Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާސަންދަ

އާސަންދައިގެ ދަށުން މިއަހަރު މިހާތަނަށް ރާއްޖެއިން ބޭރުން ކެންސަރު ބައްޔަށް 1100 މީހުން ފަރުވާ ހޯދާފައިވޭ

މިއަހަރުގެ މިހާތަނަށް އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ފޮނުވީ 3776 މީހުން.

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 20 ސެޕްޓެމްބަރު 2017 | ބުދަ 08:59
އާސަންދަ ކުންފުނީގެ އެމްޑީ ހަސަން އަލީ

އާސަންދަ ކުންފުނީގެ އެމްޑީ ހަސަން އަލީ

ހުސްނުވާ އާސަންދަ ސްކީމް" ގެ ދަށުން މިއަހަރު މިހާތަނަށް ރާއްޖެއިން ބޭރުން ކެންސަރު ބައްޔަށް 1100 މީހުން ފަރުވާ ހޯދާފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

"ހުސްނުވާ އާސަންދަ ސްކީމް" ގެ ދަށުން މިހާތަނަށް ދެވުނު ޚިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އާސަންދަ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ހަސަން ވިދާޅުވި ގޮތުގައި މި އަހަރުގެ މިހާތަނަށް 3،776 މީހަކު ވަނީ އާސަންދަ އެހީގައި އިތުރު ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވައިފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މީގެ ތެރެއިން ވެސް އެންމެ ގިނަ ބަޔަކު ބޭރަށް ފޮނުވީ ކެންސަރު ބަލީގެ ފަރުވާއަށެވެ. އެގޮތުން 1،000 އަށް ވުރެ ގިނަ މީހުން ކެންސަރުގެ ފަރުވާ އަށް ފޮނުވާފައިވާއިރު މީގެތެރޭގައި އެއް ފަހަރަށް ވުރެ ގިނައިން ފޮނުވުނު މީހުން ހިމެނޭ ކަމަށް އާސަންދަ އިން ބުންޏެވެ.

ރާއްޖެ އިން ބޭރުން ފަރުވާ އަށް ދެން އެންމެ ގިނަ މީހުން ފޮނުވާފައި ވަނީ ލޮލުގެ ބަލިތަކާ ގުޅިގެންނެވެ. އޭގެއިތުރުން ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި ނާރުގެ ބަލިތަކާއި ހަޖަމްކުރުމާއި ކިޑްނީގެ ބަލިތަކަށް ވެސް ބޭރުން ފަރުވާ ހޯދަން އާސަންދަ އިން ބޮޑު ހޭދައެއްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނަ މީހުން ބޭހަށް ފޮނުވާފައި ވަނީ އިންޑިއާ އާއި ސްރީ ލަންކާ އަށެވެ.

ހަސަން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގެ ތަރައްގީއާ އެކު ބޮޑެތި ބަލިތަކަށް ރާއްޖެ އިން ބޭރަށް ދިއުން ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމަށެވެ. އަންނަ މަހުގެ ތެރޭގައި ކެންސަރުގެ ގިނަ ފަރުވާތަކެއް އެ ހޮސްޕިޓަލުގައި ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިހައިތަނަށް ފޮނުވީ 3776 މީހުންނެވެ. އެއީ: - ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް 1100، - ލޮލުގެ ފަރުވާއަށް 363، ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ފަރުވާއަށް 307، - ނާރުގެ ބަލިތަކުގެ ފަރުވާއަށް 227، - ހަޖަމްކުރުމާއި ގޮހޮރުގެ ބަލިތަކަށް ފަރުވާ ކުރުމަށް 212 - ކަށީގެ ބަލިތަކަށް ފަރުވާކުރުމަށް 202 - ކިޑްނީ ގެ ބަލިތަކަށް ފަރުވާ ކުރުމަށް 198 - ހިތުގެ ބަލިތަކަށް ފަރުވާ ކުރަން 184 - ކުޑަކުދިންްގެ އެކި ބަލިތަކަށް ފަރުވާ ކުރުމަށް 180 - ކަރުން މަތީގެ ބަލިތަކަށް ފަރުވާ ކުރުމަށް 104 .

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު