަށް ރުޖޫއަވުމަށް ކަމަށްވާ އިރު، މިއަދު ސަރުކާރުން ވައްކަން ކޮށްފައިވަނީ ރައްޔިތުންނަށް ފްލެޓް ދޫކުރުމަށް ދިން މާކްސްއިން ކަމަށް އޭނާ ވިދާޅުވިއެވެ..

" 100 ޕަސެންޓް ލިބުނު މީހުންނަށް ފްލެޓް ނުލިބި، 50 ން މާކްސް ލިބުނު ފަރާތަކަށް ފްލެޓް ލިބިގެން ނުވާނެ. މާކްސްތަކަށް ބަދަލު އައިސްފި ނަމަ އެކަން އެނގެންޖެހޭނެ އެފަރާތަކަށް." އަބްދުލްކަރީމު ވިދާޅުވި އެވެ.

މި ސަރުކާރުން ދިވެހި ރައްޔިތުންނަށް އިންސާފުން ކަންކަން ކުރަމުން ނުދާކަން މި ފާއިތުވެދާ ކޮންމެ ދުވަހު ދަނީ އިތުރަށް ފެންނަމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން މިފަދަ އަަމަލުތައް ހުއްޓުމެއްނެތި ހިންގަމުންދާ ނަމަ ރައްޔިތުން މިކަމާ ދެކޮޅަށް ނިކުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުލްކަރީމު ވިދާޅުވީ، 15000 މީހުންގެ ޝަކުވާ އެކި ގޮތްގޮތުން ލިބެމުންދާ ކަމަށާއި މިއީ ވަރަށް ރަގަޅަށް ބެލެން ޖެހޭނެ ކަމެއް ކަަމަށެވެ.  ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅިފައިވާ މިފަދަ ކަމެއްގައި އެންމެ ހައްގުވެރި ފަރާތްތަކަށް ފްލެޓް ލިބެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުލްކަރީމް ވަނީ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ފްލެޓް ދިނުމުގައި އަމަލު ކޮށްފައިވާ ގޮތް ފާހަގަކޮށް، ފްލެޓް ދިިން ފަރާތްތަކުގެ މާކްސް ހާމަކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެފުއްފެންނަ ނިޒާމެއްގެ ތެެރެއިން ފްލެޓް ލިބޭ ފަރާތްތަކުގެ މައުލޫމާތު މި ސަރުކާރުން ހާމަކުރަންޖެހޭނެ ކަަމަށް އަބްދުލްކަރީމް ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް